މަސައްކަތް
ނަންބަރު: MMS-A/2016/5
ޕަބްލިޝްކުރި ތާރީޚް: 25 ފެބުރުވަރީ 2016
ޕަބްލިޝްކުރި ގަޑި: 08:20
ސުންގަޑި: 24 މާރިޗު 2016 11:00
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް
ދިވެހިރާއްޖެ
އެއަރކޮންޑިޝަން ސަރވިސްކުރުމާބެހޭ

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ.

މި ސަރވިސްގެ ހުޅުލޭ އޮފީސް އިމާރާތުގެ އެއަރކޮންޑިޝަންތައް 01 އަހަރުދުވަހަށް ސަރވިސްކޮށް ބަލަހައްޓައިދޭނެ ފަރާތެއް ބޭނުންވެއެވެ.

ސަރވިސްކޮށް ބަލަހައްޓަންޖެހޭ އެއަރކޮންޑިޝަންގެ އަދަދު: 41

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 6 މާރިޗު 2016 ވާ އާދީއްތަ ދުވަހުގެ 11:00 އަށް ހުޅުލޭގައި ހުންނަ (އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓް) މިސަރވިސްއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 24 މާރިޗު 2016 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މިސަރވިސްއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. ގަޑިޔަށް ވަޑައިނުގަންނަވާ ފަރާތްތަކާއި މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައެއް ނުގަނެވޭނެއެވެ.

16 ޖުމާދަލްއޫލާ 1437

25 ފެބުރުވަރީ 2016