ބީލަން
ނަންބަރު: (IUL)418-PS/418/2026/23
ޕަބްލިޝްކުރި ތާރީޚް: 07 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 19:05
ސުންގަޑި: 19 އޮކްޓޫބަރު 2026 10:30
ހުވަދުއަތޮޅު ދެކުނުބުރީ ނަޑެއްލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު

1448 ވަނަ އަހަރު ނަޑެއްލާ ކައުންސިލާއި، އަންހެނުންގެ ތަރައްޤީ އަށް މަސައްކަތްކުރާ ކޮމެޓީ ގުޅިގެން ނަޑެއްލާ ސްކޫލް ދަރިވަރުންނާއި ރަށުގެ ޢާންމު ފަރާތްތަކުގެ މެދުގައި ބޭއްވުމަށް ހަމަޖެހިފައިވާ ޤުރުއާން އަދި މަދަހަ މުބާރާތް އިންތިޒާމްކޮށް ހިންގުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މި ބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދުމަކީ މިކަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ. މި އިޢުލާނާއި ގުޅިގެން ބީލަން ހުށަހަޅަން ބޭނުންވާ ފަރާތްތަކުން 11 އޮކްޓޫބަރު 2026 ވާއާދީއްތަ ދުވަހުގެ 14:00 ގެ ކުރިން ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ.

މި މަސައްކަތުގެ ބީލަން ފޮތުގެ އަގަކީ، 500.00ރ (ފައްސަތޭކަ ރުފިޔާ) އެވެ. ތިރީގައިވާ މި އިދާރާގެ ބޭންކް އެކައުންޓަށް ބީލަން ފޮތުގެ ފީ ދައްކައި ގޫގަލް ފޯމުގައިވާ މަޢުލޫމާތު ފުރިހަމަކުރައްވައި ރަޖިސްޓަރ ކުރެއްވުން އެދެމެވެ. ރަޖިސްޓަރ ކުރުމުގެ މުއްދަތު ހަމަވުމުން ރަސްމީ 1 ދުވަސް ތެރޭގައި ބީލަމަށް ރަޖިސްޓަރ ކޮށްފައިވާ ފަރާތްތަކަށް ބީލަމާއި ގުޅޭ އެންމެހާ ލިޔެކިޔުންތައް މި އިދާރާގެ [email protected]  މެއިލްއިން އީމެއިލް ކުރެވޭނެވާހަކަ ދެންނެވީމެވެ. އަދި، ކައުންސިލްގެ އިދާރާއިން ރަސްމީ ގަޑިތަކުގައި މި ލިޔެކިޔުންތަކުގެ ހާޑް ކޮޕީ އެފަރާތްތަކަށް ލިބެންހުންނާނެއެވެ. އަދި މި ބީލަމުގައި ރަޖިސްޓަރ ކުރުމަށް ދެވިފައިވާ މުއްދަތުގައި ރަޖިސްޓަރ ނުކުރާ ފަރާތްތަކަށް މި ބީލަމުގައި ބައިވެރިވުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ.

ބީލަން ހުށަހެޅުން އޮންނާނީ 19 އޮކްޓޫބަރު 2026 ވާ ހޯމަ ދުވަހުގެ 10:30 ގައި ނަޑެއްލާ ކައުންސިލްގެ އިދާރާގައެވެ. ބީލަން ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ ލިޔުމަކުން އެކަން އިދާރާއަށް އަންގަންވާނެއެވެ. ބީލަން ހުށަހަޅުއްވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. ސިޓީ އުރައިގައި ބީލަމުގެ ނަން، އިޢުލާނުގެ ނަންބަރު އަދި މި ކައުންސިލްގެ ނަން ލިޔެފައި އޮންނަންވާނެއެވެ.

ނޯޓް: މި ކަމަށް ކުރިމަތި ލެވޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީކުރެވިފައިވާ ކުންފުނިތަކާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު:19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތައް، އަދި ޖަމްޢިއްޔާތަކާއި ބެހޭ ޤާނޫނުގެ (ޤާނޫނު ނަންބަރު:1/2003) ދަށުން ރަޖިސްޓްރީކުރެވިފައިވާ ޖަމްޢިއްޔާތަކަށެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 6840007 އަށް ގުޅުއްވުން އެދެމެވެ.

07 އޮކްޓޫބަރު 2026