ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)343-FS/343/2026/67
ޕަބްލިޝްކުރި ތާރީޚް: 05 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 14:02
ސުންގަޑި: 12 އޮކްޓޫބަރު 2026 13:00
އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫއިން ދިރިއުޅުމަށްޓަކައި ބަންޑާރަގޯތި ދޫކުރުމުގެ މަސައްކަތް ވިލަރެސްކޮށް ކުރިޔަށް ގެންދިއުމަށް އެކުލަވާލާ ކޮމިޓީއަށް އާއްމު ރައްޔިތުންގެ ތެރެއިން މެމްބަރަކު ހޯދުމާއި ގުޅޭ

އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫއިން ދިރިއުޅުމަށްޓަކައި ބަންޑާރަގޯތި ދޫކުރުމުގެ މަސައްކަތް ވިލަރެސްކޮށް ކުރިޔަށް ގެންދިއުމަށް އެކުލަވާލާ ކޮމިޓީއަށް އާއްމު ރައްޔިތުންގެ ތެރެއިން މެމްބަރަކު ހޯދުމާއި ގުޅޭ

       ބޮޑުފޮޅުދޫ ކައުންސިލްގެ އިހްތިސާސްގައި ހިމެނޭ ބިމުގެ ސަރަހައްދުން، ދިރިއުޅުމަށްޓަކައި 1200 (ބާރަ ސަތޭކަ) އަކަފޫޓް ހަމަވާ 200 ގޯތި ދޫކުރުމުގެ މަސައްކަތް ވިލަރެސްކޮށް ކުރިޔަށް ގެންދިއުމަށް އެކުލަވާލައި ކޮމިޓީއަށް، ރަށުގެ އާއްމު ރައްޔިތުންގެ ތެރެއިން މެމްބަރު ނެގުމަށް އއ.ބޮޑުފޮޅުދޫ ކައުންސިލުން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ އުޞޫލު  (USL)343/2026/03 ގެ 3 ވަނަ މާއްދާގެ (ނ) ގައި ވަނީ ބަޔާންކުރެވިފައެވެ.

      ވީމާ، މެމްބަރުކަމަށް ކުރިމަތިލުމަށް 12 އޮކްޓޫބަރު 2026 ވާ ހޯމަ ދުވަހުގެ 13:00 ގެ ނިޔަލަށް ވަނީ ރަށުގެ އާއްމު ރައްޔިތުންނަށް ފުރުސަތު ހުޅުވާލެވިފައެވެ. މެމްބަރުކަމަށް ކުރިމަތިލާ ފަރާތަކީ ވިލަރެސް ކޮމިޓީގެ މަސައްކަތްތަކަށް ވަގުތު ދެވޭ ފަރާތަކަށް ވާންވާނެ ކަމުގައި ދަންނަވަމެވެ. އަދި މެމްބަރަކު އައްޔަންކުރެވޭނީ ތައުލީމީ ފެންވަރަށް ބަލައިގެން ކަމުގައި ދަންނަވަމެވެ. 

05 އޮކްޓޫބަރު 2026