ދިވެހިރާއްޖެ
|
އިޢުލާން ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި ރުއްތަށް ކުއްޔަށް ދޫކުރުމާއި ގުޅޭ.
ހެނބަދޫ ރައްޔިތުންގެ ރުއްގަހުގެ ގޮތުގައި މިރަށުގެ ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި ރުއްތަށް މަހަކު 500 (ފައްސަތޭކަ) ރުފިޔާ އަށް ވުރެ ކުޑަނޫން އަގަކަށް 1 އަހަރު ދުވަހަށް ކުއްޔަށް ދޫކުރުމަށް ކައުންސިލުން ވަނީ ނިންމާފައެވެ. ވީމާ، ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި އިސްވެ ދެންނެވުނު ރުއްތަށް ކުއްޔައް ހިފަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 14 އޮކްޓޯބަރ 2026 ވާ ބުދަ ދުވަހުގެ 13:00 އަށް މިއިދާރާއަށް ދުރުވެ އަގު ހުށަހެޅުއްވުން އެދެމެވެ. އަދި ރުއްތަށް ކުއްޔަށް ހިފުމަށް އަގު ހުށަހަޅާ ފޯމު މި އިދާރާގެ ކައުންޓަރއިން ލިބެން ހުންނާނެ ވާހަކަ ދަންނަވަމެވެ. މިކަމާގުޅޭ، އިތުރު މައުލޫމާތު ސާފުކުރަން ބޭނުންފުޅުވާނަމަ، ކައުންސިލް އިދާރާގެ ނަންބަރު (ފޯން: 6560018) އަށް ގުޅުއްވާ މައުލޫމާތު ސާފުކުރެއްވުން އެދެމެވެ. މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ. 25 ރަބީޢުލްއާޚިރާ 1448 |