ދިވެހިރާއްޖެ
މިއަހަރުގެ ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާއި، ދަނޑުވެރިންގެ ދުވަސް އައްޑޫ މީދޫގައި ކުލަގަދަކޮށް ފާހަގަކުރުމަށްޓަކައި ބޭއްވޭ ހަރަކާތްތަކުގެ ތެރެއިން 15 އޮކްޓޯބަރ 2026 ވާ ބުރާސްފަތި ދުވަހު ހަވީރު 'ދަނޑުވެރިންގެ މާރުކޭޓް' ހުޅުވުން އޮންނާނެއެވެ. ދަނޑުވެރިން އުފައްދާތަކެތި ވިއްކުމަށްޓަކައި ކޮންމެ ހަފްތާ ބަންދެއްގައި ' ވީކެންޑް މާރކެޓް' ގެ ނަމުގައި މީދޫ ބަނދަރު ޞަރަޙައްދުގައި މި މާރުކޭޓް ހުޅުވުމަށް ހަމަޖެހިފައިވެއެވެ. ދަނޑުވެރިންގެ މާރުކޭޓްގައި ދަނޑުވެރިން އުފައްދާ ތަރުކާރީއާއި، މޭވާ އަދި ފަލަމަޑީގެ އިތުރުން، އެތަކެތި ބޭނުންކޮށްގެން އުފައްދާ ކާނާގެ ބާވަތްތަކާއި، ގަސް ވަށި ވިއްކުމުގެ ފުރުސަތު އޮންނާނެއެވެ.
ވީމާ، 15 އޮކްޓޯބަރ 2026 ވާ ބުރާސްފަތި ދުވަހު ބާއްވާ ދަނޑުވެރިންގެ މާރުކޭޓްގައި ސްޓޯލް ހެދުމަށް ބޭނުންވާ ފަރާތްތަކުން 2026 އޮކްޓޯބަރ 11 ވަނަ ދުވަހުގެ 14:00 ގެ ކުރިން މާރުކޭޓް ގޮޅި ރަޖިސްޓްރީ ކުރެއްވުމަށް ނަމާއި، އައި.ޑީ.ކާޑު ނަންބަރު އަދި ފޯނު ނަންބަރު ޖެއްސެވުމަށްފަހު [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.
26 ރަބީޢުލްއާޚިރް 1448
07 އޮކްޓޯބަރ 2026