ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
ރ.ވަންދޫގައި ޤާއިމުކުރެވިފައިވާ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ފެސިލިޓީއަށް ބޭނުންވާ ޑީސަލް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ (މުއްދަތު އިތުރު ކުރެވިފައި):
ދިވެހި ސަރުކާރުން ވަރލްޑް ބޭންކުގެ ހިލޭ އެހީގައި ހިންގަމުންދާ މޯލްޑިވްސް އެންވަޔަރަންމަންޓަލް މެނޭޖްމަންޓް ޕްރޮޖެކްޓްގެ (އެމް.އީ.އެމް.ޕީ) ދަށުން ރ.ވަންދޫގައި ޤާއިމުކުރެވިފައިވާ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ފެސިލިޓީއަށް ބޭނުންވާ ޑީސަލް 2016 މޭ މަހާ ހަމައަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: 438/438/2016/16(IUL) އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ އަދި ސްކޯޕަށް ބަދަލު ގެންނަން ބޭނުންވާތީ، މިމަސައްކަތްކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ޝައުޤުވެރިކަން ފާޅުކުރުމުގެ ފުރުޞަތު 2 މާރިޗު 2016 ވާ ބުދަ ދުވަހުގެ 14:00 އާ ހަމައަށް އިތުރުކޮށްފީމެވެ.
ވީމާ، ރ.ވަންދޫގައި ޤާއިމުކުރެވިފައިވާ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ފެސިލިޓީއަށް ބޭނުންވާ ޑީސަލް 2016 ޖޫން މަހުގެ ނިޔަލަށް ސަޕްލައިކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2 މާރިޗު 2016 ވާ ބުދަ ދުވަހުގެ 14:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމަކުން ބީލަން ހުށަހެޅުމުގެ ޝައުޤުވެރިކަން ފާޅުކުރެއްވުމުން ސޮފްޓްކޮޕީ ފޯމެޓްގައި މަޢުލޫމާތު ކަރުދާސް ލިބިވަޑައިގަންނަވާނެއެވެ.
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ގްރީން ބިލްޑިންގ
ހަނދުވަރީ ހިނގުން، މާފަންނު،
މާލެ، 20392، ދިވެހިރާއްޖެ
ފޯނު: 3018415 ، ފެކްސް: 3018301
އީމެއިލް: [email protected]
ބީލަންތައް ހުޅުވުން އޮންނާނީ 03 މާރިޗު 2016ވާ ބުރާސްފަތި ދުވަހުގެ 13:00ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ޖަލްސާކުރާ މާލަމުގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބޭރުގައި މަސައްކަތަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.