ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)365-MIM/365/2026/86
ޕަބްލިޝްކުރި ތާރީޚް: 07 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 08:08
ސުންގަޑި: 01 ޖަނަވަރީ 1970 05:00
މުލަކަތޮޅު މުލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އޮޅުކޮށްގެން ޖަނަވާރު ގެންގުޅުމާ ގުޅޭ

އިޢުލާން

 

 

އޮޅުކޮށްގެން ޖަނަވާރު ގެންގުޅުމާ ގުޅޭ             

ޖަނަވާރު ގެންގުޅުމާއި ޖަނަވާރުގެ ރައްކާތެރިކަމުގެ ޤާނޫނުގެ 56 ވަނަ މާއްދާ (އޮޅުކޮށްގެން ޖަނަވާރު ގެންގުޅުން) ގެ (ށ) ގައި ބަޔާންކުރާ ގޮތުގެ މަތިން، އޮޅުކޮށްގެން ޖަނަވާރު ގެންގުޅޭ އެންމެހައި ފަރާތްތަކުން އެ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަކޮށް، އެ އިންތިޒާމުތައް ހަމަޖައްސަންވާނެއެވެ.

އަދި މި މާއްދާގެ (ނ) ގައި ބަޔާންކުރާ އަންނަނިވި ކަންކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް އަންގައި ޢާންމުކޮށް އިޢުލާންކުރަމެވެ.

  1. މަގުމައްޗާއި ޢާންމު ތަންތަނުގެ ސާފުތާހިރުކަން ދެމެހެއްޓުން: ޖަނަވާރު ޢާންމުކޮށް ބައިތިއްބާ ތަނުން ބޭރަށް ނެރޭ ވަގުތުތަކުގައި، މަގުމައްޗާއި ޢާންމު ތަންތަނުގެ ސާފުތާހިރުކަން އެންމެ މަތީ ދަރަޖައެއްގައި ހިފެހެއްޓުން.
  2. ޖަނަވާރު ވީއްލިގެން އުޅުމަށް ދޫނުކުރުން:އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރު މަގުމަތީގައި ނުވަތަ އެހެން އެއްވެސް ޢާންމު ތަނެއްގައި ބެލެހެއްޓުމެއްނެތި ވީއްލިގެން އުޅުމަށް ދޫކޮށްނުލުން.

ވީމާ، އޮޅުކޮށްގެން ޖަނަވާރު ގެންގުޅުއްވާ އެންމެހައި ފަރާތްތަކުން ޤާނޫނުގައި ބަޔާންކޮށްފައިވާ މި އެންގުންތަކާ އެއްގޮތަށް ޢަމަލުކުރެއްވުމަށް ދަންނަވަމެވެ.

07 އޮކްޓޫބަރު 2026