ދިވެހިރާއްޖެ
މިރަށުގެ ހޭޅިފަށުން މަގޫގަސް، ކަށިކެޔޮ އަދި މިނޫންވެސް ރުއްގަސް ކަނޑައި ނުވަތަ އުފުރުން އިތުރުވުމާއި ގުޅިގެން މިރަށުގެ ފެހިކަން ކުޑަވެ، ބިމުގެ ފަސްގަނޑު ދޫވެ ރަށުގެ ބިންގަނޑަށާއި ފެންފަށަލައަށް އަދި ތިމާވެއްޓައް ނޭދެވޭ އަސަރުތައް ކުރަމުންދާކަމަށް ފާހަގަކުރެވެއެވެ.
މިގޮތުން، ކައުންސިލުން މިކަންތައް މޮނިޓަރކުރުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމުގެ ގޮތުން މިރަށުން ރުއްގަސް ބޭރުކުރުމުގެ އުސޫލެއް އެކުލަވާލުމަށް ވަނީ ނިންމާފައެވެ.
ވީމާ، މިރަށުން ރުއްގަސް ބޭރުކުރެވޭނީ ކައުންސިލުން ހަދާ އުސޫލާއި އެއްގޮތްވާގޮތުގެމަތިން، ނަގަންޖެހޭ އެންމެހައި ހުއްދަތައް ނެގުމަށްފަހުގައެވެ. އަދި ނަގަންޖެހޭ ހުއްދަތައް ނުނަގައި އުސޫލާއި ޚިލާފަށް ރުއްގަސް ބޭރުކުރާ ފަރާތްތަކާއިމެދު ފިޔަވަޅު އެޅޭނެ ވާހަކަ ދެންނެވީމެވެ.
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.
25 ރަބީއުލްއާޚިރު 1447