ދިވެހިރާއްޖެ
މި ކޯޓުގެ ނަންބަރު (IUL)197-A2/197/2026/57 (29 ސެޕްޓެންބަރު 2026) އިއުލާނުން މި ކޯޓަށް މިހާރުގެ ސެޓްއަޕް އަށް އިތުރު ޑޯއެކްސެސް ކޮންޓްރޯލް ސިސްޓަމް ސަޕްލައިކޮށް އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ޢިޢުލާނުގެ މަޢުލޫމާތު ކަރުދާހުގައި ހޯދުމަށް ބޭނުންވާ ޚިދުމަތުގެ މިނިމަމް ސްޕެސިފިކޭޝަން އަށް ބަދަލު އައިސްފައިވާތީ އެ އިޢުލާނު ބާޠިލުކުރުމަށްފަހު އަލުން އިޢުލާނު ކުރަމެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 15 އޮކްޓޫބަރު 2026 ވާ ބުރާސްފަތި ދުވަހު 11:00 އަށް މިކޯޓަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަންދާސީހިސާބު ހުށައަޅަން ބޭނުންވާ ފަރާތްތަކުން ރަޖިސްޓްރީ ވުމުގެ އެންމެފަހު ތާރީޚަކީ 15 އޮކްޓޫބަރު 2026 ވަނަ ދުވަހުގެ 10:00 ގެ ކުރިންނެވެ. ރަޖިސްޓްރީ ވުމަށްޓަކައި އީމެއިލް: [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. ރަޖިސްޓްރީ ނުވާފަރާތްތަކަށް ބިޑުހުށައެޅުމުގެ ފުރުޞަތު ދެވެން ނެތްވާހަކަ ދަންނަވަމެވެ.