ދިވެހިރާއްޖެ
ކާވެނި ކޮށްދިނުމަށް އެދި ހުށައަޅާ ފޯމާއެކު ތެލެސީމިއާ ކާޑު ހުށައަޅަންޖެހޭކަން އެންގުން
2026 އޮކްޓޯބަރ 1 ވަނަ ދުވަހުން ފެށިގެން ޢަމަލުކުރަން ފެށުމަށް ހަމަޖެހިފައިވާ ޤަވާޢިދު ނަންބަރު 2026/R-60 'މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދު' ގެ 83 ވަނަ މާއްދާގައި ވާގޮތުން ކައިވެނިކުރުމަށް އެދި ހުށައަޅާއިރު، ކައިވެނި ކުރަން އެދޭ ދެމީހުން ތެލެސީމިއާއަށް ޓެސްޓްކޮށް، އޭގެ ނަތީޖާ (ތެލެސީމިއާ ކާޑު) ހުށައަޅަންވާނެކަން ބަޔާން ކޮށްފައިވާތީ، 2026 އޮކްޓޯބަރ 1 އިން ފެށިގެން މި ކޯޓުން ކާވެނިކޮށް ދިނުމަށް ހުށައަޅާ ފޯމާއެކު ތެލެސީމިއާ ކާޑު ހުށައަޅަން ޖެހޭނެ ކަމުގައި ދަންނަވަމެވެ.
ނަމަވެސް ކައިވެނިކުރަން އެދޭ ދެމީހުން ކުރެ އެކެއްގެ ކިބައިގައި ތެލެސީމިއާ ވާރުތަކުރާގޮތް ނެތްނަމަ، ކައިވެނިކުރަން އެދޭ ދެވަނަ މީހާގެ ތެލެސީމިއާ ޓެސްޓްގެ ނަތީޖާ ހުށަހެޅުން ލާޒިމު ނުވާނެ ކަމުގައިވެސް ދަންނަވަމެވެ
މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
20 ރަބީޢުލްއާޚިރު 1448
10 އޮކްޓޯބަރ 2026