ދިވެހިރާއްޖެ
ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ޑިސްއެބިލިޓީ އަދި އެކްސެސިބިލިޓީ އިންކުލޫޝަންއާ ގުޅޭ ޕޮލިސީތަކެއް ހެދުމުގެ މަސައްކަތްތައް ކުރުމަށް ލޯކަލް ކޮންސަލްޓެންޓެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ގޮތުގެމަތިން ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.
|
ޕްރޮޕޯސަލް ހުށަހެޅުމަށް ރަޖިސްޓްރީ ކުރުން |
https://forms.office.com/r/Bx2mdhMvuj ޕްރޮޕޯސަލް ހުށަހެޅުމަށް ރަޖިސްޓަރީ ކުރަންވާނީ މަތީގައިވާ ލިންކް މެދުވެރިކޮށް ،10 އޮކްޓޯބަރ 2026 ވާ ހޮނިހިރު ދުވަހުގެ 23:59 ގެ ކުރިންނެވެ. ނޯޓް: މިއިޢުލާނާއެކު މަޢުލޫމާތު ކަރުދާސް އެއްއުރަ ކުރެވިފައި އެވަނީއެވެ. |
|
ޕްރޮޕޯސަލާ ގުޅޭގޮތުން ސުވާލު ފޮނުވުން
|
މި މަސައްކަތާ ގުޅިގެން މަޢުލޫމާތު ސެޝަނެއް ބޭއްވުމަށް ހަމަޖެހިފައިނުވެއެވެ. ނަމަވެސް، ޕްރޮޕޯސަލާ ގުޅޭ ގޮތުން އެއްވެސް ސުވާލެއް އޮތްނަމަ، 10 އޮކްޓޯބަރ 2026 ވާ ހޮނިހިރު ދުވަހުގެ 23:59 ގެ ކުރިން [email protected] އަށް އީމެއިލް ކުރުމުން، 11 އޮކްޓޯބަރ 2026 ވާ އާދީއްތަ ދުވަހުގެ 23:59 ގެ ކުރިން، ޕްރޮޕޯސަލް ހުށަހެޅުމަށް ރަޖިސްޓްރީކޮށްފައިވާ ހުރިހާ ފަރާތްތަކަށް ޖަވާބު ފޮނުވޭނެއެވެ. |
|
ޕްރޮޕޯސަލް ހުށަހެޅުމާއި ހުޅުވަންވީ ތަނާއި ސުންގަޑި
|
18 އޮކްޓޯބަރ 2026 ވާ އާދީއްތަ ދުވަހުގެ 10:30 ގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި. ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ މަތީގައި ބަޔާން ކޮށްފައިވާ ލިންކް މެދުވެރިކޮށް ޕްރޮޕޯސަލް ހުށަހެޅުމަށް ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. ޕްރޮޕޯސަލް ހުޅުވުމަށް ހަމަޖައްސާފައިވާ ތާރީޚަކީ އެއްވެސް ސަބަބަކާ ހުރެ ސަރުކާރުން ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައިފިނަމަ ޕްރޮޕޯސަލް ހުޅުވުން ދެން އޮންނާނީ ޖެހިގެން އަންނަ ރަސްމީ ދުވަހުގެ މަތީގައި ބަޔާންކޮށްފައިވާ ގަޑީގައެވެ. |