މަސައްކަތް
ނަންބަރު: (IUL)13-K/13/2026/201
ޕަބްލިޝްކުރި ތާރީޚް: 06 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 14:44
ސުންގަޑި: 22 އޮކްޓޫބަރު 2026 10:00
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް
ދިވެހިރާއްޖެ
ގދ.މަޑަވެލި މިސްކިތް އިމާރާތް ކުރުމުގެ މަސައްކަތް

ބިޑު ހުށަހެޅުމުގެ ދަޢުވަތު

ޕްރޮޖެކްޓު ނަންބަރު: TES/2025/W-079-R-02

 

  1. މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސްގެ އެދިލެއްވުމުގެ މަތިން، ގދ.މަޑަވެލި މިސްކިތް އިމާރާތް ކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް މި މިނިސްޓްރީއިން ކުރި ނަންބަރު (IUL)13-K/13/2025/162) (1 ސެޕްޓެމްބަރު 2026) އިޢުލާނާ ގުޅިގެން އެމަސައްކަތަށް ހުށަހަޅާފައިވާ ބީލަންތައް ބާޠިލްކޮށް، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް އަލުން ހުޅުވާލަމެވެ.
  2. މި ބީލަން ކުރިއަށްގެންދިއުމުގައި ޢަމަލުކުރާނީ ތިރީގައި ބަޔާންކޮށްފައިވާ ޤަވާޢިދުތަކާއި އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން ތިރީގައިވާ ކަންތައްތައް ހިމެނޭހެންނެވެ:
  • މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓްގެ "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ޤަވާޢިދު" ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތައް؛

މި ބީލަމުގައި ބައިވެރިވެވޭނީ އެ ރަޖިސްޓަރީގެ GC01 ގެ ގްރޭޑް  6, 5, 4, 3, 2, 1ނުވަތަ 7 އަށް ޝަރުޠުހަމަވާ ކޮންޓްރެކްޓަރުންނަށެވެ.

  • މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑްގެ "ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީ".

 3. މި މަސައްކަތަށް ޝަރުޠުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އެން.ސީ.ބީ) އުޞޫލުން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު (R-158/2023)  އާއި އެ ގަވާއިދުގެ އެންމެހާ އިސްލާޙުތަކާއި އެއްގޮތްވާ ގޮތުގެ މަތިންނެވެ. މިކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބިޑިންގ ޑޮކުއުމަންޓުގައި ބަޔާންކުރެވިފައިވާނެއެވެ.

 4. މި ބީލަމުގައި ބައިވެރިވުމަށް ކޮންމެ މަސައްކަތަކަށް -/500 ރުފިޔާ (ފަސްސަތޭކަ ރުފިޔާ) ގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ  7  އޮކްޓޫބަރު 2026 އިން 19 އޮކްޓޫބަރު 2026 އަށް،  ބަންދު ނޫން ކޮންމެ ދުވަހެއްގެ 8:00 އިން 14:00 އަށް މިމިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް - ބަނޑޭރި ޕޭ  (https://bandeyripay.finance.gov.mv) މެދުވެރި ކޮށެވެ. އަދި ފައިސާ ދެއްކުމަށްފަހު، ބީލަމަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތުގެ ނަމާއި އެޑްރެސް، ގުޅޭނެ ނަންބަރާއި އީ-މެއިލް އެޑްރެސް އަދި ފައިސާ ދެއްކި ރަސީދުގެ ކޮޕީ ތިރީގައިވާ އީމެއިލް އެޑްރެހަށް ފޮނުއްވަންވާނެއެވެ.

 5. މި މަސައްކަތާއި ބެހޭ އެންމެހައި ލިޔެކިޔުންތައް ސޮފްޓްކޮޕީ ފޯރމެޓުގައި މި މިނިސްޓްރީގެ ވެބްސައިޓްwww.finance.gov.mv  އިން  7 އޮކްޓޫބަރު 2026އިން ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މި ބީލަންތަކާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތަށް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.

 6. ޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީގެ ގޮތުގައި 62,000.00/- ރ (ފަސްދޮޅަސް ދެހާސް ރުފިޔާ) ހުށަހަޅަން ޖެހޭނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަހެވެ.

 7. ޕްރޮޖެކްޓްގެ ޕްރީބިޑް ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ 13 އޮކްޓޫބަރު 2026 ވާއަންގާރަ ދުވަހުގެ 11:00 ގައި މައިކްރޮސޮފްޓް ޓީމްސް މެދުވެރިކޮށެވެ. އަދި އެކަމާ ގުޅޭ މައުލޫމާތު ބިޑިންގ ޑޮކިއުމެންޓުގައި ބަޔާންކޮށްފައިވާނެއެވެ.

 8. މި ޕްރޮޖެކްޓުގެ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 13 އޮކްޓޫބަރު 2026 ވާއަންގާރަ ދުވަހުގެ 13:00ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ.

 9. މި މަސައްކަތަށް ބިޑު ހުށަހަޅަންޖެހޭނީ ބީލަން ޕޯޓަލް މެދިވެރިކޮށް 22 އޮކްޓޫބަރު 2026 ވާ ބުރާސްފަތި ދުވަހުގެ 10:00:00ގެ  ކުރިންނެވެ. އަދި މިޕްރޮޖެކްޓުގެ ބިޑު ހުޅުވުން އޮންނާނީ  22 އޮކްޓޫބަރު 2026 ވާ ބުރާސްފަތި ދުވަހުގެ 13:00:00ގައެވެ.

 10. ބީލަން ޕޯޓަލް މެދުވެރިކޮށް ބިޑު ހުށަހެޅޭނީ ބީލަން ޕޯޓަލްއަށް ރަޖިސްޓަރީވާ ފަރާތްތަކަށެވެ. މި މަސައްކަތަށް ބިޑު ހުށަހެޅުމަށް ހަމަޖެހިފައިވާ ތާރީޚުގެ މަދުވެގެން 3 (ތިނެއް) ދުވަސް ކުރިން ބީލަން ޕޯޓަލް ރަޖިސްޓަރޭޝަން ފުރިހަމަ ކުރައްވަންވާނެއެވެ. ބީލަންޕޯޓަލް މެދުވެރިކޮށް ބިޑު ހުށަހެޅުމުގައި ޢަމަލު ކުރަން ޖެހޭ ގޮތުގެ ގައިޑެއް ބީލަން ޕޯޓަލް އިން(https://beelan.finance.gov.mv/) ލިބެން ހުންނާނެއެވެ. އަދި އެ ގައިޑްގައިވާ މަޢުލޫމާތާ އެއްގޮތަށް ބިޑު ހުށަހެޅުމުގެ އެންމެހައި ކަންކަން ފުރިހަމަ ކުރުމަކީ ބިޑު ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ. ބީލަން ޕޯޓަލް މެދުވެރިކޮށް ހުށަހަޅާ ބިޑު ފިޔަވައި އެހެން އެއްވެސް ބިޑެއް ބަލައެއް ނުގަނެވޭނެއެވެ.

 11. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ނެޝަނަލް ޓެންޑަރ ޑިޕާޓްމަންޓް،

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް

އަމީނީމަގު، މާލެ، ދިވެހިރާއްޖެ،

ފޯން    :  3349225 960+  ,3349115 960+  ,3349319 960+

އީމެއިލް   : [email protected]

       [email protected]

ކޮޕީ    : [email protected]

06 އޮކްޓޫބަރު 2026