ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)393/393/2026/66
ޕަބްލިޝްކުރި ތާރީޚް: 05 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 13:46
ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޮނޑުދޮށުން ވެލިނެގުމާގުޅޭ

އިޢުލާން

ގޮނޑުދޮށުން ވެލިނެގުމާގުޅޭ

ކިނބިދޫ އަދި ކުޑަދޫ ކައިރިން ގޮނޑުދޮށުން ދޮންވެލި ނަގަމުންދާކަން ކައުންސިލަށް ވަނީ ފާހަގަކުރެވިފައެވެ. އަދި މިކަމާ ގުޅިގެން އާންމު ރައްޔިތުންގެ ޝަކުވާތައްވެސް މި ކައުންސިލަށް ދަނީ ލިބެމުންނެވެ. މިކަމަކީ ރަށުގެ ގޮނޑުދޮށް ގިރުމާއި ރަށުގެ ނަލަކަން ގެއްލިގެންދާ ކަމަކަށް ވުމާއި އަދި ޤާނޫނީގޮތުން މަނާ ކަމަކަށް ވާތީ، ރަށުގެ ހޭޅިފަށުން ފެށިގެން 200 މީޓަރު (ދުއިސައްތަ މީޓަރު) ފަޅުތެރޭގެ ސަރަހައްދުން ވެލި ނުނެގުމަށް ހަނދުމަކޮށްދެމެވެ. އަދި މިކަމަށް ފިޔަވަޅު އެޅޭނެ ވާހަކަ ވެސް ދެންނެވީމެވެ.

24 ރަބީޢުލްއާޚިރު 1448

05 އޮކްޓޫބަރު 2026