ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)221-LMI/221/2026/26
ޕަބްލިޝްކުރި ތާރީޚް: 01 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 16:42
ލޯކަލް ގަވަރންމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބު 2026 ބާއްވާނެ ތާރީޚް އިއުލާންކުރުން

އިޢުލާން ނަންބަރު: IUL)221-LMI/221/2026/26)

އިޢުލާން

ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް މި އޮތޯރިޓީގެ ނަންބަރު: (PR)221-BU/221/2026/8 (04 އޮގަސްޓް 2026) ނޫސް ބަޔާނުން ފަސްކޮށްފައިވާ އިންތިޚާބުބޭއްވުމާގުޅޭ

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 7/2010)ގެ 59 ވަނަ މާއްދާގެ (ކ) ގައިވާ ގޮތުގެ މަތިން ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑަށް، ރަށު ކައުންސިލަރުންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ 1 (އެކެއް) މެންބަރަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސުންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ 1 (އެކެއް) މެންބަރަކު ހޮވުމަށް ބާއްވާ އިންތިޚާބު، މި އޮތޯރިޓީގެ ނަންބަރު: (PR)221-BU/221/2026/8 (04 އޮގަސްޓް 2026) ނޫސް ބަޔާނުން ފަސްކޮށްފައިވާ އިންތިޚާބު 2026 އޮކްޓުބަރު 31 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

21 ޖުލައި 2026 ވަނަ ދުވަހު، ގުރުލެވިގެން ތަރުތީބު ކުރެވުނު ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑަށް ކައުންސިލަރުންގެ ތެރެއިން އިންތިޚާބުކުރާ މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބުގެ އުސޫލުގެ 11 ވަނަ މާއްދާގެ (ށ) ގައިވާ ގޮތަށް ތަރުތީބު ކުރުމަށްފަހު، އެ އުސޫލުގެ 11 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން މި އޮތޯރިޓީގެ ނަންބަރު: (IUL)221-LMI/221/2026/19 (19 ޖުލައި 2026) އިއުލާނުން އިއުލާންކޮށްފައިވާ، މި އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް ތިރީގައި އެވަނީއެވެ.

ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑަށް ރަށު ކައުންސިލަރުންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ މެންބަރުގެ މަޤާމަށް ވާދަކުރާ ކެންޑިޑޭޓުން

ކެންޑިޑޭޓް ނަންބަރު

ކެންޑިޑޭޓުގެ ފުރިހަމަ ނަމާއި ދާއިމީ އެޑްރެސް

ކައުންސިލް އަދި މަޤާމު

ނިސްބަތްވާ ޕާޓީ

1

ޢަލީ އަޙްމަދު، ޖަނަވަރީމާގެ / ފ. ނިލަންދޫ

ފ. ނިލަންދޫ ކައުންސިލްގެ ރައީސް

 

2

ޢަލީ ޡާފިރު، ޕޫލްވާރީ /  ނ. މަނަދޫ

ނ. މަނަދޫ ކައުންސިލްގެ ރައީސް

 

ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑަށް އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސުންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ މެންބަރުގެ މަޤާމަށް ވާދަކުރާ ކެންޑިޑޭޓުން

ކެންޑިޑޭޓް ނަންބަރު

ކެންޑިޑޭޓުގެ ފުރިހަމަ ނަމާއި ދާއިމީ އެޑްރެސް

ކައުންސިލް އަދި މަޤާމު

ނިސްބަތްވާ ޕާޓީ

1

މަރްޔަމް ނީނާ، ތުނޑި. ޖޭސްމީން / ލ. ގަން

ލ. ގަމު ކައުންސިލް އ.ތ.މ ކޮމިޓީގެ ރައީސް

 

2

މަރްޔަމް ޒީނާ، ޚިޔާރު / ށ. ފުނަދޫ

ށ. ފުނަދޫ ކައުންސިލް އ.ތ.މ ކޮމިޓީގެ ރައީސް

 

 

ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބުގެ ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ، 2026 އޮކްޓޫބަރު 31 ވާ ހޮނިހިރު ދުވަހުގެ ހެނދުނު10:00ން ހަވީރު 16:00 އަށެވެ. 

01 އޮކްޓޫބަރު 2026