ދިވެހިރާއްޖެ
މާލެތެރެއިން ކުނި ނެގުމުގެ މަސައްކަތަށް ބޭނުންކުރުމަށް ޑަސްބިން ކޮތަޅު (ނޫ ކުލަ) މިއިދާރާއަށް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މިމަސައްކަތް ކުރުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 15 އޮކްޓޫބަރު 2026 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މާލެ ސިޓީ ކައުންސިލް ހޯލް، ބޮޑުތަކުރުފާނު މަގު/ މީޓިން ރޫމަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުމަށް ދެންނެވީމެވެ. އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގައި ހުށަހެޅި ފަރާތުގެ ނަމާއި، އިޢުލާން ނަންބަރު އެނގޭނެހެން ބަޔާން ކުރެއްވުމަށް ފަހުގައެވެ.
މި އިޢުލާނާ އެކު މަޢުލޫމާތު ކަރުދާސް އެޓޭޗް ކުރެވިފައިވާނެއެވެ. މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅު ވާނަމަ 13 އޮކްޓޫބަރު 2026 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން [email protected]އަށް މެއިލް ކޮށްދެއްވުން އެދެމެވެ.
- ނޯޓް: އަގު ހުށަހެޅުމުގައި ބައިވެރިވެވޭނީ ދިވެހި ކުންފުނި، ޕާޓްނާޝިޕް، ލޯކަލް އިންވެސްޓްމެންޓް ، އަދި ވިޔަފާރިކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ.