ޢާންމު މަޢުލޫމާތު
ނަންބަރު: BAM-IUL-2026-056
ޕަބްލިޝްކުރި ތާރީޚް: 08 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 08:31
ސުންގަޑި: 15 އޮކްޓޫބަރު 2026 13:00
ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
އަތޮޅު ލީގް ބެޑްމިންޓަން މުބާރާތް 2026

" އަތޮޅު ލީގް ބެޑްމިންޓަން މުބާރާތް 2026 " މިއަހަރުގެ ނޮވެމްބަރ ނުވަތަ ޑިސެމްބަރ މަހުގެ ތެރޭގައި ބޭއްވުމަށް ހަމަޖެހިފައިވާކަން އެންމެހާ ފަރާތްތަކުގެ މަޢުލޫމާތައްޓަކައި ދަންނަވަމެވެ.

ވީމާ މިމުބާރާތް މިއެސޯސިއޭޝަނާއި ގުޅިގެން އަތޮޅުތެރޭގައި ރާވާހިންގުމަށް ޝައުޤުވެރިވާ ކައުންސިލް ތަކުން މުބާރާތް ރާވާހިންގުމުގައި ވެދެއްވޭނެ އެހީތެރިކަން އެގޭނެހެން 15 އޮކްޓޯބަރ 2026 ވާ ބުރާސްފަތި ދުވަހުގެ 14:00 ކުރިން ފޯކަލް ޕޮއިންޓެއް ކަނޑައަޅައި އެފަރާތުގެ މަޢުލޫމާތު ހިމެނޭހެން ލިޔުމުން މިއެސޯސިއޭޝަނަށް ހުށައެޅުން އެދެމެވެ.

މުބާރާތް ރާވާހިންގުމަށް އެދި ހުށައަޅާ ފަރާތްތަކުގެ ތެރެއިން އެންމެ އެކިށީގެންވާ ފަރާތެއް ކަނޑައެޅުމަށްފަހު މިއަހަރުގެ އަތޮޅު ލީގް މެޑްމިންޓަން މުބާރާތް ބޭއްވޭނެ ތާރީޚް އިޢުލާން ކުރެވިގެންދާނެކަން ދަންނަވަމެވެ.

 

އީމެއިލް ކުރައްވާނީ : [email protected]  

 

އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން 16:00 އަށް މިއެސޯސިއޭޝަންގެ ފޯން ނަމްބަރ (3314057) ނުވަތަ ވަޓްސްއެޕް 9904057 އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމެވެ.

08 އޮކްޓޫބަރު 2026