މަސައްކަތް
ނަންބަރު: 616-A/2026/41
ޕަބްލިޝްކުރި ތާރީޚް: 07 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 16:23
ސުންގަޑި: 13 އޮކްޓޫބަރު 2026 11:00
އަރިއަތޮޅު ދެކުނުބުރީ މާމިގިލީ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ކޯޓޭޝަން ހުށަހެޅުމުގެ ދައުވަތު

މި ކޯޓުގެ ޝަރީޢަތްކުރާ ބައިގައި އަމިއްލަ ތަކެތީގައި ކާޕެޓް އަޅައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން މި އިޢުލާނާއި އެކު ޢާއްމުކޮށްފައިވާ މަޢުލޫމާތު ކަރުދާހާއި އެއްގޮތަށް މި މަސައްކަތްތައް ކޮށްދޭނެ އަގު މި އިޢުލާނާއި އެކު ޢާއްމުކޮށްފައިވާ އަގު ހުށަހެޅުމުގެ ފޯމުން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މިއަދުން ފެށިގެން ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ 13:00 ގެ ކުރިން މިކޯޓުގެ ކައުންޓަރުން ނުވަތަ މިކޯޓުގެ ނަންބަރު 6680693 އަށް ގުޅުއްވައިގެން މައުލޫމާތު ސާފުކުރުމަށްފަހު 13 އޮކްޓޫބަރު 2026 ވަނަ ދުވަހު 11:00ގެ ކުރިން އަގު ހުށަހެޅުމުގެ ފޯމުން މި އިޢުލާނާއި އެކު ޢާއްމުކޮށްފައިވާ މަޢުލޫމާތު ކަރުދާހުގައި ހުށަހެޅުމަށް ދަންނަވާފައިވާ ލިޔުންތަކާއެކު ހުށަހެޅުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ހުށަހަޅުއްވަން ބޭނުންނަމަ ކަނޑައެޅިފައިވާ ތާރީޚާއި ގަޑި ޖެހުމުގެކުރިން [email protected] އަށް މެއިލް ކުރަންވާނެއެވެ.

07 އޮކްޓޫބަރު 2026