ދިވެހިރާއްޖެ
ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު
1. މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ ބެލުމުގެ ދަށުގައިވާ އެދުރުހިޔާ ފިހާރަ ކުއްޔަށް ދޫކުރުމަށް ބޭނުންވެއެވެ. ވީމާ، މި ފިހާރަ ކުއްޔަށް ހިފުމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުތު ފުރިހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
2. ޕްރޮޕޯސަލް ހުށަހަޅާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް އަދި ފިހާރަ ކުއްޔަށް ދޫކުރުމާގުޅޭ ތަފްސީލް ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތުގައި ބަޔާންކުރެވިފައިވާނެއެވެ.
3. ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަށް ރަޖިސްޓްރީ ކުރުމަށް 2026 އޮކްޓޫބަރު 04 ން 2026 އޮކްޓޫބަރު 10 ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް "ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ޕްރޮޕޯސަލް ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
4. މި ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތާ ގުޅޭގޮތުން ސައިޓް އިންސްޕެކްޝަން ކުރިއަށްދާނީ 2026 އޮކްޓޫބަރު 11 ވާ އާދިއްތަ ދުވަހުގެ 13:00 ގައި އެދުރުހިޔާ، މާލެގައެވެ.
ޕްރޮޕޯސަލް ހުށަހެޅުމަށް ރަޖިސްޓްރީކުރާ ފޯމްގެ ލިންކު: https://forms.moe.gov.mv/
5. މި ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2026 އޮކްޓޫބަރު 12 ވަނަ ދުވަހުގެ ކުރިން މި އިޢުލާންގެ 7 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
6. ޕްރޮޕޯސަލް ހުށަހެޅުން އޮންނާނީ 2026 އޮކްޓޫބަރު 14 ވަނަ ދުވަހުގެ 11:00 ގައި (ވެލާނާގެ 09 ވަނަ ފަންގިފިލާ) މީޓިންގ ރޫމް 03 ގައެވެ.
7. ޕްރޮޕޯސަލްއާއެކު ބިޑް ސެކިއުރިޓީގެ ގޮތުގައި 50,000/-ރ. (ފަންސާސްހާސް ދިވެހިރުފިޔާ) ހުށަހަޅަންވާނެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ޕްރޮޕޯސަލް ހުޅުވާ ތާރީހުން ފެށިގެން 60 ދުވަހެވެ. ބިޑް ސެކިއުރިޓީ ހުށަހަޅަންޖެހޭ ގޮތް ބީލަން ފޮތުގައި ބަޔާންކޮށްފައިވާނެއެވެ.
8. މި ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތާއިގުޅޭ އެންމެހައި ލިޔެކިޔުންތައް ސޮފްޓްކޮޕީ ފޯރމެޓުގައި މިއިއުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓް www.moe.gov.mv އިން 2026 އޮކްޓޫބަރު 04 ވަނަ ދުވަހުން ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތައް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ޕްރޮޕޯސަލް ހުށައަޅާ ފަރާތުގެ ޒިންމާއެކެވެ.
9. މި ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތާ ގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ޕްރޮކިއުމަންޓް ސެކްޝަން
މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް
ވެލާނާގެ، 9 ވަނަ ފަންގިފިލާ
އަމީރު އަޙްމަދު މަގު، މާލެ، ދިވެހިރާއްޖެ.
ފޯން:3041244,3041242
އީ-މެއިލް: [email protected]
ރަޖިސްޓްރޭޝަން ފޯމްގެ ލިންކު: https://forms.moe.gov.mv/