ދިވެހިރާއްޖެ
ކާފަ މާމަ މައިޒާން އެއްއިންވެފައިވާ ތިލޭރު ހިގުމުން މަގަށް ހުރި ރުއްތައް ނަގަންޖެހޭތީ، އެރުއްތަކުގެ ވެރިން ސާފުކުރުމަށް ވަނީ ބޭނުންވެފައެވެ. މިގޮތުން އެ ސަރަހައްދުން ކަނޑަން ބޭނުންވާ ރުއްގަހުގައި ހުދު ކުލައިން 1 ން 5 ނަންބަރު ޖަހައި ރަސްގެ ޖަހާފައި ހުންނާނެއެވެ.
ވީމާ އެރުއްތަކުގެ ވެރިން މި އިދާރާއަށް ދުރުވެ މި އިދާރާއިން އެރުއްތަކަށް ދީފައިވާ ނަންބަރު ނޯޓު ކުރެއްވުމަށް ދަންނަވަމެވެ. ރުއްތަކުގެ ވެރިފަރާތުން ރުއްގަހުގައި ޖަހާފައިވާ ނަންބަރު ނޯޓް ކުރުމަށް ދުރުވާއިރު އެރުއްތަކުގެ ރަޖިސްޓަރީ ނަންބަރު ގެންނަވަން ޖެހޭނެއެވެ. އަދި 2026 ސެޕްޓެންބަރ 8 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް ވެރިޔަކު ނުވެ ހުންނަ ރުއްގަސް ޤާނޫނު ނަމްބަރ 21/98 (މީހުން ދިރިއުޅޭ ރަށްރަށުގެ ރުއްގަހާއި ބެހޭ ޤާނޫނު) ގައިވާ ގޮތުގެ މަތިން ރައްޔިތުންގެ ރުއްގަސް ކަމުގައި ބަލައި އެރުއްގަސް ކަނޑާލެވޭނެ ވާހަކަ ދެންނެވީމެވެ.
މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
24 ރަބީޢުލްއާޚިރު 1448