ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)343-AS/343/2026/68
ޕަބްލިޝްކުރި ތާރީޚް: 05 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 14:13
ސުންގަޑި: 14 އޮކްޓޫބަރު 2025 11:30
އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އއ.ބޮޑުފޮޅުދޫ ކައުންސިލްގެ އެއްގަމުގައި ދުއްވާ އުޅަނދުތައް ބަހައްޓާނެ ގަރާޖެއް ހަދައިދިނުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެފަރާތެއް ހޯދުމާއި ގުޅޭ:

އިޢުލާން

އއ.ބޮޑުފޮޅުދޫ ކައުންސިލްގެ އެއްގަމުގައި ދުއްވާ އުޅަނދުތައް ބަހައްޓާނެ ގަރާޖެއް ހަދައިދިނުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެފަރާތެއް ހޯދުމާއި ގުޅޭ:

             މިއިދާރާގެ (IUL) 343-AS/343/2026/54 ( 10 އޮގަސްޓް 2026 ) އިޢުލާންގައި މައްސަލަ ތަކެއް ހުރުމާއެކު އެއިއުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ.

އއ. ބޮޑުފޮޅުދޫ ކައުންސިލްގެ އެއްގަމުގައި ދުއްވާ އުޅަނދުތައް ބަހައްޓާނެ ގަރާޖެއް ހަދައިދިނުމުގެ މަސއްކަތް އަމިއްލަ ތަކެތީގައި ކޮއްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ގަރާޖް ހެދުމާއި ގުޅޭ މައުލޫމާތު ދިނުމުގެ ސެޝަން 2026 އޮކްޓޫބަރ 14 ވާ ބުދަ ދުވަހުގެ 11:30ގައި އއ.ބޮޑުފޮޅުދޫ ކައުންސިލްގެ އިދާރާގައި އޮންނާނެއެވެ.

 މިކަމަށް ޝައުޤުވެރުވެލައްވާ ފަރާތްތަކުން މަސައްކަތްކޮށްދޭނެ އަގު ބަޔާންކޮށް 2026 އޮކްޓޫބަރ 14ވާ ބުދަ ދުވަހުގެ 11:30އަށް މި އިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. ހުށައެޅޭ އަންދާސީހިސާބުތައް ކެނޑުން އޮންނާނީ ހުށައަޅާ ފަރާތްތަކުގެ ހާޒިރުގައި 2026 އޮކްޓޫބަރ 14ވާ ބުދަ ދުވަހުގެ 11:30 ގައި ބޮޑުފޮޅުދޫ ކައުންސިލްގެ އިދާރާގައެވެ. ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ، ކޮންފަރާތަކުން ފޮނުވާ ބޭފުޅެއްކަން އެނގޭނެ ލިޔުމަކާއެކު ބަދަލުގައި ބޭފުޅަކު ފޮނުވިދާނެއެވެ. އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6660900 ނަންބަރާއެވެ.

 ވީމާ، މިކަން އެންގުމަށްޓަކައި ޢާންމުކޮށް އިޢުލާންކުރަމެވެ.

 05 އޮކްޓޫބަރ 2026

05 އޮކްޓޫބަރު 2026