ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)457-HRS/1/2026/27
ޕަބްލިޝްކުރި ތާރީޚް: 07 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 07:55
ސުންގަޑި: 14 އޮކްޓޫބަރު 2026 14:00
މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް
ދިވެހިރާއްޖެ
އިޢުލާން ގޭބިސީގެ އާމްދަނީ އާއި ޚަރަދުކުރުން ހުރިގޮތުގެ ސަރވޭ2026 ގައި އަތޮޅުތެރޭގައި ހަރަކާތްތެރިވާނެ އެނިއުމަރޭޓަރުން ހޯދުން (ށ، ތ އަދި ފުވައްމުލައް ސިޓީ)

އިޢުލާން

ގޭބިސީގެ އާމްދަނީ އާއި ޚަރަދުކުރުން ހުރިގޮތުގެ ސަރވޭ2026 ގައި އަތޮޅުތެރޭގައި ހަރަކާތްތެރިވާނެ އެނިއުމަރޭޓަރުން ހޯދުން

 (ށ، ތ އަދި ފުވައްމުލައް ސިޓީ)

މި ބިއުރޯގެ ފަރާތުން މިއަހަރުން ފެށިގެން ހިންގުމަށް ހަމަޖެހިފައިވާ ގޭބިސީގެ އާމްދަނީއާއި ޚަރަދުކުރުން ހުރިގޮތުގެ ސަރވޭގެ އަތޮޅުތެރޭގެ 3ވަނަ ރައުންޑް އޮކްޓޯބަރ 2026 ގައި ށ. އަތޮޅު، ތ. އަތޮޅު، އަދި ފުވައްމުލަށް ސިޓީގައި ކުރުމަށް ވަނީ ހަމަޖެހިފައެވެ. މިސަރވޭގެ މަޤްސަދަކީ ގޭބިސީގެ އެވަރެޖް އާމްދަނީއާއި ޚަރަދު އަދި އެކިބައިތަކަށް ޚަރަދުކުރާ މިންވަރާއި ބޮލަކަށްޖެހޭ މިންވަރު ދެނެގަނެ ފަޤީރުކަމުގެ މިންގަނޑުތައް އެކުލަވާލުމާއި، އަދި މިނޫންވެސް އެހެނިހެން އިޤްތިސާދީ މިންގަނޑުތައް ދެނެގަތުމެވެ.

މިގޮތުން މިސާރވޭގައި ހަރަކާތްތެރިވުމަށް ތިރީގައި ދެންނެވިފައިވާ ގޮތަށް އެނިއުމަރޭޓަރުން ހޯދުމަށް ބޭނުންވެއެވެ. މިއަތޮޅުތަކުގައި ޓްރެއިނިންގ ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ 25 – 29 އޮކްޓޯބަރ 2026 އަށް އަދި ފީލްޑް މަސައްކަތް ކުރިއަށް ގެންދާނީ 31 އޮކްޓޯބަރ – 08 ނޮވެމްބަރ 2026އަށެވެ.

ށ.އަތޮޅު

ށ. ފުނަދޫ

2 އެނިއުމަރޭޓަރުން

ށ. ފީވައް

2 އެނިއުމަރޭޓަރުން

ށ. ފޯކައިދޫ

2 އެނިއުމަރޭޓަރުން

ށ. ކަނޑިތީމު

2 އެނިއުމަރޭޓަރުން

ށ. ޅައިމަގު

2 އެނިއުމަރޭޓަރުން

ށ. މިލަންދޫ

2 އެނިއުމަރޭޓަރުން

*ށ އަތޮޅުގެ ޓްރެއިނިންގ ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ށ. ފުނަދޫގައި

 

ފުވައްމުލައް ސިޓީ

ފުވައްމުލައް

14 އެނިއުމަރޭޓަރުން

 

ތ.އަތޮޅު

ތ. މަޑިފުށި

2 އެނިއުމަރޭޓަރުން

ތ.ބުރުނި

2 އެނިއުމަރޭޓަރުން

ތ. ދިޔަމިގިލި

2 އެނިއުމަރޭޓަރުން

ތ. ގުރައިދޫ

2 އެނިއުމަރޭޓަރުން

ތ. ކިނބިދޫ

2 އެނިއުމަރޭޓަރުން

ތ. ވޭމަންޑޫ

2 އެނިއުމަރޭޓަރުން

*ތ އަތޮޅުގެ ޓްރެއިނިންގ ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ތ.މަޑިފުށީގައި

 

މިސަރވޭގައި ބައިވެރިވެވޭނީ ޖީ.ސީ.އީ އޯ ލެވަލް ފެންވަރަށް ތައުލީމް ހާސިލް ކޮށްފައިވާ، އުމުރުން 17 އަހަރާއި 45 އަހަރާ ދެމެދުގެ މީހުންނަށެވެ. އަދި ބޯހިމެނުން ނުވަތަ މިފަދަ ސަރވޭއެއްގައި ބައިވެރިވެ ތަޖުރިބާ ލިބިފައިވާ މީހުންނަށާއި ކައިރި ރަށްރަށަށް ގޮސް މަސައްކަތް ކުރެވޭ މީހުންނަށް އިސްކަންދެވޭނެއެވެ.

ތިރީގައި އެވަނީ މިސަރވޭގައި މަސައްކަތްކުރާ އެނިއުމަރޭޓަރުންނަށް އެލަވަންސް ދިނުމަށް ހަމަޖެހިފައިވާ ގޮތުގެ ތަފްސީލްއެވެ.

-   ތަމްރީނުގައި ހޭދަކުރާ ކޮންމެ ދުވަހަކަށް -/150 ރުފިޔާ (ތަމްރީނު ފުރިހަމަކޮށް ފީލްޑް މަސައްކަތުގައި ބައިވެރިވާ ފަރާތްތަކަށް)

-   ފީލްޑް މަސައްކަތުގައި ހަރަކާތްތެރިވާ ކޮންމެ ދުވަހަކަށް -/500 ރުފިޔާ

-   ފުޑް އެލަވަންސް -/300 ރުފިޔާ

-   ފޯނު އެލަވަންސް ގެ ގޮތުގައި ދުވާލަކަށް -/30  ރުފިޔާ

-   ރަށުން ބޭރުގައި ޓްރެއިންވާ / މަސައްކަތްކުރާ އިނިއުމަރޭޓަރުންނަށް ދަތުރު ޚަރަދު، ކެއުން އަދި ހުރުމުގެ އިންތިޒާމް އެމް.ބީ.އެސްގެ ފަރާތުން ހަމަޖައްސާދެވޭނެއެވެ.

ވީމާ، މިސަރވޭގައި ބައިވެރިވުމަށް އެދޭ ފަރާތްތައް ތިރީގައިވާ ލިންކް މެދުވެރިކޮށް އެޕްލިކޭޝަން ފޯމް ފުރިހަމަކޮށް 14 އޮކްޓޯބަރ 2026ގެ 14:00ގެ ކުރިން ހުށައެޅުއްވުމަށް ދަންނަވަމެވެ. މިސާރވޭއާއިބެހޭ އިތުރު މަޢުލޫމާތު 3008416 ނުވަތަ 3008488 އިން ލިބިވަޑައިގަންނަވާނެއެވެ

.https://applications.stats.gov.mv/apply/hies-2026-application-form-atolls-3

…………………………………………………………………

 

 

 

07 އޮކްޓޫބަރު 2026