ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)308/2026/46
ޕަބްލިޝްކުރި ތާރީޚް: 01 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 19:49
ސުންގަޑި: 08 އޮކްޓޫބަރު 2026 13:00
މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލްގެ އިދާރާއަށް ބޭނުންވާ ތަކެތި ސަޕްލައިކުރުން

ޕްރޮޖެކްޓް ނަންބަރު PC/308/2026/11

މިދަންނަވާ ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

#

ތަކެތި

ޚާއްޞަ ސިފަތައް

ބޭނުންވާ ޢަދަދު

1

35000 ބީޓީޔޫގެ އެއަރ ކަންޑިޝަނަރ

-

1

2

މައިކް ސްޓޭންޑް

-

2

3

ލައުޑް ސްޕީކަރ

-

6

4

މަލްޓި-ޕާފަސް ކަލަރ ޕްރިންޓަރ، އޭ5 – އޭ3،

ކެނޮން

2

5

އޮޓޯ ދޮންނަ މެޝިން

-

1

6

ކޮމްޕިއުޓަރ ސިސްޓަމް، މިނީ ޕީސީ

I5, 16gb ram, 256gb ssd, 24 inch monitor, genuine windows activated

5

7

ލެޕްޓޮޕް

I5, 16gb ram, 256gb ssd, 15 inch, genuine windows activated

5

8

ޕްލާސްޓިކް ގޮނޑި

ހުދުކުލަ

20

ރަޖިސްޓްރީކުރުން

2026 އޮކްޓޫބަރު 07 ވާ ބުދަ ދުވަހުގެ 13:00ގެ ކުރިން ބިޑް ރަޖިސްޓްރީކުރަންވާނެއެވެ. ބިޑް ރަޖިސްޓްރީ ފޯމުގެ ލިންކް ތިރީގައި އެވަނީއެވެ.

ކައުންސިލްގެ އިދާރާއަށް ބޭނުންވާ ތަކެތި ސަޕްލައިކުރުމުގެ ބިޑުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް

ބިޑް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ ބިޑް ބަލައިނުގަންނާނެ ވާހަކަ ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރުން

މި މަސައްކަތާއި ގުޅޭގޮތުން މަޢުލޫމާތު ސާފުކުރުމަށް އީ-މެއިލް ކުރައްވާނީ 2026 އޮކްޓޫބަރު 07 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައި ދަންނަވާފައިވާ އެޑްރެހަށެވެ. އީމެއިލްކުރައްވާއިރު ސަބްޖެކްޓްގައި އިޢުލާނު ނަންބަރާއި ބީލަމުގެ ނަން ލިޔަންވާނެއެވެ.

އީމެއިލް އެޑްރެސް:  [email protected]

ކޮޕީ:  [email protected]

އަންދާސީ ހިސާބު ހުށަހެޅުމުގެ ސުންގަނޑި އާއި ހުށަހަޅާނެގޮތް

  • ·         2026 އޮކްޓޫބަރު 08 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް.
  • އަންދާސީ ހިސާބު ހުށަހަޅާނީ މިއިދާރާއަށް ވަޑައިގެންނެވެ.
  • އަންދާސީ  ހިސާބު ހުޅުވުން އޮންނާނީ އަންދާސީ ހިސާބު ހުށަހަޅާ ދުވަހު އަންދާސީ ހިސާބު ހުށަހަޅާ ގަޑީގައެވެ.

އަގު ހުށަހަޅަންވީ ގޮތް:

-          އަގު ހުށަހަޅަންވާނީ ދިވެހި ރުފިޔާއިންނެވެ.

-          ބީލަން ހުށަހަޅަންވާނީ މިކައުންސިލުން ތައްޔާރުކޮށްފައިވާ ބީލަން ފޯމުންނެވެ.

-          އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައިއެވެ.

-          ސިޓީއުރައިގައި ބަންދުކުރެވިފައިވާ ލިޔެކިޔުން ފިޔަވާ އެހެން ލިޔުމެއް ފަހުން ބަލައެއް ނުގަނެވޭނެއެވެ. އަދި ބަންދުކުރެވިފައިވާ ސިޓީއުރައިގެ ބޭރުގައި އިޢުލާން ނަންބަރު އަދި ތިރީގައިވާގޮތަށް އެޑްރެސްކުރެވިފައި އޮންނަންވާނެއެވެ.

"ކައުންސިލްގެ އިދާރާއަށް ބޭނުންވާ ތަކެތި ސަޕްލައިކުރުން"

މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ

ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް:

-          ވިޔަފާރީގެ މުއްދަތު ހަމަނުވާ ރަޖިސްޓްރީގެ ކޮޕީ.

-          އަންދާސީ ހިސާބު ހުށަހަޅާ ފޯމް.

-          ޓެކްސް ކުލިއަރެންސް ރިޕޯޓް.

ޕޮއިންޓް ދެވޭގޮތުގެ ތަފްސީލު:

  1. ޕޮއިންޓް ދިނުމުގައި ބަލާ މިންގަނޑު ތަކަކަކީ :

-          އަގު %80

-          ތަޖުރިބާ

-          މުއްދަތު

  1. ބިޑް އިވެލުއޭޓްކުރުމުގައި އަގުގެ ބެންޗްމާކުގެ ގޮތުގައި ބަލާނީ ހުށަހަޅާފައިވާ އެންމެ ކުޑައަގެވެ.
  2. ތަޖުރިބާއަށް ޕޮއިންޓް ދިނުމުގައި ބަލާނީ ފާއިތުވި 2 އަހަރު ކޮށްފައިވާ މިފަދަ މަސައްކަތްތަކުގެ ލިޔުމަށެވެ.
  3. ބިޑް އިވެލުވޭޓްކުރުމުގައި މުއްދަތުގެ ބެންޗްމާކުގެ ގޮތުގައި ބަލާނީ ހުށަހަޅާފައިވާ އެންމެ ކުރު މުއްދަތެވެ.
  4. ބިޑް އިވެލުއޭޓް ކުރާނީ މިއިދާރާގެ ބިޑް އިވެލުއޭޝަން ކޮމިޓީންނެވެ.
  5. ބިޑް އިވެލުއޭޝަން ކޮމިޓީން އިވެލުއޭޓްކުރުމަށް ފަހު، ބިޑުތައް ކާމިޔާބު ކުރެވުނު ފަރާތަށާއި ނުކުރެވުނު ފަރާތްތަކަށް އެންގޭނެއެވެ.
  6. ބިޑް އިވެލުއޭޝަނާއި ގުޅިގެން އެއްވެސް ޝަކުވާއެއް އޮތްނަމަ "ބީލަންވެރިޔާ މައްސަލަ ހުށަހަޅާ ފޯމް" ހުށަހެޅުމުން އެފަރާތަކަށް ޖަވާބުދެވޭނެއެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

01 އޮކްޓޫބަރު 2026