ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)490-AD/490/2026/12
ޕަބްލިޝްކުރި ތާރީޚް: 05 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 13:54
ސުންގަޑި: 13 އޮކްޓޫބަރު 2026 13:00
ނޭޝަނަލް ކެރިއަރސް ސަރވިސް
ދިވެހިރާއްޖެ
މާކެޓިންގް އެންޑް ކޮމިއުނިކޭޝަންސް މެނޭޖަރ، ޕަބްލިކް ސަރވިސް ރޭންކް 9- ސްޓެޕް 1

މާކެޓިންގް އެންޑް ކޮމިއުނިކޭޝަންސް މެނޭޖަރ، ޕަބްލިކް ސަރވިސް ރޭންކް 9- ސްޓެޕް 1

އިޢުލާނު 

މަޤާމު:

މާކެޓިންގް އެންޑް ކޮމިއުނިކޭޝަންސް މެނޭޖަރ

އިޢުލާން ނަންބަރު:

 (IUL)490-AD/490/2026/12

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

ޕަބްލިކް ސަރވިސް ރޭންކް 9- ސްޓެޕް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ނެޝަނަލް ކެރިއަރސް ސަރވިސް ، އަމީން އެވެނިއު އޯކް ، 1 ފްލޯ  / ހުޅުމާލެ

ސެކްޝަން/ޔުނިޓް:

މާކެޓިންގ އެންޑް މީޑިއާ ސެކްޝަން

މުސާރަ:

-/16080 ރުފިޔާ

މަޤާމުގެ އެލަވަންސް:

-/7505 ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ހާޒިރީ އެލަވަންސް: ހާޒިރުވާ ދުވަހަކަށް -/205 ރުފިޔާ
  2. ދިވެހިރާއްޖޭގެ ޕެންޝަނާއި ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ދަޢުލަތުގެ ޕޭ ޕްރޭމްވަރކްގެ މިންގަނޑުގައިވާ ގޮތުގެމަތިން މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ނޭޝަނަލް ކެރިއަރސް ސަރވިސްގެ  މާކެޓިންގ ސްޓްރެޓިޖީތަކާއި މާކެޓިން ޕްލޭން އެކުލަވާލައި ހިންގައި ބެލެހެއްޓުން
  2. ނޭޝަނަލް ކެރިއަރސް ސަރވިސް ގެ ޚިދުމަތްތަކާއި، ޖޮބް ފެސްޓިވަލް ފަދަ އިވެންޓްތައް ޕްރޮމޯޓްކުރުމަށް ފުރިހަމަ މާކެޓިންގ ސްޓްރެޓެޖީތައް އެކުލަވާލައި ހިންގުން.
  3. ވަޒީފާގެ ފުރުސަތުތަކާއި، ކެރިއަރ ރިސޯސްތަކާއި، ކުރިއަށް އޮތް އިވެންޓްތަކަށް ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި އެކި ޕްލެޓްފޯމްތަކުގައި ޝައުގުވެރިވާފަދަ އަދި މައުލޫމާތު އެކުލެވޭ ސޯޝަލް މީޑިއާ ޕޯސްޓްތައް އުފެއްދުން.
  4. ވަޒީފާގެ ފުރުސަތުތަކާއި، ކެރިއަރ ރިސޯސްތަކާއި، ކުރިއަށް އޮތް އިވެންޓްތަކަށް ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި އެކި ޕްލެޓްފޯމްތަކުގައި ޝައުގުވެރިވާފަދަ އަދި މައުލޫމާތު އެކުލެވޭ ސޯޝަލް މީޑިއާ ޕޯސްޓްތައް އުފެއްދުން.
  5. ވަޒީފާ ހޯދާ މީހުންނާއި ވަޒީފާދޭ ފަރާތްތަކުގެ މެދުގައި ހޭލުންތެރިކަން އުފައްދައި، ފޮލޯވަރުން އިތުރުކޮށް، އަދި ލީޑްސް އުފެއްދުމަށް ސޯޝަލް މީޑިއާ ކެމްޕޭންތައް މެނޭޖްކުރުން.
  6. ވަޒީފާ ހޯދާ ފަރާތްތަކާއި ވަޒީފާދޭ ފަރާތްތަކާއި ނެޓްވޯކިންގ ފުރުސަތުތަކާ ގުޅުވައިދިނުމަށްޓަކައި ޖޮބް ފެސްޓިވަލްތަކާއި އެހެނިހެން ރިކްރޫޓްމަންޓް އިވެންޓްތައް ރާވައި އިންތިޒާމުކުރުން.
  7. ވަޒީފާގެ ފެސްޓިވަލްތަކަށް ބޭނުންވާ ޕްރޮމޯޝަނަލް މެޓީރިއަލްސް އިޝްތިހާރު ކުރުމުގެ މަސައްކަތްތަކާއި، އިވެންޓް ލޮޖިސްޓިކްސް ކޯޑިނޭޓްކޮށް ކާމިޔާބު ނަތީޖާތައް ކަށަވަރުކުރުން.
  8. ސޯޝަލް މީޑިއާ މެޓްރިކްސް އަދި އިވެންޓް ޕާފޯމަންސް ޑޭޓާ ތަޙުލީލުކޮށް މާކެޓިންގ އިނިޝިއޭޓިވްސްގެ ފައިދާ ވަޒަންކޮށް ޑޭޓާ ޑްރައިވަން ނިންމުންތައް ނިންމުން
  9. ނޭޝަނަލް ކެރިއަރސް ސަރވިސް އަށް ހޭލުންތެރިކަން އިތުރުކުރުމަށް ބޭނުންވާ މުހިންމު ބައިވެރިންނާއި، ސްޕޮންސަރުންނާއި، ކޮމިއުނިޓީ އޯގަނައިޒޭޝަންތަކާ ގުޅުން އާލާކުރުން.
  10.  ސިނާޢަތުގެ ޓްރެންޑްތަކާއި، އެންމެ ރަނގަޅު އުސޫލުތަކާއި، އާ މާކެޓިންގ ޓެކްނިކްސްތަކާ ބެހޭގޮތުން މަޢުލޫމާތު ލިބިފައި ހުރުން އަދި ސެންޓަރުގެ މާކެޓިންގ ސްޓްރެޓެޖީތައް މެދުނުކެނޑި ކުރިއެރުވުން.
  11. ބްރޭންޑިންގ ގައިޑްލައިނާއި އެކުގައި ރީޖަނަލް  ސެންޓަރުތަކުގެ ބްރޭންޑް އައިޑެންޓިޓީ އިތުރަށް ތަރައްޤީކުރަމުން ދިއުން
  12.  ތަފާތު ބާވަތްތަކުގެ މީޑިއާއާއި އެކު ގުޅުން ބަދަހިކުރުމަށް މަސައްކަތް ކުރުމާއެކު ނޭޝަނަލް ކެރިއަރސް ސަރވިސް ޕްރޮމޯޓްކުރުމަށް މަސައްކަތް ކުރުން
  13. އިދާރާގެ މާކެޓިންގ ގެ މަސައްކަތްތައް ހިނގަމުންދާގޮތް ބަލައި އިޞްލާޙުކުރަންޖެހޭ ކަންތައްތައް އިޞްލާޙުކުރުން އަދި މާރކެޓިންގ ޔުނިޓުގެ އެންމެހައި ކަންކަން ހިނގާނުހިގާގޮތް ބެލެއެހެއްޓުން. 

މަޤާމުގެ ޝަރުޠުތައް:

  1. މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 10 ގެ ސަނަދެއް ހާސިލުކޮށްފައިވުން. އަދި މަސައްކަތާއި ގުޅުންހުރި ހިންގުމުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތްކޮށްފައިވުން.
         ނުވަތަ،
  2. މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއިއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. އަދި އެ މުއްދަތުގެ ތެރެއިން މަދުވެގެން 2 އަހަރު ދުވަހު ހިންގުމުގެ ދާއިރާއެއްގައި މަސައްކަތްކޮށްފައިވުން. 
         ނުވަތަ،
  1. މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއިއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 8 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. އަދި އެ މުއްދަތުގެ ތެރެއިން މަދުވެގެން 2 އަހަރު ދުވަހު ހިންގުމުގެ ދާއިރާއެއްގައި މަސައްކަތްކޮށްފައިވުން.

މަސައްކަތާގުޅޭ ތަޢުލީމީދާއިރާތައް:

އެޑްވަޓައިޒިންގ، ޕަބްލިކް ރިލޭޝަންސް އެންޑް އެޑްވަޓައިޒިންގ، މާކެޓިންގ އެންޑް އެޑްވަޓައިޒިންގ، އެޑްވަޓައިޒިންގ އެންޑް ބްރޭންޑިންގ، އެޑްވަޓައިޒިންގ އެންޑް ބްރޭންޑް ޑިޒައިން، އެޑްވަޓައިޒިންގ އެންޑް ބްރޭންޑް މެނޭޖްމަންޓް، ޑިޖިޓަލް އެޑްވަޓައިޒިންގ، ކްރިއޭޓިވް އެޑްވަޓައިޒިންގ.

މާކެޓިންގ، ޑިޖިޓަލް މާކެޓިންގ، މާކެޓިންގ މެނޭޖްމަންޓް، ބްރޭންޑް އެންޑް މާކެޓިންގ މެނޭޖްމަންޓް، މާކެޓިންގ އެންޑް މީޑިއާ، ޕަބްލިކް ރިލޭޝަންސް އެންޑް މާކެޓިންގ، ބިޒްނަސް މެނޭޖްމަންޓް އެންޑް މާކެޓިންގ، ބިޒްނަސް މެނޭޖްމަންޓް (މާކެޓިންގ).

ގްރެފިކް ޑިޒައިން، ގްރެފިކްސް އެންޑް ޑިޖިޓަލް ޑިޒައިން، ގްރެފިކްސް އެންޑް މަލްޓިމީޑިއާ، ގްރެފިކް ޑިޒައިން އެންޑް ޓައިޕޯގްރަފީ، ގްރެފިކް ކޮމިއުނިކޭޝަން، ގްރެފިކް ކޮމިއުނިކޭޝަން ޑިޒައިން، ގްރެފިކް ޑިޒައިން އެންޑް ޑިޖިޓަލް މާކެޓިންގ، ގްރެފިކް އާޓްސް، ކޮމްޕިއުޓަރ ގްރެފިކް ޑިޒައިން.

މަލްޓިމީޑިއާ ޑިޒައިން، ގްރެފިކްސް އެންޑް މަލްޓިމީޑިއާ، މަލްޓިމީޑިއާ ޓެކްނޯލޮޖީ.

މަސައްކަތުގެ ތަޖުރިބާ ގުނުމުގައިބަލާނެ ދާއިރާތައް:

އިޝްތިހާރުކުރުމާއި މާކެޓްކުރުމާއި ޕަބްލިކް ރިލޭޝަންގެ ދާއިރާއާ ނުވަތަ ކޮމިއުނިކޭޝަންގެ ދާއިރާގެ މެނޭޖީރިއަލް ފެންވަރުގެ މަސައްކަތްތަކާއި ފަންނީ މަސައްކަތްތަކާއި ދިރާސާ ކުރުމުގެ މަސައްކަތްތައް.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) https://www.csc.gov.mv/Announcement/ViewDownloads/4
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2023 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 13 އޮކްޓޯބަރ 2026 (އަންގާރަ) ދުވަހުގެ 13:00 ގެ ކުރިން، ނޭޝަނަލް ކެރިއަރސް ސަރވިސް ޕޯޓަލް (މައިކެރިޔާ ޕޯޓަލް)  މެދުވެރިކޮށެވެ.

ޕޯޓަލް ލިންކް: https://mycareer.gov.mv/en/jobs/marketing-and-communications-manager-psr9

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު އަދި އިމްތިހާނު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިހާނު އޮންނާނީ 22 އޮކްޓޯބަރ 2026 އިން 29 އޮކްޓޯބަރ 2026 އާއި ދެމެދު، ނޭޝަނަލް ކެރިއަރސް ސަރވިސްގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަރވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން ގެޒެޓުގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3039954 އަށެވެ. އީ-މެއިލް ކުރާނީ  [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުސޫލުތައް > "ރެކްރޫޓްމަންޓް އުސޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

05 އޮކްޓޫބަރު 2026