ދިވެހިރާއްޖެ
އިޢުލާން
|
އޮފީސް އިމާރާތުގެ ދިޔަދޮވި މަރާމާތުކުރުމާއި އަސްގެނި ސީލިންގް އަދި ފެންޑާ ސީލިންގް މަރާމާތުކުރުން |
މި ސްކޫލްގެ އޮފީސް އިމާރާތުގެ ދިޔަދޮވި މަރާމާތުކުރުމާއި އަސްގެނި ސީލިންގް އަދި ފެންޑާ ސީލިންގް މަރާމާތުކުރުމަށް ބޭނުންވެއެވެ.
މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ތާރީޚަށް ޅައިމަގު ސުކޫލް އޮފީހަށް ދުރުވެ ބީލަން ހުށަހެޅުއްވުން އެދެމެވެ. ބީލަން އޮންނަންވާނީ ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބީލަން ބަލައިގަތުމާއި ކެނޑުން އޮންނާނީ ކަނޑައެޅިފައިވާ ތާރީޚުގައި ބީލަން ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.
ބީލަމުގައި ރަޖިސްޓަރީ ވުމަށް، ބީލަމުގައި ރަޖިސްޓަރީވުމަށްއެދޭ ފޯމް ފުރިހަމަ ކޮރައްވައި [email protected] މެއިލް ކުރެއްވުން އެދެމެވެ. ފޯމް އިޢުލާނާއެކު އެއްކަރުދާސްކުރެވިފައިވާނެއެވެ. ފޯމް ފުރުމުގެ ސުންގަޑިއަކީ 2026 އޮކްޓޯބަރ 11ވަނަ ދުވަހުގެ 10:00ގެ ކުރިންނެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް [email protected] މެއިލްކުރެއްވުން އެދެމެވެ.
މަސައްކަތާބެހޭ މަޢުލޫމާތު އިޢުލާނާއެއްކަރުދާސްކުރެވިފައިވާނެއެވެ.
|
މަޢުލޫމާތު ސާފުކުރުމާއި، އަންދާސީހިސާބު ހުށަހެޅުން |
ޅައިމަގު ސްކޫލް އޮފީސް |
|
މަޢުލޫމާތު ސާފުކުރުން |
2026 އޮކްޓޯބަ 11 ވަނަ ދުވަހުގެ 13:00 ގައި |
|
ބީލަން ހުށަހެޅުމާއި، ބީލަން ކެނޑުން. |
2026 އޮކްޓޯބަރ 15 ވަނަ ދުވަހުގެ 13:00 ގައި |
ބީލަމުގައި ރަޖިސްޓަރީ ވެފައިނުވާ ފަރާތްތަކުގެ އަންދާސީހިސާބުތަކާއި، މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ހާޟިރުނުވާ ފަރާތްތަކާއި، ގަޑިޖެހިގެން ގެންނަ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެވާހަކަ ދަންނަވަމެވެ.
މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.