ދެންނެވުން
ނަންބަރު: (IUL)13-K1/13/2016/9
ޕަބްލިޝްކުރި ތާރީޚް: 23 ފެބުރުވަރީ 2016
ޕަބްލިޝްކުރި ގަޑި: 16:03
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
ސަޕްލަޔަރުން ރަޖިސްޓަރީ ކުރުމުގެ ދަޢުވަތު

 

ސަޕްލަޔަރުން ރަޖިސްޓަރީކުރުމުގެ ދަޢުވަތު

ދިވެހިރާއްޖޭގެ މާލިއްޔަތު ގަވާއިދުގެ ބާބު 15 ގެ 27 ވަނަ މާއްދާގައިވާ ގޮތުގެ މަތިން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގައި ދިވެހިރާއްޖޭގައި ޤާއިމުވެފައި ތިބި ސަޕްލަޔަރުންގެ ރަޖިސްޓަރީ ބެލެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. ވީމާ، ތިރީގައިވާ ތަކެތި/ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތައް ވަކިވަކިން މިމިނިސްޓްރީގެ ޕަބްލިކް ޕްރޮކިއުމަންޓް ޑިވިޜަނުގައި ރަޖިސްޓަރީ ކުރުމުގެ ފުރުޞަތު ހުޅުވާލަމެވެ.

  • އައިޓީއާ ގުޅޭ ގޮތުން ހޯދޭ ހާޑްވެއަރ ސަޕްލައިކުރާ ފަރާތްތައް
  • ޕްލާންޓް، މެޝިނަރީއާއި އިކްވިޕްމަންޓްސް ސަޕްލައިކުރާ ފަރާތްތައް
  • ކައްކައި ކާންދިނުމުގެ ޚިދުމަތްދޭ ފަރާތްތައް

ސަޕްލަޔަރުން ރަޖިސްޓަރީވުމަށް ބޭނުންވާނެ މައިގަނޑު ލިޔުންތަކަކީ؛

  • ކޮމްޕެނީ/ ބިޒްނަސް ރެޖިސްޓްރޭޝަން ސެޓުފިކެޓު
  • ކުންފުންޏެއްނަމަ، ފައިނޭންޝިއަލް ސްޓޭޓްމަންޓް (އޮޑިޓް ރިޕޯޓާއެކު)
  • ލޯކަލް އިންވެސްޓްމަންޓް/ ވިޔަފާރިތަކުގައި، ޕްރޮފިޓް އެންޑް ލޮސް ސްޓޭޓްމަންޓް، ބެލެންސް ޝީޓް އަދި ބޭންކް ސްޓޭޓްމަންޓް
  • ޖީ.އެސްޓީ.އަށް ރަޖިސްޓަރ ކޮށްފައިވާކަމުގެ ސެޓުފިކެޓު
  • އިމްޕޯޓް މުދާ ގަނެ ވިއްކުމުގެ ހުއްދަ
  • ސަޕްލައިކުރާ ފަރާތުގެ ޕްރޮފައިލް
  • ސަޕްލައިކުރާ ތަކެތީގެ ކެޓަލޮގު

ސަޕްލަޔަރުން ރަޖިސްޓަރީވުމަށްޓަކައި ހުށަހަޅަންޖެހޭ ފޯމު މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv  އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

އަދި މިކަމާބެހޭ އިތުރު މަޢުލޫމާތު ހޯދުމަށް ތިރީގައިވާ ނަންބަރަށް ގުޅުއްވާ ނުވަތަ އެޑްރެހަށް ލިޔުއްވުން އެދެމެވެ.

ޕަބްލިކް ޕްރޮކިއުމަންޓް ޑިވިޜަން

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ

އަމީނީމަގު،

މާލެ،  ދިވެހިރާއްޖެ.

ޓެލެފޯން: 3349106 ،3349115

ފެކްސް: 3320706 ،3324432،

އީމެއިލް އެޑްރެސް: [email protected]

24 ފެބުރުވަރީ 2016

23 ފެބުރުވަރީ 2016