ދިވެހިރާއްޖެ
ހަކަތައިގެ ޤާނޫނު އެކުލަވާލުމުގެ މަސައްކަތްކުރާނެ ފަރާތެއް ހޯދުން
ޕްރޮޕޯޒަލް ހުށަހެޅުމުގެ ދަޢުވަތު
ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ (އެމް.އީ.އީ) އިން ހަކަތައިގެ ޤާނޫނު އެކުލަވާލުމުގެ މަސައްކަތްކުރާނެ ކޮންސަލްޓެންސީ ފަރމެއް ހޯދުމަށް 1 ފެބުރުވަރީ 2016 ކުރެވުނު ނަންބަރު IUL)438/1/2016/4) އިޢުލާނާ ގުޅިގެން އެކަށީގެންވާ ވަރަށް ޝައުޤުވެރިކަން ފާޅުކޮށްފައިނުވުމުން އެ ބިޑްތައް ބާޠިލުކޮށް، އަލުން އިޢުލާނުކުރަމެވެ.
މި މަސައްކަތުގެ މަޤުޞަދަކީ މުޅިން އަލަށް ތަޢާރަފުކުރާ ހަކަތައިގެ ޤާނޫނު އެކުލަވާލައި، ހަކަތައިގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާއި މަޝްވަރާކޮށް ޤާނޫނު ފައިނަލް ކުރުމެވެ.
ކޮންސަލްޓެންޓުގެ މަޤާމަށް ކުރިމަތިލާ ފަރާތުގެ ކިބައިގައި ހުންނަންވާ ޝަރުޠުތަކުގެ ތެރޭގައި:
ހ) ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ އަދި ޤާނޫނުތަކަށް، ޚާއްޞަކޮށް ހަކަތައިގެ ދާއިރާ ރެގިއުލޭޓްކުރުމާ ގުޅޭ ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިވެފައިވާ ފަރާތެއް ކަމުގައިވުން.
ށ) ރާއްޖޭގައި ވިޔަފާރި އުސޫލުން ހަކަތަ ބޭނުންކުރުމާ ގުޅޭ މަޢުލޫމާތާއި ތަޖުރިބާ ލިބިފައިވުން.
ނ) އިންޑިވިޖުއަލް އެކްސްޕަރޓުންގެ ކިބައިގައި މަސައްކަތާ ގުޅޭ ދާއިރާއިން (ލީގަލް ނޫނީ ހަކަތައިގެ ދާއިރާއިން) މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ހުރުން.
މީގެ އިތުރުން ކްލަޔަންޓާއެކު މަސައްކަތްކުރުމުގެ ތަޖުރިބާއަށް ބެލޭނެއެވެ.
މި މަސައްކަތްކުރުމަށް ކަނޑައެޅިފައިވާ މުއްދަތަކީ އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން 150 ދުވަހެވެ.
މަތީގައި ދެންނެވިފައިވާ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ޕްރޮޕޯޒަލް ("އެކްސްޕްރެޝަން އޮފް އިންޓްރެސްޓް") ހުށަހެޅުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ފަރާތުން ހުޅުވާލަމެވެ.
ހ) މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މިމަސައްކަތް ކުރުމުގެ ޤާބިލުކަން ސާބިތުކޮށްދިނުމުގެ ގޮތުން؛ ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ މަޢުލޫމާތު، މިފަދަ ދާއިރާތަކުން މަސައްކަތް ކުރުމުގެ ތަޖުރިބާ، ތަޢުލީމީ ފެންވަރާއި ހުނަރު އަދި އެހެނިހެން މަޢުލޫމާތު ހިމެނޭ ވަނަވަރު ހުށަހަޅަންވާނެއެވެ.
ށ) މަސައްކަތް ކުރުމަށް ހުށަހަޅާ އަގުގެ "ފައިނޭންޝިއަލް ޕްރޮޕޯޒަލް" ހުށަހަޅަންވާނެއެވެ.
މި މަސައްކަތުގެ "ޓާރމްސް އޮފް ރިފަރެންސް" މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް [email protected] އީމެއިލް ކުރެއްވުން އެދެމެވެ.
"އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ހުށަހަޅުއްވާނީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ތިރީގައިވާ އެޑްރެހަށެވެ. ބީލަން ހުޅުވުން އޮންނާނީ ޝައުޤުވެރިވާ ފަރާތްތަކުގެ ހާޒިރުގައި 9 މާރިޗު 2016 ވަނަދުވަހުގެ 11:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގައެވެ.
ޕްރޮކިއުމަންޓް ޔުނިޓް
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ
ފެކްސް: -3018-301960+
އީމެއިލް: [email protected]
"އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ހުންނަންވާނީ ބަންދު ކުރެވިފައިވާ ސީޓީއުރައެއްގައެވެ. ބޭރުގައި "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" މި މަސައްކަތުގެ ނަމާއި، ހުށަހެޅިފަރާތުގެ ނަމާއި، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު ލިޔެފައި އޮންނަންވާނެއެވެ.