ވަޒީފާގެ ފުރުޞަތު
ނަންބަރު: IUMH-AD/I/2026/13
ޕަބްލިޝްކުރި ތާރީޚް: 07 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 14:39
ސުންގަޑި: 11 އޮކްޓޫބަރު 2026 12:00
އައި.ޔޫ.އެމް. ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް، އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
އެސިސްޓަންޓް އެޑްމިން އޮފިސަރ (ވޭޖް)

މަޤާމު:

އެސިސްޓަންޓް އެޑްމިން އޮފިސަރ (ވޭޖް)

ބޭނުންވާ ޢަދަދު:

1

ރޭންކް:

އެސިސްޓަންޓް އޮފިސަރ

ސެކްޝަން:

ފައިނޭންސް އެންޑް އެޑްމިން

މުސާރަ:

ނިކުންނަ ދުވަހަކަށް 500 ރުފިޔާ  

ވަޒީފާ އަދާކުރަންޖެހޭ ތަން:

ހެޑް އޮފީސް

ވަޒީފާގެ މުއްދަތު:

މަޤާމުގެ މަސްއޫލިއްޔަތު އަދާކޮށް ނިމެންދެން

މަސައްކަތު ވަގުތު:

ހެނދުނު 08:00 ން މެންދުރު 15:00 އަށް 

މަޤާމުގެ ޝަރްޠުތައް:

ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

ކުންފުނީގެ ލިޔެކިޔުންތައް ޑިޖިޓައިޒް (ސްކޭން) ކުރުމާއި، ތަރުތީބުކޮށް ފައިލްކުރުމުގެ އިތުރުން، ބޭނުންނެތް ލިޔުންތައް ރައްކާތެރިކަމާއެކު ނައްތާލުން (ޝްރެޑްކުރުން).

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

މިމަޤާމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ލިޔެކިޔުންތައް ހުށަހަޅަން ވާނެއެވެ.

  • ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު (ކަރިކިއުލަމް ވީޓާ)
  • މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް އަދި އެޓެސްޓްކޮށްފައި)

މީގެ އިތުރުން އަދާކުރައްވާފައިވާ ނުވަތަ އަދާކުރައްވަމުން ގެންދަވާ ވަޒީފާއާ ގުޅޭ މަޢުލޫމާތު އެނގޭނެ ރަސްމީ ލިޔުމުގެ ކޮޕީ ހުށަހެޅުމުން ތަޖުރިބާއަށް މާކްސް ލިބިގެންދާނެއެވެ. އަދި މިފަދަ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ހުށަހަޅަންޖެހޭ ސުންގަޑި:

މިމަޤާމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔެކިޔުންތައް 11 އޮކްޓޫބަރު 2026 ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން [email protected] އަށް އީމެއިލްކޮށްދެއްވުން އެދެމެވެ.

އިތުރު މައުލޫމާތު:

  • އިންޓަވިއު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، މަގާމަށް އެކަށީގެންނުވާނަމަ، އެއްވެސް ނޯޓިހެއް ދިނުމަކާނުލައި، ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.
  • މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ހޯދަން ބޭނުންވާ ފަރާތްތަކުން ހެނދުނު 09:00 އާއި މެންދުރު 14:00 އާއި ދެމެދު 3001653 އަށް ގުޅުއްވުން އެދެމެވެ.
07 އޮކްޓޫބަރު 2026