މަސައްކަތް
ނަންބަރު: (IUL)410-P/410/2026/22
ޕަބްލިޝްކުރި ތާރީޚް: 07 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 13:11
ސުންގަޑި: 14 އޮކްޓޫބަރު 2026 10:00
ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދާންދޫ ބަނދަރުން ވިޔަފާރި އުސޫލުން ވަޅުފެނާއި ސާފުބޯފެން ދޫކުރުމަށް ނެޓްވޯރކް ޤާއިމް ކުރުމުގެ މަސައްކަތާއި ގުޅޭ:

 

ދާންދޫ ބަނދަރުން ވިޔަފާރި އުސޫލުން ވަޅުފެނާއި ސާފުބޯފެން ދޫކުރުމަށް ނެޓްވޯރކާއި ޑިސްޓްރިބިއުޝަން ޕްއިންޓް ޤާއިމް ކުރުމުގެ މަސައްކަތް، މިއިދާރާއިންދޭ މައުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.

 

މި ބިޑްގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގައި ވިޔަފާރީ ރަޖިސްޓްރީ ކުރެވިފައިވާ ވިޔަފާރިކުރާ ދިވެހި ފަރާތަކަށެވެ.

އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުން މައުލޫމާތު ޝީޓުގައިވާ އެންމެހައި މަސައްކަތްތަކަށް މި ކައުންސިލުން ދޫކުރާ އަންދާސީ ހިސާބު ހުށަހަޅާ ފޯމްގައި އަގު ހުށަހެޅުމަށް ސަމާލުކަން ދިނުން އެދެމެވެ.

 

މި މަސައްކަތައް ޝަރުޠުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ އިވެލުއޭޓްކުރެވޭ ކްރައިޓީރިއާގައިވާ އުޞޫލުގެ މަތިންނެވެ. މިކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ތިރީގައި މިވަނީއެވެ.

  • އަގު % 85         
  • ތަޖުރިބާ % 10
  • މުއްދަތު % 5

މި އިޢުލާނާއި ގުޅިގެން ބިޑްރަޖިސްޓްރީ ކުރުމަށް 14 އޮކްޓޯބަރ 2026 ވާ ބުދަ ދުވަހުގެ 10:00 ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް ބިޑްރަޖިސްޓްރީ ކުރުމަށް ދަންނަވަމެވެ.

   ލިންކް: https://forms.gle/Lfw9stViRfPDdcfC8

 

މަޢުލޫމާތު ދިނުމުގެ ސެޝަން އޮންނާނީ  14 އޮކްޓޯބަރ 2026 ވާ ބުދަ ދުވަހުގެ 13:00 ގައި ކައުންސިލްގައި ބާއްވާ އޮންލައިން މީޓިންގައެވެ. މީޓިންގް ލިންކް މިބިޑްގައި ރަޖިސްޓްރީ ކުރާ ފަރާތްތަކާއި ހިއްސާކުރެވޭނެއެވެ.

 

ބިޑް ހުށަހެޅުން، ބިޑް ހުޅުވުން އޮންނާނީ 18 އޮކްޓޯބަރ 2026 ވާ އާދީއްތަ ދުވަހުގެ 13:00ގައި މިއިދާރާގެ ކޮންފަރެންސް ހޯލުގައި ބާއްވާ އޮންލައިން މީޓިންގައެވެ. މީޓިންގް ލިންކް މިބިޑްގައި ރަޖިސްޓްރީ ކުރާ ފަރާތްތަކާއި ހިއްސާކުރެވޭނެއެވެ.

 

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލްގެ އިދާރާ

ހޭރިޔާމަގު، ގއ.ދާންދޫ، ދިވެހިރާއްޖެ.

ފޯން: 6820026، 7330026

އީމެއިލް: [email protected]

މިހެންވެ މިވާހަކަ ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

07 އޮކްޓޫބަރު 2026