ދިވެހިރާއްޖެ
އަރިއަތޮޅު ދެކުނުބުރީ ފެންފުށީ މެޖިސްޓްރޭޓް ކޯޓުގެ ކޯޓުރޫމްގެ ބެކްޕެނަލް، އިދާރީ މޭޒު އަދި ޑިވައިޑާ ޕާޓިޝަން ހެދުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މި މަސައްކަތްކުރުމަށް ދެވޭ މަޢުލޫމާތާ އެއްގޮތަށް، އަމިއްލަ ތަކެތީގައި މި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 12 އޮކްޓޫބަރު 2026 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 ގެ ކުރިން ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭފޯމް މި ކޯޓަށް ހުށަހަޅަންވާނެއެވެ. އީމެއިލް މެދުވެރިކޮށް ހުށަހަޅުއްވަން ބޭނުންނަމަ ކަނޑައެޅިފައިވާ ގަޑި ޖެހުމުގެކުރިން [email protected] އަށް މެއިލް ކުރަންވާނެއެވެ. މިމަސައްކަތާ ގުޅޭ ޕްރީ-ބިޑް މީޓިންގ އޮންނާނީ 12 އޮކްޓޫބަރު 2026 ވާ ހޯމަ ދުވަހުގެ ހެނދުނު 11:30 ގައި އަރިއަތޮޅު ދެކުނުބުރީ ފެންފުށީ މެޖިސްޓްރޭޓް ކޯޓު ގައެވެ.
އަންދާސީހިސާބު ބަލައިގަތުމާއި، ހުޅުވުން އޮންނާނީ އެކަމަށް ޚާއްޞަކޮށްގެން މި ކޯޓުގައި 18 އޮކްޓޫބަރު 2026 ވާ އާދީއްތަ ދުވަހުގެ 12:00 ގައި ބާއްވާ ބައްދަލުވުމުގައެވެ.
ބީލަމުގައި ރަޖިސްޓްރީނުވާ ފަރާތްތަކާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައެއް ނުގަނެވޭނެއެވެ.