މަސައްކަތް
ނަންބަރު: (IUL)434-PRC/434/2026/122
ޕަބްލިޝްކުރި ތާރީޚް: 06 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 16:14
ސުންގަޑި: 15 އޮކްޓޫބަރު 2026 10:00
ނޭޝަނަލް ޑްރަގް އޭޖެންސީ
ދިވެހިރާއްޖެ
މި އޭޖެންސީގެ ދަށުން ހިންގަމުންދާ ހާފްވޭހައުސްގެ ރިމާންޑް ސެންޓަރު ހިންގަމުންގެންދިޔަ އިމާރާތުގެ 3 ފްލޯރ އަދި ސެކިއުރިޓީ ޕޯސްޓުގައި ކުރަންހުރި މަރާމާތުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް

އަންދާސީ ހިސާބު ބޭނުންވެއްޖެ:

މި އޭޖެންސީގެ ދަށުން ހިންގަމުންދާ  ހާފްވޭހައުސްގެ ރިމާންޑް ސެންޓަރު ހިންގަމުންގެންދިޔަ އިމާރާތުގެ 3 ފްލޯރ އަދި ސެކިއުރިޓީ ޕޯސްޓުގައި ކުރަންހުރި މަރާމާތުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.

މި މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން 06 އޮކްޓޯބަރ 2026 ވާ އަންގާރަ ދުވަހުން ފެށިގެން 14 އޮކްޓޯބަރ 2026 ވާ ބުދަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން [email protected] އަށް ގެޒެޓް ކުރެވިފައިވާ ރެޖިސްޓްރޭޝަން ފޯމް ފުރުމަށްފަހު، އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. ބީލަމަށް ރެޖިސްޓަރ ކުރައްވާފައި ނުވާ ފަރާތްތަކާއި، މަޢުލޫމާތު ސެޝަނަށް ޙާޟިރުނުވާ ފަރާތްތަކާއި އަދި އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކަށް، ތިރީގައިވާ ތާވަލާއި އެއްގޮތަށް މަޢުލޫމާތު ދިނުމުގެ ސެޝަން އާއި އަންދާސީ ހިސާބު ހުށަހެޅުން އޮންނާނެއެވެ. މި އިއުލާނާއި ގުޅޭ ރެޖިސްޓްރޭޝަން ފޯމް އަދި މަސައްކަތުގެ މަޢުލޫމާތު ޝީޓް (ބިޑިންގ ޑޮކިއުމަންޓް) އެއްކަރުދާސް ކުރެވިފައިވާނެއެވެ.

 

ތާރީޚް

ގަޑި

ތަން

މަޢުލޫމާތު ދިނުމުގެ ސެޝަން

11 އޮކްޓޯބަރ 2026 (އާދީއްތަ)

10:00 (މެންދުރުކުރި)

- ހާފްވޭހައުސް / ކުރިކީލަމަގު / ފިޔަވަހި 1 / ކ. ހުޅުމާލެ

އަންދާސީ ހިސާބު ހުށަހެޅުން

15 އޮކްޓޯބަރ 2026 (ބުރާސްފަތި)

10:00

(މެންދުރުކުރި)

- ނޭޝަނަލް ޑްރަގް އޭޖެންސީ ހެޑް އޮފީސް (މ. ސީޓްރެކްސް ބިލްޑިންގ / ދެވަނަ ފަންގިފިލާ  / ގުރާބުތުނޑި ހިނގުން / މާލެ / ދިވެހިރާއްޖެ)

06 އޮކްޓޫބަރު 2026