ދިވެހިރާއްޖެ
އިޢުލާން
އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫއިން ދިރިއުޅުމަށްޓަކައި ދޫކުރާ ބަންޑާރަ ގޯއްޗަށް އެދޭ ފޯމް އިސްލާހުކޮށް އަލުން ފޯމް ދޫކުރުމާއި ގުޅޭ
މިކައުންސިލްގެ ނަންބަރު: (IUL)-343/343/2026/62 އިޢުލާންއާއެކު ގެޒެޓްކުރެވިފައިވާ "ދިރިއުޅުމަށްޓަކައި ދޫކުރާ ބަންޑާރަ ގޯއްޗަށް އެދޭ ފޯމް" ގައި ބައެއް މައްސަލަތައް ފާހަގަކުރެވިފައިވާތީ، ފޯމް އިސްލާހްކޮށް މިއިއުލާންއާއެކު އެއްކަރުދާސް ކުރެވިފައިއެވަނީއެވެ.
ފޯމް ދޫކުރުން:
ފޯމް ދޫކުރާނީ: މިއިދާރާގެ ކައުންޓަރުންނެވެ. އަދި ދިވެހި ސަރުކާރުގެ ގެޒެޓްއިން ވެސް ފޯމް ޑައުންލޯޑް ކުރެވޭނެއެވެ.
އިދާރާގެ ކައުންޓަރުން ދޫކުރާ ފޯމްތައް ދޫކުރެވޭނީ ފޯމެއް -/25 ރުފިޔާގެ މަގުންނެވެ.
ފޯމް ދޫކުރަންފަށާ ތާރީޚް: 04 އޮކްޓޫބަރު 2026
ވަގުތު: ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 13:00 – 14:00
ފޯމް ބަލައިގަތުން
ފޯމް ބަލައިގަންނާނީ: އއ.ބޮޑުފޮޅުދޫ ކައުންސިލްގެ އިދާރާ
ފޯމް ބަލައިގަތުން އޮންނާނީ: 01 އޮކްޓޫބަރު 2026 ވާ އާދިއްތަ ދުވަހުން ފެށިގެން 01 ނޮވެމްބަރު 2026 ވާ އާދިއްތަ ދުވަހުގެ 14:00 އަށެވެ.
ވަގުތު: ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 13:00 – 14:00
01 އޮކްޓޫބަރ 2026