ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)391/391/2026/119
ޕަބްލިޝްކުރި ތާރީޚް: 05 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 22:24
ސުންގަޑި: 12 އޮކްޓޫބަރު 2026 11:30
ކޮޅުމަޑުލު ތިމަރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތިމަރަފުށި ކައުންސިލް އިދާރާގެ ސްޓޯރޫމްއަށް ބައެއް އިތުރު ކުރުމުގެ މަސައްކަތް

އިޢުލާން

ތިމަރަފުށި ކައުންސިލް އިދާރާގެ ސްޓޯރޫމްއަށް ބައެއް އިތުރު ކުރުމުގެ މަސައްކަތް

           ކޮޅުމަޑުލު ތިމަރަފުށި ކައުންސިލް އިދާރާގެ ސްޓޯރ ރޫމަށް ބައެއް އިތުރުކުރުމުގެ މަސައްކަތް ކޮށްދެއްވާނޭ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. ވީމާ، މި މަސައްކަތް ކޮށް ދެއްވުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ (ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު ނަންބަރު: 2014/18 ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ) ފަރާތްތަކުން ތިރީގައި މިދަންނަވާ ގޮތަށް ޢަމަލުކުރެއްވުން އެދެމެވެ.

މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 08 އޮކްޓޫބަރު 2026 ވާ ބުރާސްފަތިދުވަހުގެ 14:00 ގެކުރިން  ދެވިފައިވާ ލިންކް މެދުވެރިކޮށް  ބިޑަށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ.

ބިޑް ރަޖިސްޓްރީ ފޯމްގެ ލިންކް:  https://forms.cloud.microsoft/r/mw8VMzKWSJ

 

މިމަސައްކަތާއި ގުޅިގެން ބޭއްވޭ މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް 07 އޮކްޓޫބަރު 2026 ވާ ބުދަ ދުވަހުގެ 11:00 ގައި ކައުންސިލް އިދާރާގެ ގޯތިތެރޭގައި އޮންނާނެއެވެ.

 

މި މަސައްކަތާއި ގުޅިގެން ނުވަތަ އެޓޭޗް ކުރެވިފައިވާ މަޢުލޫމާތު ކަރުދާހާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ  08 އޮކްޓޫބަރު 2026 ވާ ބުރާސްފަތިދުވަހުގެ 14:00 ގެ ކުރިން  [email protected]     އަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

ބިޑް ހުޅުވުން އޮންނާނީ  12 އޮކްޓޫބަރު 2026 ވާ ހޯމަދުވަހު ހެނދުނު 11:30   ގައި ކައުންސުލް އިދާރާގެ މީޓިންގ ރޫމްގައެވެ.

  • ނޯޓް : ބީލަން ހުށަހެޅުއްވޭނީ ރަޖިސްޓްރީ ކުރުމަށް ދެވިފައިވާ މުއްދަތުގައި ރަޖިސްޓްރީ ކުރައްވާފައިވާ ފަރާތްތަކަށް އެކަންޏެވެ. ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވޭނީ އެންމެ ބިޑެކެވެ.

އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބޭނެއެވެ.

ކޮޅުމަޑުލު ތިމަރަފުށީ ކައުންސިލްގެ އިދާރާ / ތ.ތިމަރަފުށި، ދިވެހިރާއްޖެ

ފޯން:  6780702

އީ-މެއިލް:  [email protected]

05 އޮކްޓޫބަރު 2026