ދިވެހިރާއްޖެ
ބ.ފުޅަދޫ ސިއްޙީ މަރުކަޒުގައި ލެބޯޓްރީއެއް ގާއިމްކުރުމުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުން
އިޢުލާން
މިސިއްހީ މަރުކަޒުގައި ލެބޯޓްރީއެއް ގާއިމްކުރުމުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށްބޭނުން ވެއްޖެއެވެ. މިކަމަށް ޝައުޤްވެރިވާ ފަރާތްތައް 7 އޮކްޓޫބަރ 2026 ވާ ބުދަ ދުވަހުން ފެށިގެން 14 އޮކްޓޫބަރ 2026 ވާ ބުދަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން [email protected] އަށް ގެޒެޓްކުރެވިފައިވާ ރަޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީ.މެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިއިއުލާނާއި ގުޅޭ ސައިޓް އިންސްޕެކްޝަން އޮންނާނީ 15 އޮކްޓޫބަރ 2026 ވާ ބުރާސްފަތި ދުވަހު ހެނދުނު 11:00 ގައި ބ.ފުޅަދޫ ސިއްޙީ މަރުކަޒުގައެވެ. ސައިޓް އިންސްޕެކްޝަންގައި ބައިވެރިނުވެވޭ ފަރާތްތަކަށްވެސް އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުސަތު އޮންނާނެއެވެ. މިއިޢުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވުފައިވާނެއެވެ. އަންދާސީ ހިސާބު ހުށައެޅުން އޮންނާނީ 19 އޮކްޓޫބަރ 2026 ވާ ހޯމަ ދުވަހުގެ ހެނދުނު 10:30ގައި ބ.ފުޅަދޫ ސިއްޙީ މަރުކަޒުގައެވެ.
މިއިޢުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގެންނަވާނަމަ 18 އޮކްޓޫބަރ 2026 ވާ އާދިއްތަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ.އަދި ރަޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކާއި އަންދާސީ ހިސާބު ހުށައަޅަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސި ހިސާބު ބަލައި ނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.