ދިވެހިރާއްޖެ
އިޢުލާން
ދަނޑުބިމުގެ މަގުތައް ސާފުކުރުމުގެ މަސައްކަތް ކުރުމާއި ގުޅޭ
މި ކައުންސިލުން ދަނޑުވެރިކަން ކުރުމަށް ދޫކޮށްފައިވާ 5000 އަކަފޫޓްގެ ބިންތަކަށް ވަދެނުކުތުމަށް ކަނޑައަޅާފައިވާ މަގުތަކުގެ ތެރެއިން ބައެއް މަގުތައް ސާފުކޮށް މަގު އެއްވަރުކޮށް ހެދުމުގެ މަސައްކަތް މިކައުންސިލުން 30 ސެޕްޓެންބަރު 2026 ވަނަ ދުވަހުން ފެށިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާތީވެ، އެކަމާއި ގުޅިގެން ދަންނަވަމެވެ. ދަނޑުބިމުގެ މަގުތައް ހެދުމުގެ މަސައްކަތް ކުރަމުން ދާއިރު މިހާރު ދަނޑުބިމުގެ މަގަށް އަރާ އަލަކޯރުތަކުން މަގައް އަރާފައިވާ ހިސާބު ފޮރުވާލުމަށް ހަމަޖެހިފައިވާތީވެ އަލަކޯރުގެ މަގައް އަރާބައި ފެންސް ޖަހާ ވަކިކުރުމަކީ ކޯރުގެ ބާކީބަޔައް ލިބޭގެއްލުން ކުޑަވާނެ ކަމެއްކަމުގައި ފެންނާތީވެ އެކަން އެންމެހާ ފަރާތްތަކުގެ މަޢޫލޫމާތައްޓަކައި ދެންނެވީމެވެ. އަދި މަގުހަދަމުންދާއިރު ފޮރުވާލަންޖެހޭ އަލަކޯރުތަކުގެ މަގައްއަރައިގެން ފޮރުވާލަންޖެހޭ ބައި ފޮރުވާލުމުގެ މަސައްކަތުގެ ތެރެއިން އަލަކޯރަށް ލިބޭ ގެއްލުމުގެ ޒިންމާ މިކައުންސިލުން ނުނަގާނެ ވާހަކަ ދަންނަވަމެވެ.
ވީމާ މިކަން ޢާންމުކޮން އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.