ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)301-PJ/301/2026/69
ޕަބްލިޝްކުރި ތާރީޚް: 07 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 14:05
ސުންގަޑި: 15 އޮކްޓޫބަރު 2026 14:00
މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަމަޟާންމަހުގެ މާރުކޭޓްގައި ބައިވެރިވުމާއި ގުޅޭ

1448 ވަނަ އަހަރުގެ ރަމަޟާން މަހަށް ޙާއްޞަކޮށްގެން ދަނޑުވެރިންގެ އުފެންދުންތައް މާކެޓްކޮށް ވިއްކުމަށްޓަކައި، މާލެ ސަރަޙައްދުގައި ވަގުތީ މާރުކޭޓެއް ޤާއިމްކުރުމަށް ނިންމަވާފައިވާކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސްއިން ވަނީ އަންގަވާފައެވެ. އަދި މިމާރުކޭޓްގައި ބައިވެރިވާން ބޭނުންވާ ދަނޑުވެރިންގެ މައުލޫމާތު ފޮނުވުމަށް ވަނީ އަންގަވާފައެވެ.

                     ވީމާ،  މި މާރުކޭޓްގައި ބައިވެރިވާން ބޭނުންވެލައްވާ ދަނޑުވެރިއެއް ހުރިނަމަ 2026 އޮކްޓޯބަރ 15 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން  ކައުންސިލްގެ ވައިބަރ ( 9798094 ) އަށް ނަމާއި އައި.ޑީ.ކާޑު ނަންބަރު އަދި ފޯން ނަންބަރު ޖެއްސެވުމަށްފަހު ފޮނުއްވުން އެދެމެވެ. މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބޭނުން ވެލައްވާނަމަ މިނިސްޓްރީގެ ނަންބަރު 3322625 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

                       ވީމާ، މިކަން  އާއްމުކޮށް އެންގުމަށްޓަކައި  އިޢުލާން ކުރީމެވެ. 

07 އޮކްޓޫބަރު 2026