ވަޒީފާގެ ފުރުޞަތު
ނަންބަރު: 30/A4/1/2016/07
ޕަބްލިޝްކުރި ތާރީޚް: 22 ފެބުރުވަރީ 2016
ޕަބްލިޝްކުރި ގަޑި: 17:19
ސުންގަޑި: 29 ފެބުރުވަރީ 2016 14:00
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމު:  ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ                                           ބޭނުންވާ އަދަދު 1

މުސާރަ

މަހަކު -/6295

ސަރވިސް އެލަވަންސް:

މަހަކު -/2000 ރ.

ކްލެސިފިކޭޝަން

އޮފިސަރ ގްރޭޑް 2

ރޭންކް

އެމް.  އެސް. 2

 

 

ސްޕެޝަލް ޑިއުޓީ އެލަވަންސް

މުސާރައިގެ %35

އޮފީސް

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ

ޑިވިޜަން/ސެކްޝަން

މިނިސްޓަރސް ބިއުރޯ   

މަސައްކަތް ކުރަންޖެހޭ ތަން

މިނިސްޓްރީ

މަޤާމުގެ ޝަރުޠު

 

1- މަޤާމުގެ  މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ  މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

2- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

3- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

4- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތް

  • މިނިސްޓްރީއަށް އީ-ގަވަރަމަންޓް މެދުވެރިކޮށް އަންނަ ލިޔުންތައް  ކަމާގުޅޭ ސެކްޝަންތަކަށް ރޫޓްކުރުން.
  • މީޑިއާއަށް މިނިސްޓްރީން ފޮނުވަންޖެހޭ ލިޔުންތައް ތައްޔާރުކޮށް، ފޮނުވައި، ލިޔުންތައް ގަވައިދުން ފައިލުކޮށް ބެލެހެއްޓުން.
  • މިނިސްޓަރ ރާއްޖެތެރެއަށާއި އަދި ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރުފުޅުތަކުގެ އިދާރީ އިންތިޒާމު ހަމަޖެއްސުމުގައި އެހީތެރިވުން.
  • ސީނިއަރ މެނޭޖްމަންޓުގެ މީޓިންގތައް އިންތިޒާމުކުރުމާއި މީޓިންގގެ ޔައުމިއްޔާ ގަވައިދުން ލިޔެ ބެލެހެއްޓުން.
  • މިނިސްޓަރ އަރިހަށް އެޕޮއިންޓްމަންޓަށް އެދިވަޑައިގަންނަވާ ބޭފުޅުންނަށް އެޕޮއިންޓްމަންޓް ހަމަޖައްސައިދީ އެޕޮއިންޓްމަންޓުތަކަށް ބޭނުންވާ މަޢުލޫމާތު ސެކްޝަންތަކުން ހޯދައި އެޕޮއިންޓްމަންޓްތަކުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުން.
  • މިނިސްޓަރ އެކިއެކި ޖަލްސާތަކަށް ވަޑައިގަންނަވާއިރު ބޭނުންވާ ލިޔެކިއުންތަކާއި ކަރުދާސްތައް ތައްޔާރު ކުރުން.
  • އެކިއެކި މުނާސަބަތުތަކާ ގުޅިގެން މިނިސްޓަރ ދެއްވާ ސްޕީޗްތަކާއި ސަޕްލިމެންޓްތައް ތައްޔާރުކުރުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

- ލިބިފައިވާ ތަޢުލީމާއި، ތަމްރީން

- މަޤާމުގެ މަސައްކަތްތަކުގެ ދާއިރާއިން މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު.

- މުޢާމަލާތް ކުރުމުގެ ހުނަރުލިބިފައިވާ މިންވަރު

- ދިވެހިބަހާއި އިނގިރޭސިބަހުން ލިޔެކިޔުންތައް ތައްޔާރު ކުރުމުގެ ޤާބިލުކަން ހުރިމިންވަރު

- ސިވިލް ސާރވިސް ގަވާއިދަށް އަހުލުވެރި މިންވަރު.

މަޤާމު:  ޑިރެކްޓަރ                                                        ބޭނުންވާ އަދަދު 1

މުސާރަ

މަހަކު -/8835

ސަރވިސް އެލަވަންސް:

މަހަކު -/2000 ރ.

ކްލެސިފިކޭޝަން

ޑިރެކްޓަރ

ރޭންކް

އީ.އެކްސް.1

 

 

ސްޕެޝަލް ޑިއުޓީ އެލަވަންސް

މުސާރައިގެ %35

އޮފީސް

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ

ޑިވިޜަން/ސެކްޝަން

އެގްރިކަލްޗަރ ޕްރޮޑަކްޝަން އެންޑް ޕްރޮޑެކްޓް ޑައިވިސިފިކޭޝަން 

މަސައްކަތްކުރަންޖެހޭތަން

މިނިސްޓްރީ

މަޤާމުގެ ޝަރުޠު

 

1-  މަޤާމުގެ މަސައްތަކާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ

2-  މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައވުން، ނުވަތަ

3-  މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާ އެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތް

  • ދަނޑުވެރިކަމާބެހޭ އިޤުތިޞާދީ ދިރާސާތައް ކުރުން.
  • ދަނޑުވެރިކަމާ ގުޅޭ ގޮތުން އައި.އެމް.އެފް. ވާރލްޑް ބޭންކް ފަދަ ޖަމްޢިއްޔާތަކަށް ބޭނުންވާ މަޢުލޫމާތުތައް އެއްކޮށް، މޮނިޓަރކޮށް އެކަމާގުޅޭ ގޮތުން ތައްޔާރުކުރަންޖެހޭ ރިޕޯޓު ތައްޔާރުކުރުން.
  • ސަރުކާރުގެ އެހެނިހެން ވުޒާރާތަކާ ގުޅިގެންކުރާ ދަނޑުވެރިކަމުގެ އިޤްތިޞާދީ މަސައްކަތްތަކުގައި މިނިސްޓްރީން ތަމްސީލުކޮށް އެކަންކަން ހިންގައި ބެލެހެއްޓުން.
  • ދަނޑުވެރިކަމުގެ އާމްދަނީއާއި ޚަރަދުތައް ބަލައި ދިރާސާކުރުން.
  • ދަނޑުވެރިކަމުގެ ޞިނާޢަތުގައި ހަރަކާތްތެރިވާ ކުންފުނިތަކުގެ އާމްދަނީ ޚަރަދުތައް ބަލައި ދިރާސާ ކުރުން.
  • ބޭރު ދުނިޔޭގެ ބާޒާރުގައި ދަނޑުވެރިކަމުގެ އުފެއްދުންތަކުގެ އަގަށާއި ދަނޑުވެރިކަމުގެ އަސަރުކުރާނެ ފަދަ ކަންތައްތައް އިޤުތިޞާދީ ނަޒަރަކުން ބަލައި ދިރާސާ ކުރުން.

ވަޒީފާ އަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

- މަސައްކަތު ދާއިރާއިން ލިބިފައިވާ ތަޢުލީމާއި، ތަމްރީން

- ދަނޑުވެރިކަމުގެ ދާއިރާއިން ލިބިފައިވާ މަޢުލޫމާތުގެ މިންވަރަށް ޝައުޤުވެރިކަން ހުރި މިންވަރު

- ސިވިލް ސަރވިސް ގަވާއިދަށް އަހުލުވެރި މިންވަރު

މަޤާމު:  މަސައްކަތު                                      ބޭނުންވާ އަދަދު1                     

މުސާރަ

މަހަކު -/3100

ސަރވިސް އެލަވަންސް:

މަހަކު -/1000 ރ.

ކްލެސިފިކޭޝަން

ސްޕޯޓްސް ސްޓާފް ގްރޭޑް 1

ރޭންކް

އެސް.އެސް.1

އޮފީސް

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ

ޑިވިޜަން/ސެކްޝަން

ޓްރޭނިންގ އެންޑް އެކްސްޓެންޝަން އެޑެޕްޓިވް ރިސާރޗް 

މަސައްކަތް ކުރަންޖެހޭ ތަން

ހދ. ހަނިމާދޫ  އެގްރިކަލްޗަރ ސެންޓަރ

މަޤާމުގެ ޝަރުޠު

1- ލިޔަންކިޔަން ދަތުމާއެކު މަސައްކަތްކުރުމުގެ ހުނަރު/ ޤާބިލުކަން ލިބިފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތް

  • ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައި ނަމޫނާ ދެއްކުމަށް ކުރާ ދަނޑުވެރިކަމުގެ މަސައްކަތްތަކާއި ގުޅުންހުރި އެންމެހައި މަސައްކަތްތައް ކުރުން؛ މުޑުވައްކުރުން، ބިން ތައްޔާރުކުރުން، ގަސް އިންދުން، ގަސްތަކަށް ފެންދިނުން، ގަސްތަކަށް ބޭހާއި ކާނާ ދިނުން، މޭވާ ކެނޑުން، ވިނަ ނޮޅުން ފަދަ މަސައްކަތްތައް ކުރުން.
  • ތަޖުރިބާތައް ކުރުމަށާއި ނަމޫނާ ދެއްކުމަށް ސެންޓަރުގައި ގެންގުޅޭ ކުކުޅާއި ބަކަރިތަކަށް ކާންދީ ބެލެހެއްޓުން
  • ސެންޓަރަށް ނިސްބަތްވާ ސަރަހައްދުތަކާއި އިމާރާތްތައް ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތްތައް ކުރުން
  • ސެންޓަރަށް ގެންނަ ތަކެއްޗާއި ސެންޓަރުން އެކި ތަންތަނަށް ފޮނުވޭ ތަކެތި އުފުލުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

- ލިބިފައިވާ ތަޢުލީމާއި ތަމްރީން.

- ލިބިފައިވާ މަސައްކަތުގެ ތަޖްރިބާ.

މަޤާމު:  އެސިސްޓެންޓް ޕަރޗެސިންގ އޮފިސަރ                           ބޭނުންވާ އަދަދު 1

މުސާރަ

މަހަކު -/4465

ސަރވިސް އެލަވަންސް:

މަހަކު -/1500 ރ.

ކްލެސިފިކޭޝަން

އޮފިސަރ ގްރޭޑް 1

ރޭންކް

ޖީ.އެސް.3

 

 

ސްޕެޝަލް ޑިއުޓީ އެލަވަންސް

މުސާރައިގެ %35

އޮފީސް

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ

ޑިވިޜަން/ސެކްޝަން

އޮފީސް އެޑްމިނިސްޓްރޭޝަން ސެކްޝަން 

މަސައްކަތް ކުރަންޖެހޭ ތަން

މިނިސްޓްރީ

މަޤާމުގެ ޝަރުޠު

 

1- މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

2- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތް

  • މިނިސްޓްރީއަށް ހޯދަން ބޭނުންވާ ޚިދުމަތާއި ތަކެތި ހޯދުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުން
  • ޚިދުމަތާއި ތަކެތި ހޯދުމަށް އިޢުލާން ކުރަންޖެހޭ ކަންކަމަށް އިޢުލާން ތައްޔާރުކުރުމާއި ފޮނުވުން.
  • މިނިސްޓްރީން ހޯދަން ބޭނުންވާ ޚިދުމަތާއި ތަކެއްޗަށް އެކި ފަރާތްތަކުން ހުށަހަޅާ ބިޑް ޑޮކިޔުމެންޓް، އަންދާސީހިސާބު ބަލައިގަތުން ފަދަ ލިޔެކިޔުން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާއި މިނިސްޓްރީން ހަމަޖައްސާ އުސޫލުތަކުގެ މަތިން ބަލައިގަތުން.
  • މިނިސްޓްރީއަށް ހޯދާ ޚިދުމަތާއި ތަކެއްޗަށް ތައްޔާރުކުރަންޖެހޭ އެގްރީމެންޓް އަދި އެގްރިމެންޓާ ގުޅޭ ލިޔެކިޔުން ކަމާގުޅޭ ސެކްޝަންތަކާ ގުޅިގެން އެގްރިމެންޓް ކުރަންޖެހޭ ވަގުތަށް ތައްޔާރުކުރުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

- ލިބިފައިވާ ތަޢުލީމާއި، ތަމްރީން

- ޕްރޮކިޔުމަންޓާބެހޭ ދާއިރާއިން މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު

- ދައުލަތުގެ މާލިއްޔަތު ގަވާއިދަށް އަހުލުވެރި މިންވަރު

- ސިވިލް ސަރވިސް ގަވާއިދަށް އަހުލުވެރި މިންވަރު

ޢިނާޔަތްތައް

ސިވިލް ސާރވިސް ވަޒީފާ އަދާ ކުރާ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން

  1. އިތުރުގަޑީގެ މަސައްކަތް ކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ)  (ނަމަވެސް ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތައް ފުރިހަމަކޮށް ހުށަހަޅާ ސެޓުފިކެޓުތައް އެކްރިޑިޓްކޮށްފައި ނުވި ނަމަވެސް ސިވިލް ސަރވިސްގެ މަޤާމުތަކުގެ އަސާސީ ޝަރުޠު ފުރިހަމަކުރުމުގައި ބެލެވޭނެ.)
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ (ލިޔެފައިވާ ލިޔުންތައް ކިޔަންއެނގޭ) ކޮޕީ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއެކު)
  • މަސައްކަތުގެ ތަޖުރިބާ ލިބިފައިވާނަމަ، މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ކަމުގެ ލިޔުން.
  • ސިވލް ސަރވިސްއަށް ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވިއްލުމާމެދު އިއުތިރާޒެއް ނެތް ކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • މަތީގައިވާ މަގާމަށް އިންޓަވިއުއަށް ދަޢުވަތު ދެވޭނީ ހަމައެކަނި ޝޯޓް ލިސްޓު ކުރެވޭ ފަރާތަކަށެވެ.

މަގާމަށް މީހުން ހޮވުމުގައި ބާއްވާ އިންޓަރވިއުއާއި ޕްރެޒެންޓޭޝަން އަދި ޕްރެކްޓިކަލްސްއާ އިމްތިޙާނު ކުރުން

މި މަޤާމުތަކަށް މީހުން ހޮވުމަށް ބާއްވާ އިންޓަރވިއުއާއި ޕްރެޒެންޓޭޝަން އަދި ޕްރެކްޓިކަލްސްއާއި، އިމްތިޙާނުކުރުން، ވަޒީފާއަށް އެދުމުގެ ސުންގަޑި ހަމަވުމަށްފަހު މަސައްކަތުގެ 15 ދުވަހުގެ ތެރޭގައި މި މިނިސްޓްރީގައި ނުވަތަ މި މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި އޮންނާނެއެވެ.

ސުންގަޑި:

މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 29 ފެބުރުވަރީ 2016 ވަނަ ދުވަހުގެ 14:00 ގެ ކުރިން މި މިނިސްޓްރީއަށް ވަޒީފާއަށް އެދޭ ފޯމު ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު:

އެޕްލިކޭޝަން ފޯމު ލިބެން ހުންނާނީ މި މިނިސްޓްރީގެ ރިސެޕްޝަނުންނާއި ވެބްސައިޓް www.fishagri.gov.mv އިންނެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އާއި 14:00 އާ ދެމެދު 3339244 ފޯނާ ގުޅުއްވުން އެދެމެވެ.

22 ފެބުރުވަރީ 2016