ވަޒީފާގެ ފުރުޞަތު
ނަންބަރު: (ިIUL)451-HR/1/2016/1
ޕަބްލިޝްކުރި ތާރީޚް: 22 ފެބުރުވަރީ 2016
ޕަބްލިޝްކުރި ގަޑި: 09:11
ސުންގަޑި: 06 މާރިޗު 2016 00:00
ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

ވަޒީފާގެ ފުރުޞަތު

މަޤާމު:                     އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު:                01

ރޭންކް:                    ޖީއެސް.4

ކްލެސިފިކޭޝަން:               އޮފިސަރ ގްރޭޑް 2

މުސާރަ:                   -/5020 ރުފިޔާ

ސަރވިސް އެލަވަންސް:           -/1500 ރުފިޔާ

ވަޒީފާއޮތް އޮފީސް:             ނޭޝަނަލް އިންސްޓިޓިއުޓު އޮފް އެޑިޔުކޭޝަން

ގިންތި:                   ދާއިމީ

ވަޒީފާ އަދާކުރާ ތަނާއި ރަށް:       ނޭޝަނަލް އިންސްޓިޓިއުޓު އޮފް އެޑިޔުކޭޝަން/ މާލެ 

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ދުވަހުން ދުވަހަށް ޔައުމިއްޔާ ލިޔެ ކޮންމެ ދުވަހެއްގެ ޔައުމިއްޔާ ޖެހިގެން އަންނަ ދުވަހުގެ 00:14 ގެ ކުރިން އޮފީހުގެ އެޑްމިނިސްޓްރޭޝަން ޔުނިޓާ ޙަވާލުކުރުން ނުވަތަ އޮފީސް ހިންގަވަން އެ ވަގުތަކު ހުންނެވި ވެރިއެއްގެ އަރިއަހަށް ގެންދަވާ ސޮއިކުރުވުން.
  2. އިންސްޓިޓިއުޓުގެ ރިސެޕްޝަން ބެލެހެއްޓުމާއި އަންނަ ފޯނު ކޯލުތަކަށް ޖަވާބު ދިނުމާއި ކޯލްތައް ޕާސްކުރަންޖެހޭ ފަރާތްތަކަށް ޕާސްކުރުން.
  3. އިންސްޓިޓިއުޓަށް ލިބޭ ތަކެތި އެންޓްރީކޮށް ހަވާލުކުރަންޖެހޭ ފަރާތްތަކަށް ޙަވާލުކުރުން
  4. މި އިންސްޓިޓިއުޓަށް އެކިއެކި ކަންކަމުގައި އަންނަ މެހުމާނުންނަށް ދަތިނުވާނެ ގޮތަށް އެ މީހުންނަށް އެހީތެރިވެވޭނެ ގޮތަށް މެހުމާނުންނަށް ކަންތައްތައް ހަމަޖެއްސެވުން.
  5. ޔައުމިއްޔާތައް ގަވާއިދުން ނަންބަރު ޖަހައި އަހަރު ނިމުމުން ބައިންޑުކޮށް ރައްކާތެރިކަމާއެކު ބެލެހެއްޓުން.
  6. އެޗް.އާރް ގެ މަސައްކަތްތަކުގައި އެހީތެރިކަން ދިނުން.
  7. ރަސްމީ އަދި ނުރަސްމީގަޑީގައި އޮފީސް ހުޅުވައި ލެއްޕުން.
  8. ސެކްޝަންގެ މަސައްކަތުގައި އެހެން މުވައްޒަފުންނަށް އެހީތެރިވުން.
  9. ހަވާލުކުރެވިފައިވާ މަސައްކަތްތަކަށް ފަރުވާތެރިވެ ޒިންމާދާރުވެ ކަންތައްތައް އަމިއްލައަށް އިސްނަގައިގެން ކުރުމަށް ޝައުޤުވެރިވުން.
  10. އެކުގައި މަސައްކަތްކުރާ މުވައްޒަފުންގެ މެދުގައި އެއްބައިވަންތަކަމާއި އެކުވެރިކަމުގެ ރޫޙު ޤާއިމު ކުރުމަށް މަސައްކަތްކޮށް އިންސްޓިޓިއުޓަށް އެންމެ ފައިދާ ހުރި ގޮތަކަށް މަސައްކަތް ރާވައިގެން ކުރުން.
  11. މި އިންސްޓިޓިއުޓުގެ އިމޭޖް ރަނގަޅުގޮތުގައި ހިފެހެއްޓުމަށާއި އިމޭޖް އިތުރަށް ރަނގަޅުކުރުމަށް އެހީތެރިވެދީ އިންސްޓިޓިއުޓުގެ ސިއްރު ހިފެހެއްޓުން
  12. ދިވެހި ސިވިލް ސަރވިސްގެ ވެބްސައިޓް ބައްލަވައި ސަރކިޔުލަރތަކަށް ޢަމަލު ކުރުން.

ޝަރުޠު:

  1. މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
  2. މަތީސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފަޢިވުމާއެކު އޭގެ އިތުރުން ހަޔަރ ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ފާސް ލިބިފައިވުން. ނުވަތަ
  3. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

ހ. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން  

ށ- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް ކުރާ އިންޓަރވިއު އިން

ރ. ސިވިލްސަރވިސްގެ މުވައްޒަފުންގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ސިވިލްސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތައް ފުރިހަމަކޮށް ހުށަހަޅާ ސެޓުފިކެޓުތައްވެސް (އެކްރެޑިޓްކޮށްފައި ނުވިނަމަވެސް) އަސާސީ ޝަރުޠު ފުރިހަމަ ކުރުމުގައި ބެލެވޭނެއެވެ.

މަޤާމް:                     ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު:                01

ރޭންކް:                    އެމްއެސް 2

ކްލެސިފިކޭޝަން:               ސީނިއަރ އޮފިސަރ ގްރޭޑް 2

މުސާރަ:                   -/6295 ރުފިޔާ

ސަރވިސް އެލަވަންސް:           -/2000 ރުފިޔާ

ވަޒީފާއޮތް އޮފީސް:              ނޭޝަނަލް އިންސްޓިޓިއުޓު އޮފް އެޑިޔުކޭޝަން

ގިންތި:                    ދާއިމީ

ވަޒީފާ އަދާކުރާ ތަނާއި ރަށް :       ނޭޝަނަލް އިންސްޓިޓިއުޓު އޮފް އެޑިޔުކޭޝަން/ މާލެ 

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1- ޑިރެކްޓަރ ޖެނެރަލްގެ ބިއުރޯގެ އެންމެހައި އިދާރީ މަސައްކަތްތައް ކުރުން.

2- އެސް.އެމް.ޓީ އަދި އެކްސްކޯ ބައްދަލުވުންތައް އިންތިޒާމުކުރުމާއި ބައްދަލުވުމުގެ ޔަވްމިއްޔާ ގަވާއިދުން ލިޔެ ބެލެހެއްޓުން.

3- އިންސްޓްޓިއުޓްގެ ސްކޫލް އޮފް ރިސަރޗް އެންޑް ޑިވެލޮޕްމަންޓް، ޑިޕާޓްމަންޓް އޮފް ކޮންޓިނިއުއިންގ އެޑިޔުކޭޝަން އަދި ޑިޕާޓްމަންޓް އޮފް ޓީޗަރ ޑިވެލޮޕްމަންޓްގެ މުވައްޒަފުންގެ ވަޒީފާއާބެހޭ އެންމެހައި ލިޔެކިޔުންތައް (ވަޒީފާ ދެއްވުމާއި، ބަދަލުކުރުމާއި، ވަކިކުރުން) ތައްޔާރުކުރުމާއި ކަމާބެހޭ ފަރާތްތަކަށް ބަރާބަރަށް ފޮނުވައި ހިންގުން.

4- އިންސްޓްޓިއުޓްގެ ޑިޕާޓްމަންޓް އޮފް ރިސަރޗް ޑިވެލޮޕްމަންޓް، ޑިޕާޓްމަންޓް އޮފް ކޮންޓިނިއުއިންގ އެޑިޔުކޭޝަން އަދި ޑިޕާޓްމަންޓް އޮފް ޓީޗަރ ޑިވެލޮޕްމަންޓުގެ މުވައްޒަފުން އެޕްރައިޒްކުރުމަށް ބޭނުންވާ މަޢުލޫމާތު ތައްޔާރުކޮށް ސެކްޝަނުތަކުގެ ވެރިންނަށް ދިނުމާއި އެޕްރައިސަލް މަސައްކަތް ކުރިއަށްދާ މިންވަރު ބެލުން.

5- އިންސްޓްޓިއުޓްގެ ޑިޕާޓްމަންޓް އޮފް ރިސަރޗް ޑިވެލޮޕްމަންޓް، ޑިޕާޓްމަންޓް އޮފް ކޮންޓިނިއުއިންގ އެޑިޔުކޭޝަން އަދި ޑިޕާޓްމަންޓް އޮފް ޓީޗަރ ޑިވެލޮޕްމަންޓުގެ މުވައްޒަފުންގެ ފައިލިންގ ސިސްޓަމް ބެލެހެއްޓުމާއި މުވައްޒަފުންގެ ވަޒީފާ ބަޔާން ވެރިންގެ އިރުޝާދާއެކު ތައްޔާރުކުރުން.

6- ސެޕް ސިސްޓަމަށް މުވައްޒަފުންގެ ޑޭޓާ އެންޓަރ ކުރުން.

7- ސެކްޝަންތަކުން ހޯދަންޖެހޭ މަޢުލޫމާތު އެއްކޮށް ސެންޓަރުން ހިންގާ ހުރިހާ ކޯސްތަކުގެ ތަފާސްހިސާބުތައް ބެލެހެއްޓުމާއި އެ މަޢުލޫމާތު ފަސޭހައިން ލިބޭނެ ގޮތަށް އިންތިޒާމު ކުރުން.

8- އެކްޝަން ޕްލޭން ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން

9- ޙަވާލުކުރެވިފައިވާ މަސައްކަތްތައް ފަރުވާތެރިވެ ޒިންމާދާރުވެ ކަންތައްތައް އަމިއްލައަށް އިސްނަގައިގެން ކުރުމަށް ޝައުޤުވެރިވުން.

10- އެކުގައި މަސައްކަތްކުރާ މުވައްޒަފުންގެ މެދުގައި އެއްބައިވަންތަކަމާއި އެކުވެރިކަމުގެ ރޫޙު ޤާއިމުކުރުމަށް މަސައްކަތްކޮށް ސެންޓަރަށް އެންމެ ފައިދާހުރި ގޮތަކަށް މަސައްކަތް ރާވައިގެން ކުރުން.

11- މި ސެންޓަރުގެ އިމޭޖް ރަނގަޅުގޮތުގައި ހިފެހެއްޓުމަށާއި އިމޭޖް އިތުރަށް ރަނގަޅުކުރުމަށް އެހީވެދިނުން އަދި މި ސެންޓަރުގެ ސިއްރު ހިފެހެއްޓުން.

12- އޮފީހުން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައްކުރުން.

ޝަރުޠު:

  1. މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަޑު ލެވެލް 4 ގެ ސަނަދެއް ހާސިލު ކޮއްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަޑު ލެވެލް 5 ގެ ސަނަދެއް ހާސިލު ކޮއްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  3. މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަޑު ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
  4. މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަޑު ލެވެލް 4 ގެ ސަނަދެއް ހާސިލު ކޮއްފައިވުމާއެކު، ގުޅުންހުރި އެހެންދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

ހ. ހާސިލުކޮށްފައިވާ ތައުލީމާއި، ތަމްރީނަށް ބަލައިގެން  

ށ- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ގާބިލުކަން ކަށަވަރުކުރުމަށް ކުރާ އިންޓަރވިއު އިން

ރ. ސިވިލްސަރވިސްގެ މުވައްޒަފުންގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ސިވިލްސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓު އިން ހިންގާ ކޯސްތައް ފުރިހަމަކޮށް ހުށަހަޅާ ސެޓުފިކެޓުތައްވެސް (އެކްރެޑިޓްކޮށްފައި ނުވިނަމަވެސް) އަސާސީ ޝަރުޠު ފުރިހަމަ ކުރުމުގައި ބެލެވޭނެއެވެ.

އިނާޔަތްތައް:

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީ ފައިސާ ދެވޭނެއެވެ.

އިންޓަރވިއު ކުރުން

މި މަގާމުތަކަށް މީހަކު ހޮވުމަށް އިންޓަރވިއު އޮންނާނީ 08 މާރިޗު 2016 އާއި 13 މާރިޗު 2016 އާ ދެމެދުގެ ތާރީޚެއްގައި ނޭޝަނަލް އިންސްޓިޓިއުޓު އޮފް އެޑިޔުކޭޝަންގައެވެ.

އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ޝަރުޠު ހަމަވާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު ހޮވޭ ފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯރމް މި އިންސްޓިޓިއުޓުގެ ވެބްސައިޓް (www.nie.edu.mv) އިން އަދި މި އިންސްޓިޓިއުޓުގެ ކައުންޓަރުން ލިބިވަޑައިގަންވާނެއެވެ.

ށ- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތާއުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (އެކްރެޑިޓްކޮށް ފައިވާ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް

ނ- ވަޒީފާއެއް އަދާކުރައްވާ ފަރާތެއް ނަމަ ނުވަތަ ވަޒީފާއެއް އަދާކުރައްވާފައިވާ ފަރާތެއްނަމަ ވަޒީފާގައި އޮތް މަސްއޫލިއްޔަތު އެނގޭ ލިޔުމެއް

ރ- ވަޒީފާއަށް އެދޭފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއަކާއި ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު)

ޅ- ދިވެހި ސިވިލްސަރވިސްއަށް/ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފެއްނަމަ، ކުރިމަތިލައްވާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

ތަކެތި ހުށަހަޅަންޖެހޭ އޮފީސް

މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ ނޭޝަނަލް އިންސްޓިޓިއުޓު އޮފް އެޑިޔުކޭޝަން/ ޣާޒީބިލްޑިންގ (2 ވަނަ ފަންގިފިލާ) ކައުންޓަރަށް ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 06 މާރިޗު 2016 ވަނަ ދުވަހުގެ 14.00 ގެ ކުރިން.

22 ފެބުރުވަރީ 2016