ޢާންމު މަޢުލޫމާތު
ނަންބަރު: 612-A/2026/23
ޕަބްލިޝްކުރި ތާރީޚް: 01 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 10:59
އަރިއަތޮޅު ދެކުނުބުރީ ދަނގެތީ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ބަންދާމެދު ގޮތެއް ނިންމުމުގެ މަޖިލިސް ބާއްވާ ވަގުތު ކަނޑައެޅުން

ޤަވާޢިދު ނަންބަރު: 2021-SC-REG-01 "ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ޤަވާޢިދު" ގެ 6 ވަނަ މާއްދާއާއި، 2026 އޮކްޓޫބަރު 1 ވަނަ ދުވަހުން ފެށިގެން ޢަމަލުކުރަން ފެށުމަށް ހަމަޖެހިފައިވާ ޤަވާޢިދު ނަންބަރު: 2026/R-60 'މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދު' ގެ 20 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، އދ. ޖުޑީޝަލް ދާއިރާގެ މެޖިސްޓްރޭޓް ކޯޓުތަކުން ކުށެއްގެ ތުހުމަތުގައި ބަންދުކޮށްފައި ހުންނަ މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމުގެ މަޖިލިސްތައް ރަމަޟާން މަހާއި އެނޫން މަސްތަކުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ދުވަސްތަކާއި ގަޑިތައް ތިރީގައި މިދަންނަވަނީއެވެ.

 

  • ރަސްމީ ދުވަސްތަކު 12:00 އިން 14:00 އަށް އަދި 21:00 އިން 22:00 އަށް
  • ބަންދު ދުވަސްތަކު 15:00 އިން 16:00 އަށް އަދި 21:00 އިން 22:00 އަށް
  • ރަމަޟާންމަހު ރަސްމީ ދުވަސްތަކު 11:00 އިން 12:00 އަށް އަދި 21:30 އިން 22:30 އަށް
  • ރަމަޟާންމަހު ބަންދު ދުވަސްތަކު 14:00 އިން 15:00 އަށް އަދި 21:30 އިން 22:30 އަށް

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

01 އޮކްޓޫބަރު 2026