މަސައްކަތް
ނަންބަރު: (IUL)416-ESMPL/416/2026/93
ޕަބްލިޝްކުރި ތާރީޚް: 05 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 14:12
ސުންގަޑި: 15 އޮކްޓޫބަރު 2026 14:00
ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަޑަވެލި ކައުންސިލް އަހަރީ ޤުރްއާން މުބާރާތް – 1448' ގައި އިންސާފުކުރާނެ ފަނޑިޔާރުން ހޯދުމާއި ގުޅޭ

މަޑަވެލި ކައުންސިލް އަހަރީ ޤުރްއާން މުބާރާތް – 1448  ގެ ޤަވާޢިދު ބަދަލުކޮށް އަލުން އިޢުލާން ކުރުމާއި ގުޅިގެން، މުބާރާތަށް އިންސާފުކުރާނެ ފަނޑިޔާރުން ހޯދުމަށް ކުރެވުނު މިއިދާރާގެ ނަމްބަރު:(IUL)416-ESMPL/416/2026/88  (20 ސެޕްޓެމްބަރ 2026) ގެ އިޢުލާނާއި، އިޢުލާނާއި ގުޅިގެން ފަނޑިޔާރުކަން ކޮށްދިނުމަށް އަގު ހުށަހަޅާފައިވާ ފަރާތްތަކުގެ އެންމެހާ ފޯމުތައް ބާޠިލްކޮށް، އަލުން ފަނޑިޔާރުކަން ކޮށްދޭނެ ފަރާތްތައް ހޯދުމަށް އަލުން ހުޅުވާލަމެވެ.

މަޑަވެލި ކައުންސިލް އަހަރީ ޤުރްއާން މުބާރާތް – 1448' ގައި އިންސާފުކުރާނެ ފަނޑިޔާރުން ހޯދުމާއި ގުޅޭ

           މިކައުންސިލް އިން މިއަހަރު 'މަޑަވެލި ކައުންސިލް އަހަރީ ޤުރްއާން މުބާރާތް – 1448' ގެ ނަމުގައި 19 ނޮވެމްބަރ 2026 އިން 21 ނޮވެމްބަރ 2026އަށް މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެހެންކަމުން، މި މުބާރާތުގައި ފަނޑިޔާރުކަން ކުރާނެ 3 (ތިނެއް) ފަނޑިޔާރުން ހޯދަން ބޭނުންވެއްޖެއެވެ. 

ފަނޑިޔާރުކަމަށް ކުރިމަތިލެވޭނެ ފަރާތްތަކުގެ ޝަރުތު:

      (ހ) ޤުރްއާން ކިޔެވުމާއި ކިޔަވައިދިނުމުގައި މަދުވެގެން 10 (ދިހައެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

      (ށ) އުމުރުން 25 (ފަންސަވީސް) އަހަރު ފުރިފައިވާ މީހެއް ކަމުގައިވުން.

      (ނ) މުބާރާތުގައި ބައިވެރިވާ އެއްވެސް ބައިވެރިޔަކަށް ތަމްރީނުދޭ/ކިޔަވައިދޭ މީހެއް ކަމުގައި ނުވުން.

      (ރ) މުބާރާތުގައި ބައިވެރިވާ އެއްވެސް ބައިވެރިއެއްގެ ޢާއިލާ މީހެއް (ބައްޕަ، މަންމަ، އަނބިމީހާ، ފިރިމީހާ، ދަރިން) ކަމުގައި ނުވުން.

 

   ފަނޑިޔާރުން ހޮވުމުގައި އިސްކަންދެވޭނީ 'ފަނޑިޔާރުކަންކޮށް ކޮށްދިނުމުގެ އަގުގެ ގޮތުގައި' ހުށަހަޅާ އެންމެ ކުޑަ އަގަށެވެ. އަދި މިމުބާރާތުގައި ފަނޑިޔާރުކަން ކުރާ ފަރާތްތަކަށް ކައުންސިލުން ހުރުމާއި، ކެއުން އަދި ދަތުރު (ކަނޑުމަގުން އަދި ވައިގެ މަގުން) ހަމަޖައްސަވައި ދެވޭނެއެވެ.

        ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 15 އޮކްޓޯބަރ 2026 ގެ 14:00 ގެ ކުރިން ތިރީގައިވާ ގޫގަލް ލިންކް ފުރުއްވުން އެދެމެވެ. 

    ގޫގަލް ލިންކް: https://forms.gle/BK6EcRhKHK7Avys77

    އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން ރަސްމީ ގަޑީގައި ކައުންސިލް އިދާރާގެ ހޮޓްލައިން ނަމްބަރ: 9356677 އާއި ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

   މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

 

05 އޮކްޓޫބަރު 2026