ދިވެހިރާއްޖެ
އިޢުލާން
ނަމާދު ޕްރޮގްރާމްގައި ބައިވެރިވުމާބެހޭ
އިސްލާމީ ކަންތައްތަކާއި އައުޤާފާބެހޭ ވުޒާރާއާއި ސިޓީ ކައުންސިލާ ގުޅިގެން ހިންގާ ''ނަމާދު ޕްރޮގްރާމް'' 2026 އޮކްޓޫބަރު 15 އިން 17 އަށް ކުޅުދުއްފުށީ ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމްގެ މަޤުޞަދަކީ ރައްޔިތުންގެ ހިތްތަކުގައި ނަމާދަށް ލޯބިޖައްސައި ނަމާދުކުރާ ބަޔަކު އުޅޭ މުޖުތަމައެއް ބިނާކުރުމެވެ.
މި ޕްރޮގްރާމްގައި ތިރީގައި ބަޔާންކޮށްފައިވާ މަރުހަލާތަކުން، ކޮންމެ މަރުހަލާއަކުން 30 ބައިވެރިންނަށް ބައިވެރިވުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. 30 ބައިވެރިން ކަނޑައަޅާނީ އެންމެ ފުރަތަމަ ފޯމް ފުރިހަމަ ކުރާ 30 ބައިވެރިންނެވެ.
ވީމާ، ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 13 އޮކްޓޫބަރު 2026 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން މި އިއުލާންގައި ހިއްސާކުރެވިފައިވާ ލިންކު މެދުވެރިކޮށް ގޫގުލް ފޯމް ފުރިހަމަ ކުރެއްވުން އެދެމެވެ.
އޮންލައިން ފޯމް ލިންކް: https://forms.gle/B1NWTPyYezsJyzjeA
1 – މަރުހަލާ 1 (ކޮކާ ސްޓޭޖް) 7 އަހަރާއި 10 އަހަރާއި ދެމެދު
2 – މަރުހަލާ 2 (ފުރާވަރު) 10 އަހަރާއި 15 އަހަރާއި ދެމެދު
3 – މަރުހަލާ 3 (ޒުވާން ޢުމުރު) 15 އަހަރާއި 18 އަހަރާއި ދެމެދު
4 – މަރުހަލާ 4 (ބޮޑެތި މީހުން) 18 އަހަރުންމަތި
ޕްރޮގްރާމްގެ ތާވަލް
|
15 އޮކްޓޫބަރު 2026 (ބުރާސްފަތި) |
16 އޮކްޓޫބަރު 2026 (ހުކުރު) |
17 އޮކްޓޫބަރު 2026 (ހޮނިހިރު) |
|