ވަޒީފާގެ ފުރުޞަތު
ނަންބަރު: GS141/ANO/2016 /07
ޕަބްލިޝްކުރި ތާރީޚް: 18 ފެބުރުވަރީ 2016
ޕަބްލިޝްކުރި ގަޑި: 17:57
ސުންގަޑި: 29 ފެބުރުވަރީ 2016 13:30
ހިންމަފުށީ ސްކޫލް
ދިވެހިރާއްޖެ
ޕްރައިމަރީ ރިލީފް ޓީޗަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމު: ޕްރައިމަރީ ރިލީފް ޓީޗަރ

މަޤާމް ނަންބަރު:

މަސައްކަތް ހަމަޖެހިފައިވާ ތަން: ހިންމަފުށީ ސްކޫލް، ކ. ހިންމަފުށި

ބޭނުންވާ އަދަދު: 2 (ދޭއް)

މަޤާމުގެ ގިންތި: ކޮންޓްރެކްޓް

މަޤާމުގެ ޝަރުޠު: ތިރީގައިވާ ޝަރުޠުތަކުގެ ތެރެއިން ޝަރުޠެއް ފުރިހަމަވެފައިވުން.

މަޤާމު

ރޭންކް

ކުލެސިފިކޭޝަން

ޝަރުޠު

މަޤާމުގެ އަސާސީ މުސާރަ

ސަރވިސް އެލަވަންސް

ރިލީފް ޓީޗަރ

 

ސްކޫލް ޓީޗަރ

 ގްރޭޑް:7 ނިންމާފައިވާ ރިލީފް ޓީޗަރ

-/3،100 ރުފިޔާ

-/1،000 ރުފިޔާ

 ސާނަވީ ތަޢުލީމް ހާސިލުކޮށްފައިވާ ރިލީފް ޓީޗަރ

-/3،565 ރުފިޔާ

-/1،500 ރުފިޔާ

 ސާނަވީ ތަޢުލީމް ހާސިލުކޮށް، ދިވެހި މާއްދާއާއެކު އިތުރު ދެ މާއްދާއިން ފާސްވެފައިވާ ރިލީފް ޓީޗަރ

-/4،000 ރުފިޔާ

-/1،500 ރުފިޔާ

ޓީޗަރ

CS11-2

ސްކޫލް ޓީޗަރ

ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ނުވަތަ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ސަނަދު ވެލިޑޭޓްކޮށްފައިވުން. އަދި ސެން ޓީޗަރުކަމަށް ހަމަޖައްސާނަމަ، ސެން ޓީޗަރުންގެ ޝަރުޠު ފުރިހަމަވުން.

 

 

-/7،070 ރުފިޔާ

 

-/2،500 ރުފިޔާ

 

CS11-3

ސްކޫލް ޓީޗަރ

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS11-2 ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރުދުވަހު %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން.

-/7،450 ރުފިޔާ

-/2،500 ރުފިޔާ

CS11-4

ސްކޫލް ޓީޗަރ

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS11-3 ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރުދުވަހު %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން.

-/7،840 ރުފިޔާ

-/2،500 ރުފިޔާ

CS11-5

ސްކޫލް ޓީޗަރ

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS11-4 ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރުދުވަހު %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން. އަދި ސެން ޓީޗަރުކަމަށް ހަމަޖައްސާނަމަ، ސެން ޓީޗަރުގެ ޝަރުޠު ފުރިހަމަވުން.

-/8،250 ރުފިޔާ

-/2،500 ރުފިޔާ

ޓީޗަރ

CS13-2

ސްކޫލް ޓީޗަރ

ކިޔަވައިދިނުމުގެ ރޮނގުން ނުވަތަ ކިޔަވައިދޭ މާއްދާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ޑިގްރީ ސަނަދެއް ހާސިލުކޮށްފައިވުމާއެކު،  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ސަނަދުތައް ވެލިޑޭޓްކޮށްފައިވުން. އަދި ސެން ޓީޗަރުކަމަށް ހަމަޖައްސާނަމަ، ސެން ޓީޗަރުންގެ ޝަރުޠު ފުރިހަމަވުން.

 

 

-/8،440 ރުފިޔާ

 

-/2،500 ރުފިޔާ

CS13-3

ސްކޫލް ޓީޗަރ

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS13-2 ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރުދުވަހު %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން.

-/8،890 ރުފިޔާ

-/2،500 ރުފިޔާ

CS13-4

ސްކޫލް ޓީޗަރ

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS13-3 ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރުދުވަހު %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން.

-/9،360 ރުފިޔާ

-/2،500 ރުފިޔާ

CS13-5

ސްކޫލް ޓީޗަރ

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS13-4 ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރުދުވަހު %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން.

-/9،850 ރުފިޔާ

-/2،500 ރުފިޔާ

ސީނިއަރ ޓީޗަރ

CS15-2

ސްކޫލް ޓީޗަރ

- ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައި އޮތުމާއެކު، ތަޢުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއެކު،  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ސަނަދުތައް ވެލިޑޭޓްކޮށްފައިވުން. އަދި ސެން ޓީޗަރުކަމަށް ހަމަޖައްސާނަމަ، ސެން ޓީޗަރުންގެ ޝަރުޠު ފުރިހަމަވުން. ނުވަތަ؛

- ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައި އޮތުމާއެކު، ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ތަޢުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއެކު،  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ސަނަދުތައް ވެލިޑޭޓްކޮށްފައިވުން. އަދި ސެން ޓީޗަރުކަމަށް ހަމަޖައްސާނަމަ، ސެން ޓީޗަރުންގެ ޝަރުޠު ފުރިހަމަކުރުން.

-/9،910 ރުފިޔާ

-/2،500 ރުފިޔާ

CS15-3

ސްކޫލް ޓީޗަރ

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS15-2 ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރުދުވަހު %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން.

-/10،100

ރުފިޔާ

-/2،500 ރުފިޔާ

CS15-4

ސްކޫލް ޓީޗަރ

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS15-3 ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރުދުވަހު %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން.

-/10،320 ރުފިޔާ

-/2،500 ރުފިޔާ

CS15-5

ސްކޫލް ޓީޗަރ

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS15-4 ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރުދުވަހު %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން.

-/10،640  ރުފިޔާ

-/2،500 ރުފިޔާ

އެހެނިހެން ޢިނާޔަތްތައް:

ދިވެހި ސިވިލް ސަރވިސް ގަވާއިދުގައިވާ ގޮތުގެމަތިން، އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ، ހަމަޖެހިފައި އޮންނަ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. އަދި ހަމަޖެހިފައިވާ އުސޫލުން، ރަމަޟާންމަހުގެ ޚާއްޞަ އެލަވަންސް ދެވޭނެއެވެ.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:

1- މުޤައްރަރުގައިވާ މިންވަރަށް ދަރިވަރުންނަށް ތަކެތި ދަސްކޮށްދި، އޮޅުންފިލުވައިދިނުން.

2- ލެސަން ޕްލޭން ތައްޔާރުކުރުން.

3- ސްކީމް ތައްޔާރުކުރުން.

4- ސްކޫލް ޓީޗަރެއްގެ ހައިސިއްޔަތުން ދަރިވަރުންގެ ކުރިއެރުމަށް ހިންގޭ އެންމެހައި ހަރަކާތްތަކުގައި ޢަމަލީގޮތުން ބައިވެރިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

1- ހަވާލުކުރެވިފައިވާ ޓައިމްޓޭބަލާ އެއްގޮތަށް ފަރުވާތެރިކަމާއެކު ކިޔަވައިދިނުން.

2- ކިޔަވައިދިނުމަށް ހަމަޖެހިފައިވާ ކުދިންނަށް އެ އަހަރަކަށް ކަނޑައެޅިފައިވާ މުޤައްރަރާ އެއްގޮތަށް، ކުދިންނަށް އެތަކެތި އުނގަންނައިދީ، އެކުދީންނަށް ހާސިލުވާންޖެހޭ މިންވަރަށް އެންމެ ފުރިހަމައަށް ހާސިލުކޮށްދިނުމަށް މަސައްކަތްކުރުން.

3- ސްކޫލުން ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް، ކަނޑައަޅާފައިވާ ދުވަހަށް ލެސަން ޕްލޭން (ކުރިއަށްއޮންނަ ހަފުތާއަށް) ތައްޔާރުކޮށްފައި ސުޕަވައިޒަރަށް ދެއްކުން.

4- ސްކޫލުން ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް ސްކީމް އޮފް ވޯކް ފުރިހަމަކޮށް ނިންމުން.

5- މާއްދާތަކުގެ ކޯޑިނޭޝަން މީޓިންގތަކުގައްޔާއި، ޑިސްކަޝަން މީޓިންގތަކުގައި ފުރިހަމައަށް ބައިވެރިވުން.

6- ސްކޫލުން ބާއްވާ ސްޓާފް މީޓިންގތަކާއި، ސެޝަންމީޓިންގތަކާއި، ބެލެނިވެރިންގެ ބައްދަލުވުންތަކާއި، މުދައްރިސުންގެ ހައިސިއްޔަތުން ބައިވެރިވުމަށް ސްކޫލުން އަންގާ އެނޫން ކޮންމެ ބައްދަލުވުމެއްގައި ފަރުވާތެރިކަމާއެކު ބައިވެރިވުން.

7- ކުދިންގެ ފޮތްތަކާއި، ކިޔަވައިދިނުމާ ގުޅޭ އެހެނިހެން މަސައްކަތްތައް ފަރުވާތެރިކަމާއެކު ދުވަހުން ދުވަހަށް ބަލައި މާކުކުރުން.

8- މުވައްޒަފުގެ އަމިއްލަ ކުރިއެރުމަށް ހިތްވަރާއެކު މަސައްކަތްކޮށް، ސްކޫލުން ބޭނުންވާ ފެންވަރަށް މުވައްޒަފުގެ ފަންނީ ޤާބިލްކަމާއި، ޢިލްމީ ޤާބިލްކަން ކުރިއެރުވުމަށް މަސައްކަތް ކުރުން.

9- ސްކޫލުގެ ދަރިވަރުންގެ އަޚްލާޤާއި ސްލޫކާއި ކިޔެވުމުގެ ފެންވަރު ރަނގަޅުކުރުމަށް ކުރެވެންއޮތް ހުރިހާ މަސައްކަތެއް ކުރުން.

10- ސްކޫލުން ހަވާލުކުރެވޭ މަސައްކަތްތަކަށް ފަރުވާތެރިވެ، ޒިންމާދާރުވެ، އަމިއްލައަށް އިސްނަގައިގެން ކުރުމަށް ޝައުޤުވެރިވުން.

11- ކިޔަވައިދިނުމަށް ބޭނުންވެ، އިތުރު އެހީތައް ބޭނުންވެއްޖެ ހިނދެއްގައި އުފައްދައިގެން ބޭނުންކުރުން.

12- ކްލާހުގައި ހޭދަކުރާ ގަޑިތަކުގައްޔާއި ސްކޫލްތެރޭގައި ހޭދަކުރާ ވަގުތުތަކުގައްޔާއި، ސްކޫލުން ބޭރުގައި ހޭދަކުރާ ވަގުތުތަކުގައި، އަޚްލާޤަށް ސަމާލުކަންދީ، ކުދިން އެގޮތުގައި ތަރުބިއްޔަތުކުރުމަށް މަސައްކަތްކުރުން.

13- ލީޑިންގ ޓީޗަރުން އަންގަވާގޮތެއްގެމަތިން އިމްތިޙާނުތައް ތައްޔާރުކުރުމާއި، އިމްތިޙާންތައް ހިންގުމާއި، އިމްތިޙާން ކަރުދާސްތައް މާކްކުރުމާއި، އިމްތިޙާންތަކާ ގުޅޭ އެންމެހައި ރެކޯޑުތައް ތައްޔާރުކޮށް ބެލެހެއްޓުން.

14- ކިޔަވައިދޭ ސެޝަންގެ ކްލާސްތަކުގައި ދަރިވަރުންގެ އުނގެނުމާއި އަޚްލާޤާ ގުޅޭގޮތުން ކުދިންނާއި ބެލެނިވެރިންނަށް އޮޅުންފިލުވައިދީ ނަސޭހަތްތެރިވުން.

15- މުވައްޒަފު ނިސްބަތްވާ ހައުސް/ކްލަބް/ޑިޕާޓްމަންޓުގެ ހަރަކާތްތައް ހިންގުމުގައި އެ މުވައްޒަފެއްގެ ޤާބިލްކަންހުރި އެންމެ މަތީ ދަރަޖައެއްގައި އެހީތެރިވެ، ކާމިޔާބީއަށް މަސައްކަތްކުރުން.

16- ކިޔަވައިދޭ ވަގުތުތަކުގައްޔާއި، ކިޔަވައިދިނުމާ ގުޅޭ ހަރަކާތްތައް ހިންގާ ވަގުތުތަކުގައި ކުދިންގެ ކަންކަމުގައި ޒިންމާވެ، އެކުދިން އެކަނި ދޫކޮށްނުލުން.

17- ދަރިވަރުން ގެންގުޅޭ ޓެކްސްޓް ފޮތްތަކާއި، އެހެނިހެން ތަކެތި ސާފުތާހިރުކޮށް، އިސްރާފު ކުޑަކޮށް ގެންގުޅެވޭނެގޮތް ދަސްކޮށްދީ، އެކަމަށް ބާރު އެޅުން.

18- ދިވެހި ސަރުކާރުގެ ގަވައިދުތަކާއި، ދިވެހި ސިވިލް ސަރވިސްގެ ގަވައިދުތަކާއި، މިނިސްޓްރީއޮފް އެޑިއުކޭޝަނާއި ސްކޫލުގެ އެންމެހައި ޤަވައިދުތަކަށް ޙުރުމަތްތެރިކޮށް ހިތުން.

މަޤާމަށް ކުރިމަތިލުމުގެ މުއްދަތާއި ކުރިމަތިލާނެގޮތް:

މި  މަޤާމަށް  ކުރިމަތިލުމަށް  ބޭނުންވާ  ފަރާތްތަކުން،  "ސިވިލް  ސަރވިސްގެ  ވަޒީފާއަށް  އެދޭ  ފޯމު"  ފުރިހަމަކުރުމަށްފަހު، ތިރީގައިވާ ލިޔުންތަކާއެކު، 2016 ފެބުރުވަރީ 29 ވާ ހޯމަދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން، މި ސްކޫލަށް ހުށަހެޅުން އެދެމެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:        

  1. މަޢުލޫމާތު ފުރިހަމަކޮށްފައިވާ "ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު" (ވަޒީފާއަށް އެދޭ ފޯމު، މި ސްކޫލުގެ އޮފީހުން ލިބެން ހުންނާނެއެވެ. އަދި  ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް: www.csc.gov.mv އިން މި ފޯމު ޑައުންލޯޑް ވެސް ކުރެވޭނެއެވެ.)
  2. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އިންޓަވިއުއަށް ހާޒިރުވާއިރު އަސްލު ގެންނަންވާނެއެވެ.)
  3. މަސައްކަތާ ގުޅޭ ދާއިރާއަކުން ތަޖުރިބާ ލިބިފައިވާނަމަ، އެކަން ސާބިތުކޮށްދޭ ލިޔުންތަކުގެ ކޮޕީ (އިންޓަވިއުއަށް ހާޒިރުވާއިރު، އަސްލު ގެންނަވަންވާނެއެވެ.)
  4. ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފު ފޮޓޯކޮޕީ (އިންޓަވިއުއަށް ހާޒިރުވާއިރު، އަސްލު ގެންނަންވާނެއެވެ.)
  5. ވަޒީފާއަށް ކުރިމަތިލައްވާ ފަރާތުގެ ވަނަވަރު (ސީވީ)
  6. ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރާ މުވައްޒަފެއްނަމަ، މަސައްކަތްކުރާ އޮފީހަކުން ދޫކުރައްވާ "މުވައްޒަފުގެ މަސައްކަތު ފެންވަރު ބެލުމުގެ ނަތީޖާއާއި ހާޒިރީއާއި، މަސައްކަތުގެ އުޅުމާއި އަޚްލާޤު ހުރިގޮތް ބަޔާންކުރާ ފޯމު (މުވައްޒަފު މަސައްކަތްކުރާ އޮފީހުގެ މަޤާމަކަށް ކުރިމަތިލާނަމަ، މި ލިޔުން ހުށަހަޅާކަށެއް ނުޖެހޭނެއެވެ.)
  7. ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފަކު ވަޒީފާ އަދާކުރާ މުއައްސަސާގެ ލިޔުމެއް.

އިންޓަވިއު ކުރުން:

  1. މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ އަދަދު 15 އަށްވުރެ ގިނަނަމަ، އިންޓަވިއުއަށް ހޮވޭ ފަރާތްތައް ކަނޑައަޅާނީ، ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރުމަށްފަހުގައެވެ.
  2. އިންޓަވިއުއަށް ހޮވޭ ފަރާތްތަކަށް، އިންޓަވިއު ބޭއްވޭނެ ތަނަކާއި، އިންޓަވިއުކުރުން އޮންނަ ތާރީޚާއި ގަޑި، އިންޓަވިއުއަށް ހާޒިރުވެވޭނެ ވަގުތު އޮއްވައި މި ސްކޫލުން އަންގާނެއެވެ.

އިތުރު މަޢުލޫމާތު ހޯދުމަށް:     

މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ބޭނުންވާނަމަ، މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީ ގަޑިގައި، 6640585 ނަންބަރު ފޯނަށެވެ. ފެކްސް ނަންބަރަކީ، 6640585 އެވެ.

އެހެނިހެން މަޢުލޫމާތު:          

  1. މި މަޤާމަށް ހޮވޭ ފަރާތަކީ، އުމުރުން 55 އަހަރުވެފައިވާ ފަރާތަކަށް ވެގެންނުވާނެއެވެ.
  2. ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ސުންގަޑި ހަމަވުމަށްފަހު ހުށަހަޅާ ހުށަހެޅުންތަކާއި، އެޓޭޗްކުރަންޖެހޭ ލިޔުންތައް ހަމަނުކޮށް ހުށަހަޅާ ހުށަހެޅުންތަކާއި، ފުރިހަމަނުކޮށް ހުށަހަޅާ ލިޔުންތައް ބާޠިލްކުރެވޭނެއެވެ.
  3. މި މަޤާމަށް މީހަކު ހޮވޭނީ، އިންޓަވިޔު ކުރުމަށްފަހުގައެވެ. މަގާމަށްއެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ފުރިހަމަނުވާ ފަރާތްތަކުގެ ފޯމްތައް ބާޠިލްވާނެއެވެ.

9 ޖުމާދަލްއޫލާ 1437

18 ފެބުރުވަރީ 2016