ޢާންމު މަޢުލޫމާތު
ނަންބަރު: 510-A /2026/13
ޕަބްލިޝްކުރި ތާރީޚް: 01 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 11:18
ތިލަދުންމަތީ އުތުރުބުރީ ވަށަފަރު މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ކާވެނިކޮށްދިނުމަށް އެދި ހުށަހަޅާ ފޯމާއެކު ތެލެސީމިއާ ކާޑު ހުށަހަޅަންޖެހޭކަން އެންގުން

2026 އޮކްޓޫބަރު 01ވަނަ ދުވަހުން ފެށިގެން ޢަމަލުކުރަން ފެށުމަށް ހަމަޖެހިފައިވާ ގަވާއިދު ނަންބަރު R-60/2026 "މެޖިސްޓްރޭޓް ކޯޓުތަކުގެ ގަވާއިދު" ގެ 83ވަނަ މާއްދާގައިވާގޮތުން ކައިވެނިކުރުމަށް އެދި ހުށަހަޅާއިރު، ކައިވެނިކުރަން އެދޭ 02 މީހުން ތެލަސީމިއާއަށް ޓެސްޓްކޮށް، އޭގެ ނަތީޖާ (ތެލެސީމިއާ ކާޑު) ހުށަހަޅަންވާނެކަމަށް ބަޔާންކޮށްފައިވާތީ، 2026 އޮކްޓޫބަރު 01 އިން ފެށިގެން މި ކޯޓުން ކާވެނިކޮށްދިނުމަށް ހުށަހަޅާ ފޯމާއެކު ތެލެސީމިއާ ކާޑު ހުށަހަޅަން ޖެހޭނެކަމުގެ ވާހަކަ އަންގަމެވެ.

           ނަމަވެސް، ކައިވެނިކުރަން އެދޭ 02 މީހުންކުރެ އެކަކުގެ ކިބައިގައި ތެލެސީމިއާ ވާރުތަކުރާގޮތް ނެތްނަމަ، ކައިވެނިކުރަން އެދޭ ދެވަނަ މީހާގެ ތެލެސީމިއާ ޓެސްޓުގެ ނަތީޖާ ހުށަހެޅުން ލާޒިމު ނުވާނެކަމުގެ ވާހަކަވެސް އަންގަމެވެ.

01 އޮކްޓޫބަރު 2026