ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)223/1/2026/42
ޕަބްލިޝްކުރި ތާރީޚް: 07 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 13:05
ސުންގަޑި: 15 އޮކްޓޫބަރު 2026 13:00
ޓެކްސް އެޕީލް ޓްރައިބިއުނަލް
ދިވެހިރާއްޖެ
ފައިނޭންސް އޮފިސަރ (ވަގުތީ)

މި ޓްރައިބިއުނަލަށް ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފަކު ހޯދުމަށް ބޭނުންވެއެވެ.

މަޤާމް:

ފައިނޭންސް އޮފިސަރ (ވަގުތީ)

މަޤާމް ނަންބަރު:

V-TAT-006

ބޭނުންވާ ޢަދަދު:

01

މަޤާމް ގިންތި:

ވަގުތީ (ކޮންޓްރެކްޓް އެމްޕްލޯއިމަންޓް - 06 މަސް)

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން:

އެޑްމިނިސްޓްރޭޝަން އެންޑް ފައިނޭންސް ސެކްޝަން 

މުސާރަ، ޢިނާޔަތްތަކާއެކު:

- އަސާސީ މުސާރަ: -/6,000  ރުފިޔާ

- ނޮން ޕްރެކްޓިސިންގ އެލަވަންސް: -/3,200 ރުފިޔާ (އަސާސީ މުސާރައިގެ %40)

- ލިވިންގ އެލަވަންސް: -/3,500 ރުފިޔާ

- ސާރވިސް އެލަވެންސް: -/170 (ދުވަހަކަށް)

- ޓްރައިބިއުނަލުގެ މުވައްޒަފުންނަށް ކަނޑައެޅިފައިވާ އުޞޫލުން، އިތުރު ގަޑީގެ ފައިސާ ދެވޭނެ

- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  1. ފައިސާއާބެހޭ އެންމެހާ ފޮތްތަކާއި، ފޯމެޓްތައް ތައްޔާރުކުރުން.
  2. ބަޖެޓް ރިޕޯރޓާއި، ރިކޮންސިލިއޭޝަން ސްޓޭޓްމަންޓް ތައްޔާރުކޮށް ކަމާބެހޭ ފަރާތްތަކަށް ފޮނުވުމަށް އެހީތެރިވެދިނުން.
  3. ޕާޗޭސް އޯޑަރއާއި ގުޅޭ ބިލްތަކާއި އެހެނިހެން ބިލްތައް ލިބޭތޯ ބެލުމާއި، ބިލްތަކުގެ ރަޖިސްޓްރީ ބެލެހެއްޓުމާއި، ބިލްތަކަށްފައިސާ ދެއްކުމަށްފަހު ބިލްތަކުގެ ރަޖިސްޓްރީ އަޕްޑޭޓްކޮށް، ފައިސާ ލިބެންޖެހޭ ފަރާތަށް އެފައިސާ ލިބޭތޯ މޮނިޓަރކޮށް ބެލެހެއްޓުމަށް އެހީތެރިވެދިނުން.
  4. ފައިނޭންޝަލް ޕްލޭން އަދި ޕްރޮކިއުމެންޓް ޕްލޭން ހެދުމަށް ބޭނުންވާ ޑާޓާއާއި މަޢުލޫމާތު ފޯރުކޮށްދިނުމާއި އެމަސައްކަތާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްކުރުމަށް އެހީތެރިވެދިނުން.
  5. ޓްރައިބިއުނަލަށް ހޯދޭ އެސެޓްތައް ގަވާއިދާއި އެއްގޮތަށް  ޕްރޮކިއުކުރުމުގައި ސެޕް ސިސްޓަމް ތެރެއިން ކުރަންޖެހޭ މަސައްކަތް ކުރުމަށް އެހީތެރިވުމާއި ނީލަމުގައި ނައްތާލެވޭ ތަކެތި އުނިކުރުމަށް އެހީތެރިވެދިނުން.
  6. ޓްރައިބިއުނަލަށް ހޯދޭ ތަކެއްޗާއި ޚިދުމަތަށް ބޭނުންވާ ފައިސާ ބަޖެޓުގައި ހިމެނިފައިވޭތޯ ކަށަވަރުކޮށް އެކަމާގުޅިގެން ކުރަންޖެހޭ މަސައްކަތްކުރުން.
  7. ޓްރައިބިއުނަލަށް ބަލައިގަންނަ ފައިސާ ބަލައިގަތުމާއި، އެފައިސާ ދައުލަތުގެ ރެވެނިއުގެ ގޮތުގައި ރިކޯޑް ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ކުރުން.
  8. މެންބަރުންގެ އިންޝިއުރެންސް ހަމަޖެއްސުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް އެހީތެރިވެދިނުން.
  9. ޓްރައިބިއުނަލްގެ މާލީހިސާބުތައް އޮޑިޓްކުރުމުގައި އޮޑިޓަރުންނަށް ފެސިލިޓޭޓްކޮށް ދިނުމާއި، އޮޑިޓާގުޅިގެން ޓްރައިބިއުނަލުން ޖަވާބުދާރީވާން ޖެހޭ ކަންކަމުގައި ޖަވާބުދާރީ ވުމުގައި ޓްރައިބިއުނަލްގެ ކަމާބެހޭ ވެރީންނަށް އެހީތެރިވެދިނުން.
  10. ކޮންމެ މަހެއް ނިމުމުން އޮޕެން ޕާރޗޭސް އޯޑަރތައް ސެޕްސިސްޓަމުގެ ތެރެއިން ޗެކްކޮށް އެ ޕާރޗޭސް އޯޑަރތަކާއި ގުޅޭ ގުޑްސް/ސަރވިސް ރިސީވްވެފައިވާކަން އަދި ޕާކް ކުރެވިފައިވާ ބިލްތައް ޕޯސްޓް ކުރެވިފައިވާކަން ކަށަވަރުކުރުމަށާއި، އެމަހެއްގައި ލިބިފައިހުންނަ ބިލްތަކަށް މަހުން މަހަށް ފައިސާދެއްކޭކަން ކަށަވަރުކުރުމަށް އެހީތެރިވެދިނުން.
  11. ފައިސާއާގުޅޭ އެހެނިހެން ރިޕޯޓްތައް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
  12. ފައިސާއާގުޅޭ ކަންތައްތައް ކަމުގައި  ފާހަގަކުރެވޭ އެހެނިހެން ކަންކަން ސުޕްވައިޒަރުގެ މަޝްވަރާއާއިއެކު ކުރުން.
  13. ފައިސާއާއި ގުޅުންހުރި އެންމެހައި ލިޔެކިއުންތައް ލިޔުމާއި ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވައި، ރައްކައުތެރިކަމާއެކު ބެލެހެއްޓުމާއި ފަސޭހައިން ފެންނާނެގޮތަށް ފައިލްކޮށް ބެލެހެއްޓުން.
  14. ސެކްޝަނުގައި ނުނިމި ހުންނަ މަސައްކަތްތައް ނިންމުމަށް އެހީތެރިވެދިނުން.
  15. މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުގެ އިތުރުން ޓްރައިބިއުނަލުން ޙަވާލުކުރެވޭ މަސައްކަތްތައް ގަވާއިދުތަކާއި އުޞޫލުތަކާއިއެއްގޮތަށް ކުރިއަށްގެންދިއުން.

މަޤާމަށް ބޭނުންވާ ފެންވަރު ނުވަތަ ޝަރުތު

  1. އެކައުންޓިންގ، ބިޒްނަސް މެނޭޖްމެންޓް، ބިޒުނަސް އެޑްމިނިސްޓްރޭޝަން ނުވަތަ ފައިނޭސް ދާއިރާއަކުން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ލެވެލް 6ގެ ސަނަދެއް ނުވަތަ އެއާއި އެއްފެންވަރުގެ ސަނަދެއް ހާސިލްކޮށްފައިވުން.

ނުވަތަ

  1. އެކައުންޓިންގ، ބިޒްނަސް މެނޭޖްމެންޓް، ބިޒުނަސް އެޑްމިނިސްޓްރޭޝަން ނުވަތަ ފައިނޭސް ދާއިރާއަކުން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ލެވެލް 5ގެ ނުވަތަ އެއާއި އެއްފެންވަރުގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

ހުށަހަޅަން ޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ މި ޓްރައިބިއުނަލުގެ ވަޒީފާއަށް އެދޭ ފޯމް. (ވަޒީފާއަށްއެދޭ ފޯމް މި އިޢުލާނާއެކު ވަނީ ހިމެނިފައެވެ. އަދި މި ޓްރައިބިއުނަލުގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބެންހުންނާނެއެވެ).
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަމްބަރާއި އީމެއިލް އެޑްރެސް އެނގޭގޮތަށް).
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭގޮތަށް). 
  4. ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. (މިފަދަ ސެޓްފިކެޓްތަކާއި ލިޔުންތައް އެކްރެޑިޓް ކުރަން ނުޖެހޭނެ އެވެ).
  5. ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.
  6. ރާއްޖެއިން ބޭރުގެ މަތީތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓުގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.
  7. ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތަކުގެ ތެރެއިން ވަނަވަރު ފިޔަވައި އެހެން ލިޔުންތަކުގައި "އަސްލާ އެއްގޮތް"ކަން ބަޔާންކޮށް ޤާނޫނީ ވަކީލަކު ތައްގަނޑު ޖަހަންވާނެއެވެ.
  8. ލިބިފައިވާ ތަޖުރިބާ އަންގައިދޭ ލިޔުން (ތަޖުރިބާގެ ލިޔުންތަކަށް ޕޮއިންޓްދިނުމުގައި ބެލޭނީ ތިރީގައިވާ ކަންތައްތައް ފުރިހަމަވެފައިވާ ލިޔުންތަކަށެވެ.)

(ހ) އެތަނެއްގެ ލެޓަރހެޑުގައި ތައްޔާރު ކުރެވިފައިވާ ލިޔުމަކަށްވުން.

(ށ) އަދާކުރި ނުވަތަ އަދާކުރަމުންދާ ވަޒީފާގެ މަޤާމާއި، މަޤާމުގެ މައިގަނޑު މަސައްކަތްތައް ހިމެނިފައިވުން.

(ނ) ވަޒީފާ އަދާކުރި މުއްދަތު.

(ރ) ވަޒީފާ އަދާކުރިތަނުގެ ވެރިއެއްގެ ސޮޔާއި ތައްގަނޑު. (ތައްގަނޑު ހިމެނިފައިވާނަމަ ސޮއި ނެތްނަމަވެސް ޕޮއިންޓް ދެވޭނެއެވެ).

ޝޯޓް ލިސްޓް ކުރުން

މަޤާމަށް ކުރިމަތިލާފައިވާ ފަރާތްތައް ސްކްރީންކޮށްނިމޭއިރު މަޤާމަށް ޝަރުތު ފުރިހަމަވާ ފަރާތްތަކުގެ  ޢަދަދު 6 އަށްވުރެގިނަނަމަ ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަރވިއު އަދި އިމްތިހާނު އޮންނާނެތަނާއި މުއްދަތު

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާން އޮންނާނީ، 18 އޮކްޓޫބަރު 2026 އާއި 29 އޮކްޓޫބަރު 2026 އާ ދެމެދެ މި ޓްރައިބިއުނަލުގައެވެ.   

އެހެނިހެން މަޢުލޫމާތު

-  މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، ރަސްމީގަޑީގައި ނަންބަރު 3015555 ފޯނަށެވެ.  

- ވަޒީފާއަށް އެދި ފޯމް ހުށަހެޅުމަށް ދެވިފައިވާ މުއްދަތުގެ ތެރޭގައި ރަސްމީ ދުވަހެއް ބަންދު ދުވަހެއްގެ ގޮތުގައި ސަރުކާރުން ކަނޑައަޅައިފިނަމަ، އެކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދި ފޯމް ހުށަހެޅުމުގެ ފުރުސަތު އޮންނާނެއެވެ.            

                   އެޕްލިކޭޝަން ހުށަހަޅާނެގޮތް

ސުންގަޑި

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ކައުންޓަރަށް

(ގ.މާގަހަ، 2 ވަނަ ފަންގިފިލާ)  ނުވަތަ،

ކަނޑައެޅިފައިވާ ސުންގަޑީގެ ކުރިން މި ޓްރައިބިއުނަލުގެ [email protected] އަށް މެއިލްކުރުން. މެއިލްކުރާނީ ހުރިހާ ޑޮކިއުމެންޓެއް އެއްފައިލެއްގައި PDF ކޮށްފައެވެ.

(މެއިލް ކުރުމަށްފަހު އޮފީހަށް މެއިލް ލިބުނުކަން ޔަޤީން ކުރުމަކީ ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ)

2026 އޮކްޓޫބަރު 15 ވަނަ ދުވަހުގެ

 13:00 ގެ ކުރިން

07 އޮކްޓޫބަރު 2026