ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)1-CSO(FM)/1/2026/114
ޕަބްލިޝްކުރި ތާރީޚް: 05 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 13:52
ސުންގަޑި: 08 އޮކްޓޫބަރު 2026 11:00
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ދިވެހިރާއްޖެ
މި އޮފީހަށް ބޭނުންވާ 10 ރޯލް ކާޕެޓް ވިއްކާނެ ފަރާތެއް ހޯދުން

އިޢުލާނު 

މި އޮފީހަށް ބޭނުންވާ 10 ރޯލް ކާޕެޓް ވިއްކާނެ ފަރާތެއް ހޯދުން 

މި އޮފީހަށް ބޭނުންވާ 10 ރޯލް ކާޕެޓް (ނޫ ކުލަ) ވިއްކާނެ ފަރާތެއް ހޯދުމަށް 24 ސެޕްޓެންބަރު 2026 ގައި ކުރި، މި އޮފީހުގެ ނަންބަރު (IUL)1-CSO(FM)/1/2026/107 އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހެޅުމަށް ތިން ފަރާތުން ޙާޟިރުވެފައި ނުވާތީ، އަލުން އިޢުލާނުކުރަމެވެ.

މި ތަކެތި ވިއްކުމަށް އެދޭ ފަރާތްތަކުން ބީލަމުގައި ރަޖިސްޓަރީވުމަށް މި އިޢުލާނުގައިވާ އީމޭލު އެޑްރެހަށް މިދަންނަވާ މަޢުލޫމާތު، 2026 އޮކްޓޫބަރު 8 ވާ ބުރާސްފަތި ދުވަހުގެ 11:00 ގެ ކުރިން މޭލު ކުރުން އެދެމެވެ. މަޢުލޫމާތު ފުރިހަމަ ނުވާ އަދި މުއްދަތު ހަމަވުމުގެ ފަހުން، ރަޖިސްޓްރީ ވުމަށް ފޮނުވާ އީމޭލުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. 

ކުންފުނީގެ ނަން:

ބިޑު ހުށަހެޅުމަށް އަންނަ ފަރާތުގެ ނަން:

އީ-މޭލު:

ފޯނު ނަންބަރު:

ބީލަމުގައި ރަޖިސްޓްރީ ވުމަށާއި މަޢުލޫމާތު ސާފުކުރުމަށް [email protected] އަށް މޭލުކުރުން އެދެމެވެ. 

ވީމާ، މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2026 އޮކްޓޫބަރު 8 ވާ ބުރާސްފަތި ދުވަހުގެ 11:00 ގެ ކުރިން ބީލަމުގައި ރަޖިސްޓަރީ ވުމަށްފަހު، 2026 އޮކްޓޫބަރު 14 ވާ ބުދަ ދުވަހުގެ 11:00 އަށް މި އޮފީހަށް ޙާޟިރުވެ އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. ބީލަމާ ގުޅޭ މައުލޫމާތު ކަރުދާސްތައް މި އިޢުލާނާއެކު ހިމަނާފައިވާނެއެވެ. 

 

24 ރަބީޢުލްއާޚިރު 1448

 

05 އޮކްޓޫބަރު 2026