ދިވެހިރާއްޖެ
މި ކައުންސިލުން ބަލަހައްޓަމުން ގެންދާ މާލެހިޔާ-1 ގެ ގުރައުންޑް ފުލޯގައި ޝަޓަރ ގޭޓް ލާފައި ހުރި ގުދަން ހުސްކުރުމަށް މި ކައުންސިލުގެ ނަންބަރު: (OTHR)425-A1425/2026/191 (12 ޖުލައި 2026) "ތަންހުސްކުރުމުގެ ނޯޓިސް" އިން އެންގުމުން އިޖާބަދީފައި ނުވާތީ މިކައުންސިލުގެ ނަންބަރު: 425-A1/425/2026/6 (23 ޖުލައި 2026) އިޢުލާނުން ގުދަން ހުސްކޮށް މި ކައުންސިލާ ޙަވާލުކުރުމަށް އެންގުމުންވެސް އިޖާބަދީފައެއް ނުވެއެވެ.
ވީމާ، މަތީގައި ބަޔާންކޮށްފައިވާ ގުދަނުގައި އެއްވެސް ފަރާތެއްގެ މުދަލެއް (ތަކެއްޗެއް) ހުރި ނަމަ 11 އޮކްޓޫބަރ 2026 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް މި ކައުންސިލްގެ ކަމާބެހޭ މުވައްޒަފުންގެ ޙާޟިރުގައި ތަކެތި ނަންގަވާ ގުދަން ހުސްކުރުމަށް އަންގަމެވެ. މި ތާރީޚުގެ ނިޔަލަށް ގުދަން ހުސްކޮށްފައި ނުވާނަމަ ގުދަނުގައި ނުގެންގޮސް ހުރި ތަކެއްޗަކީ ބޭނުން ނެތިގެން ދޫކޮށްލާފައި ހުރި ތަކެތި ކަމަށް ބަލާ މި ކައުންސިލުން ގުދަން ހުސްކޮށް ސާފުކޮށް އެތަކެތި ކުނީގެ ގޮތުގައި ބެލެވޭ ތަކެތި އުކާލުމާއި ބޭނުން ކުރެވޭ ފަދަ ތަކެތި ހުރިނަމަ އެފަދަ ތަކެތި ނީލަމުގައި ވިއްކާލެވޭނެކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.