ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)203-HRFS/1/2026/29
ޕަބްލިޝްކުރި ތާރީޚް: 05 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 10:25
ސުންގަޑި: 13 އޮކްޓޫބަރު 2026 12:30
އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
ސީނިއަރ އެންވަޔަރަންމަންޓަލް ކޮމްޕްލަޔަންސް އޮފިސަރ

މަޤާމު:

ސީނިއަރ އެންވަޔަރަންމަންޓަލް ކޮމްޕްލަޔަންސް އޮފިސަރ

މަޤާމުގެ ނަންބަރު:

J-462961

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ރޭންކް 7 – ސްޓެޕް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ކޮމްޕްލައެންސް ޔުނިޓް / އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ

މުސާރަ:

-/9845 ރުފިޔާ

މަޤާމުގެ އެލަވަންސް:

-/4595 ރުފިޔާ

އެހެނިހެން އެލަވަންސް:

  • ހާޒިރީ ޢިނާޔަތް - ހާޒިރުވާ ދުވަހަކަށް -/125 ރުފިޔާ
  • ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  • ދައުލަތުގެ ޕޭ ފްރޭމްވާކް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

 

 

 

 

 

 

 

 

 

  1. އީ.އައި.އޭ ސްކޯޕިން މީޓިންތަކުގައި އަމަލީގޮތުން ބައިވެރިވުމާއި، އީ.އައި.އޭ ރިޕޯޓް އިވެލުއޭޓްކުރުމާއި އީ.އައި.އޭ މޮނިޓަރިން އަދި ސަރވައިލަންސް މަސައްކަތުގައި އެހީތެރިވުން.
  2. އީ.އައި.އޭ ރިޕޯޓްތައް އިވެލުއޭޓް ކުރުމަށްފަހު އިވެލުއޭޓަރުންގެ ފަރާތުންލިބޭ މަޢުލޫމާތު އިތުރަށް އެސެސްކޮށް ރިޕޯޓާއިމެދު ގޮތެއްނިންމުމަށް ކަމާބެހޭ ފަރާތްތަކާ ވިލަރެސްކުރުން
  3. ކޮންސަލްޓަންޓުންނާއި، ރިޕޯޓް ވަޒަންކުރައްވާ ފަރާތްތަކާއި، މަޝްރޫއުހިންގާ ފަރާތްތަކާއި، ސަރުކާރުގެ އިދާރާތަކާއިއެކު ވިލަރެސްކުރުން
  4. ތިމާވެއްޓާބެހޭ ކަންކަމުގައި އީ.އާރ.އޭގެ ފަރާތުން ދޭންޖެހޭ ފަންނީ ލަފާދިނުން
  5. ތިމާވެއްޓާއިބެހޭ ޤާނޫނާއި ޤަވާއިދާއި ޚިލާފްވާ ފަރާތްތަކާއިމެދު ފިޔަވަޅު އެޅުމާއި އެކަމާއި ބެހޭގޮތުން ލިޔަންޖެހޭ ރިޕޯރޓްތައް ހެދުމާއި، އާއްމުންގެ ޝަކުވާ ތަކަށް ޖަވާބުދާރީވުން
  6. އީ.ސީ.އޭ އަދި އީ.އާރްއޭ ތަމްސީލު ކުރުމުގެ ގޮތުން ޤައުމީ ފެންވަރުގަޔާއި ބައިނަލްޢަގްވާމީ ފެންވަރުގެ މީޓިން، ސެމިނާރ އަދި ވޯކްސޮޕްގައި ބައިވެރިވުން
  7. އީ.އައި.އޭ ރިޕޯޓްތައް އިވެލުއޭޓް ކުރުމަށްފަހު އިވެލުއޭޓަރުންގެ ފަރާތުން ލިބޭ މައުލޫމާތު އެސެސްކުރުން
  8. މޮނިޓަރިންގ ރިޕޯޓުތައް ރިވިއުކޮށް މަޝްރޫއުއަށް ބަދަލެއް ގެންނަންޖެހޭތޯ ބަލާ އެންގުން
  9. ދިވެހިރާއްޖޭގެ ރަށްރަށާއި ފަޅުގެ ސަރަހައްދު ހިއްކުމާއި، ފުންކުރުމާއި ބެހޭ ގަވާއިދު ތަންފީޒުކުރުމަށް އެގަވާއިދުގެ ދަށުން ދޫކުރަންޖެހޭ ހުއްދަތައް އީ.އައި.އޭ ރިޕޯޓްގައިވާ މައުލޫމާތު އެސެސްކުރުމަށްފަހު ދޫކުރުން
  10. ސްކޯޕިންގ މީޓިންގ ތަކުގައި ބައިވެރިވެ މަޝްރޫއުތަކުގެ އީ.އައި.އޭ ހެދުމަށް ޓާރމްސް އޮފް ރެފަރެންސް ތައްޔާރުކުރުން އީ.އައި.އޭ އިންސްޕެކްޝަން ހެދުމަށް މަޝްރޫއުތައް ހިންގާ ސަރަހައްދުތަކަށްގޮސް ފީލްޑް ޑޭޓާނަގައި ޓެކްނިކަލް ރިޕޯޓްތައް ތައްޔާރުކުރުން
  11. އީ.އައި.އޭ އިންސްޕެކްޝަން ހެދުމަށް މަޝްރޫއުތައް ހިންގާ ސަރަހައްދުތަކަށްގޮސް ފީލްޑް ޑޭޓާނަގައި ޓެކްނިކަލް ރިޕޯޓްތައް ތައްޔާރުކުރުން
  12. މަޝްރޫއުތައް ސްކްރީން ކުރުމަށް ހުށަހަޅާ އީ.އައި.އޭ ސްކްރީނިންގ ފޯމްތައް އެސެސްކުރުން
  13. ތިމާވެއްޓާއި ގުޅޭގޮތުން ހުށަހަޅާ މައްސަލަތައް ބެލުމަށް އެސަރަހައްދުތަކަށްގޮސް ބަލައި އެއާއި ގުޅޭ ޓެކްނިކަލް ރިޕޯޓް ތައްޔާރުކުރުން
  14. މީގެ އިތުރުންވެސް، ދިވެހިރާއްޖޭގެ ވަޒީފާއާއިބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސް ޤަވައިދާ އެއްގޮތްވާގޮތުގެ މަތިން އޮފީހުން އަންގާ ރަސްމީ މަސައްކަތްތައް ކުރުން.

މަޤާމުގެ ޝަރުޠުތައް:

  1.  
  2. މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ޑިގްރީއެއް ނުވަތަ ބެޗްލާރސް އޮނާރސް ޑިގްރީ ހާސިލުކޮށްފައިވުން.
  3.  

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

  1. އެޓްމޮސްފިއަރިކް ކެމިސްޓްރީ 
  2. އެޓްމޮސްފެރިކް ސައިންސް 
  3. ބަޔޯޑައިވާސިޓީ 
  4. ކެމިކަލް އިންޖިނިއަރިންގ 
  5. ކޯސްޓަލް އިންޖިނިއަރިންގ 
  6. ކޯސްޓަލް ޒޯން މެނޭޖްމަންޓް 
  7. އެނަރޖީ 
  8. އެނަރޖީ މެނޭޖްމަންޓް 
  9. އެނަރޖީ ޕޮލިސީ 
  10. އެންވަޔަރަންމަންޓަލް ކެމިސްޓްރީ 
  11. އެންވަޔަރަންމަންޓަލް ކޮންޒަރވޭޝަން 
  12. އެންވަޔަރަންމަންޓަލް އިކޮނޮމިކްސް 
  13. އެންވަޔަރަންމަންޓަލް މެނޭޖްމަންޓް 
  14. އެންވަޔަރަންމަންޓަލް ޕޮލިސީ 
  15. އެންވަޔަރަންމަންޓަލް ސައިންސް 
  16. ޖިއޯމެޓިކްސް 
  17. ޖިއޯ ސްޕޭޝަލް ސައިންސް 
  18. އިންފޮމޭޝަން ރިސޯސް މެނޭޖްމަންޓް 
  19. އިންޓަނޭޝަނަލް ރިލޭޝަންސް 
  20. މެރީން ބަޔޮލޮޖީ 
  21. މެރިން ކެމިސްޓްރީ 
  22. މެރިން އިކޮނޮމިކްސް 
  23. މެރީން ސައިންސް 
  24. މެރިން ސަރވޭ 
  25. މެރިން ޓެކްނޮލޮޖީ 
  26. މައިކްރޯބަޔޮލޮޖީ 
  27. ނެޗުރަލް ރިސޯސް މެނޭޖްމަންޓް 
  28. ޕްރޮޖެކްޓް މެނޭޖްމަންޓް 
  29. ކުއަންޓިޓީ ސަރވެއިންގ 
  30. ސްޕޭޝަލް ސައިންސް 
  31. ސްޓެޓިސްޓިކްސް 
  32. އަރބަން ޕްލޭނިންގ 
  33. ވޭސްޓް މެނޭޖްމަންޓް 
  34. ވޯޓަރ އެންޑް ސެނިޓޭޝަން 
  35. ވޯޓަރ ކެމިސްްޓްރީ 
  36. ވޯޓަރ އިންޖިނިއަރިންގ 
  37. ވޯޓަރ ރިސޯސަސް މެނޭޖްމަންޓް 
  38. ވޯޓަރ ސައިންސް 
  39. ވޯޓަރ ސަޕްލައި އިންޖީނިއަރިންގ 
  40. ވޯޓަރ ޓެކްނޮލޮޖީ 

ގުޅޭ ވަޒީފާގެ ދާއިރާތައް:

  1. ތިމާވެށްޓާގުޅުންހުރި ތަޙުލީލުތަކާއި ދިރާސާތައް ކުރުމުގެ މަސައްކަތްތައް
  2. ތިމާވެށްޓާގުޅުންހުރި މަޝްރޫޢުތަކުގެ ފަންނީ މަސައްކަތްތައް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2023/51/Annex%202%20-%20Application%20form1pnd4eve.a2u.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2023 (ދެވަނަ އިސްލާހު)ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2026އޮކްޓޫބަރު 13 ވާ އަންގާރަ ދުވަހުގެ 12:30ގެ ކުރިން، އެންވަޔަރަމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް [email protected] އީ-މެއިލް މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް:  އެޕްލިކޭޝަނާއެކު ހުރިހާ ޑޮކިއުމަންޓެއް އެއްފައިލަކަށް ޕީ.ޑީ.އެފްކުރުމަށްފަހު އީ-މެއިލް ކުރުމަށް ދަންނަވަމެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭ 10 ފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު،އެސެސްމަންޓް  އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާނު އޮންނާނީ 2026 އޮކްޓޫބަރު 14 އާއި 2026 ނޮވެމްބަރު 16 އާ ދެމެދު އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ ގައެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އޮތޯރިޓީގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އޮތޯރިޓީއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3335949، 3038833 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލްސަރވިސްކޮމިޝަނުގެ ވެބްސައިޓްގެޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ"  https://www.csc.gov.mv/Policy/Index/51)  ) އިން ލިބެން ހުންނާނެއެވެ.

 

05 އޮކްޓޫބަރު 2026