ދިވެހިރާއްޖެ
އިޢުލާން
ވޭޖް އެންޕްލޯއިމެންޓް އުޞޫލުން މުދިމުންނާއި މަސައްކަތު މީހުން ހޯދުން:
މި ކައުންސިލުގެ ބެލުމުގެދަށުގައިވާ 3 މިސްކިތުގައި، ވޭޖް އެންޕްލޯއިމެންޓް އުޞޫލުން މަސައްކަތްކޮށްދޭނެ މުދިމުންނާއި މަސައްކަތުމީހުން ބޭނުންވެއެވެ. މިފަރާތްތަކަށް މުސާރަދެވޭނީ ތިރީގައިވާ އުޞޫލުންނެވެ.
| 
 #  | 
 މަޤާމް  | 
 ވަޒީފާގެ ޝަރުޠު  | 
 ރޭންކް  | 
 މުސާރަ  | 
 ސަރވިސް އެލަވަންސް  | 
| 
 1  | 
 އިމާމު  | 
 ޝަރުޠު ހަމަވާނަމަ  | 
 GS3  | 
 -/4،465 ރުފިޔާ  | 
 -/1،500 ރުފިޔާ  | 
| 
 2  | 
 މުދިމް  | 
 ޝަރުޠު ހަމަވާނަމަ  | 
 GS1  | 
 -/3،565 ރުފިޔާ  | 
 -/1،500 ރުފިޔާ  | 
| 
 3  | 
 މަސައްކަތު  | 
 ޝަރުޠު ހަމަވާނަމަ  | 
 SS1  | 
-/3،100 ރުފިޔާ | -/1،000 ރުފިޔާ | 
މި މަޤާމަށް މީހުން ހޮވުމުގައި ބެލޭނީ:
މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، ރީތިކޮށް ތަޖުވީދުގެ މަގުން ޤުރްއާން ކިޔަވަން އެނގުމާއެކު، ހިތުންކިޔަން އެނގޭ މިންވަރެއްގެ މައްޗަށެވެ. އަދި މި އިދާރާ ފިޔަވައި އެހެން އިދާރާއެއްގެ ސިވިލް ސަރވިސްގެ މަޤާމެއްގައި ހުރި މުވައްޒަފަކަށްވެސް މި މަޤާމަށް ކުރިމަތިލެވިދާނެއެވެ. މި މަޤާމުތަކަށް ހޮވޭ މީހުންނަކީ، ސިވިލް ސަރވިސްގެ މުވައްޒަފުންނެއް ނޫނެވެ.
ކުރަންޖެހޭ މަސައްކަތް:
މި މަޤާމަށް ހޮވޭ މީހުންނަކީ، މިސްކިތު އިމާމުންނާއި، މުދިމުންނާއި، މިސްކިތު މަސައްކަތު މީހުންގެ މަސައްކަތު ވަގުތާއި، ހާޒިރީ ބެލެހެއްޓުމާއި، ގަޑީލާރި ކެނޑުމާއި، ބަދަލުގައި މީހުން ހަމަޖެއްސުމުގެ ޤަވާއިދު (ގަވައިދު ނަންބަރު 2012/R/13) ގެ 19 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، މިސްކިތު އިމާމުންނާއި މުދިމުން ޗުއްޓީ ނެގުމުން ނުވަތަ މަސައްކަތަށް ހާޒިރުނުވުމުން އެ މަސައްކަތްކުރާނޭ އެހެން މުވައްޒަފެއް ނެތް ހާލަތުގައި، އެ މުވައްޒަފެއްގެ ބަދަލުގައި، ވޭޖް އެމްޕްލޯއިމަންޓުގެ ދަށުން އެ މަސައްކަތެއްކުރުމަށް މަސައްކަތު އެއްބަސްވުމެއްގެދަށުން ގެންގުޅެވޭ މުވައްޒަފުންނެވެ.
ހުށަހަޅަންޖެހޭ ތަކެތި:
- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ.
 - ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް (ކިޔަން އެނގޭ، ސާފު ކޮޕީއެއް)
 - ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއެއް (އެކްރިޑިޓްކޮށް، އަސްލާ އެއްގޮތްކަމުގެ ތައްގަނޑުޖަހައި، ވެރިއެއްގެ ސޮއިކޮށްފައިވާ)
 - ސްކޫލެއްގައި އުޅެފައިވާނަމަ، ލީވިންގ ސެޓްފިކެޓުގެ ކޮޕީ.
 - ވަޒީފާއެއްގައި އުޅެފައިވާނަމަ، އެ ވަޒީފާއެއްގައި އުޅުނުކަމުގެ ލިޔުން.
 
ސުންގަޑި:
މި މަޤާމަށް އެދޭ ފަރާތްތަކުން، 2016 މާރިޗު 1 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން، މި އިދާރާއަށް ހުށަހެޅުން އެދެމެވެ.
އިތުރު މަޢުލޫމާތު:
އިތުރު މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 6780038 ނަންބަރު ފޯނަށެވެ. ފެކްސް ނަންބަރަކީ 6780038 އެވެ. އީ މެއިލް ކުރާނީ، [email protected] އަށެވެ.
9 ޖުމާދަލްއޫލާ 1437