ނީލަން
ނަންބަރު: (IUL)275/275/2026/45
ޕަބްލިޝްކުރި ތާރީޚް: 01 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 13:53
މިލަދުންމަޑުލު އުތުރުބުރީ ފީވަކު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްޖިދުލް އިއްތިޙާދުގައި ބޭނުންކޮށްފައިވާ ތަކެތި ނީލަން ކިޔުމާއި ގުޅޭ

އިޢުލާން

 

މަސްޖިދުލް އިއްތިޙާދުގައި ބޭނުންކޮށްފައިވާ ތަކެތި ނީލަން ކިޔުމާއި ގުޅޭ:

 

 މަސްޖިދުލް ޢިއްތިޙާދުގައި ބައުވެ ހަލާކުވެފައި ހުރި ބައެއް ތަކެތި ނީލަމުގައި ވިއްކާލުމަށް ބޭނުންވެއެވެ. މިނީލަމާއި ގުޅޭ ތަފްޞީލު ތިރީގައި މިވަނީއެވެ.

1. ނީލަންކިޔުމަށް ހަމަޖެހިފައިވާ ތަން: މަސްޖިދުލް އިއްތިޙާދު

2. ނީލަން ކިޔުމަށް ހަމަޖެހިފައިވާ ދުވަހާއި ގަޑި: 11 އޮކްޓޯބަރު 2026 ވަނަ ދުވަހުގެ 09:30 ގައި (މަސްޖިދުލް އިއްތިޙާދު)

3. ނީލަން ކިޔުމަށް ހަމަޖެހިފައިވާ ޢުޞޫލު: ދުވަހު ނީލަން

4. ނީލަން ކިޔާނީ ޙާޟިރީންގެ ކުރިމަތީގައި އަނގަބަހުންނެވެ. އަދި ނީލަން އިތުރުކުރުމަށް ހުށައަޅާނީވެސް ހާޟިރީންނަށް އަޑުއިވޭވަރަށް އަނގަބަހުންނެވެ.

5. ނީލަން ކާމިޔާބު ކުރާ ފަރާތްތަކުން، ނީލަން ކުރިއަށްދާ ވަގުތު، ފައިސާ  ދައްކަންވާނެއެވެ.  އަދި އެންމެ މަތީ ނީލަން ހުށަހެޅި ފަރާތުން ނީލަމަށް ވާ ފައިސާ އެވަގުތު ނުދައްކައިފިނަމަ، ދެން އެންމެ ބޮޑު އަގު ހުށަހެޅި ފަރާތަކަށް، ފައިސާ ދައްކާ މުދާ ގެންދިއުމުގެ ފުރުޞަތު ދެވޭނެއެވެ.  ކައުންސިލް އިދާރާގެ އެކައުންޓް ނަންބަރ 7724700376001 (1314 REVENUE 1) އަށް ފައިސާ ޓްރާންސްފަރ ކުރުމަށްފަހު ކައުންސިލްގެ ވައިބަރ ނަންބަރު 9123855 އަށް ސްލިޕް ވައިބަރ، ނުވަތަ މި އިދާރާގެ އީމެއިން [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. ނުވަތަ، ނަގުދު ފައިސާއިން މި ފައިސާ ދެއްކެވޭނެއެވެ.

 

 

ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ ތަފްސީލް:

#

މުދަލުގެ ތަފްޞީލް

އަދަދު

ނީލަން ކިޔަން ފަށާ އަގު (ރުފިޔާ)

01

ގަނޑު ޓިނު (20 ފޫޓު)

28

ފޫޓެއް 20 ރުފިޔާއަށް

02

ގަނޑު ޓިނު (8 ފޫޓު)

28

ފޫޓެއް 20 ރުފިޔާއަށް

03

ގަނޑު ރުއް ވަކަރު

30

ފޫޓެއް 5 ރުފިޔާއަށް

04

ސީލިގު ފަންކާ

30

15 ރުފިޔާ

05

ވޯލް މައުންޓު ފަންކާ

8

10 ރުފިޔާ

06

ދަގަނޑު ހޮޅި (12 ފޫޓު)

10

ފޫޓެއް 10 ރުފިޔާއަށް

 

މިނީލަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ކައުންސިލްގެ ނަންބަރު 6540046 އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

 ވީމާ، ޝައުގުވެރިވެލައްވާ ފަރާތްތަކުން މިނީލަމުގައި ބައިވެރިވެލެއްވުން އެދި، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

 

01 އޮކްޓޫބަރު 2026