ވަޒީފާގެ ފުރުޞަތު
ނަންބަރު: 252/2016/16
ޕަބްލިޝްކުރި ތާރީޚް: 14 ފެބުރުވަރީ 2016
ޕަބްލިޝްކުރި ގަޑި: 17:18
ސުންގަޑި: 25 ފެބުރުވަރީ 2016 13:30
ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިމާމު / މުދިމު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މިރަށުގެ މިސްކިތްތަކަށް، ވޭޖް އެމްޕްލޯއިމަންޓް އުސޫލުގެދަށުން ތިރީގައިވާ މަޤާމުތަކަށް މީހުން ބޭނުންވެއްޖެވެ. 

މަޤާމް

އިމާމު / މުދިމު

ބޭނުންވާ އަދަދު

5 (ފަހެއް)

މަޤާމް އޮތް އޮފީސް

ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ ކައުންސިލްގެ އިދާރާ

ސެކްޝަން

އިކޮނޮމިކް، ސޯޝަލް އެންޑް މުނިސިޕަލް ސަރވިސް

ވަޒީފާ އަދާކުރަންޖެހޭ ތަން

ހއ. ފިއްލަދޫގެ މިސްކިތްތައް

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު

1- ކޮންމެ ނަމާދުވަގުތެއްގެ ކުރިން މިސްކިތަށްގޮސް، މިސްކިތުގެ ކަންތައްތައް ބަލައި، ރަނގަޅުކުރަން ހުރި ކަމެއް ރަނގަޅުކުރުމާއެކު، ފަރުޟު ފަސް ނަމާދު ވަގުތުގައި ބަންގިގޮވުމާއި، އިމާމުވެ ނަމާދުކުރުން.

2- މިސްކިތަށް ލިބެމުންދާ ގެއްލުންތަކާއި، މިސްކިތަށް ދަތިވާ ކޮންމެކަމެއް، ފިއްލަދޫ ކައުންސިލް އިދާރާއަށް އަންގައި، އެކަން ރަނގަޅުކުރެވޭތޯ ބެލުން.

3- ފިއްލަދޫ ކައުންސިލް އިދާރާއިން އެއިރަކު އިންތިޒާމުކުރާ މިސްކިތެއްގައި އިމާމުވެ ކޭތަނަމާދު، ތަރާވީޙު ނަމާދު އިމާމުވެ ކުރުން.

4- ފިއްލަދޫ ކައުންސިލް އިދާރާއިން އަންގައިފިހިނދެއްގައި، ސަރުކާރުގެ އުސޫލުތަކާ އެއްގޮތްވާގޮތުގެމަތިން ކަށުނަމާދުކުރުމާއި، މަރުވާމީހުންގެ ކަށުކަމާކެމީގެ ކަންތައްތައް ކުރުން.

5- މިސްކިތުގައި ދީނީ ދަރުސް ދިނުންފަދަ ޕްރޮގްރާމްތައް ހިންގާނަމަ، އެފަދަ ޕްރޮގްރާމްތަކަށް ބޭނުންވާ އެހީތެރިކަން ދިނުމާއި، އެފަދަ ޕްރޮގްރާމެއް ހިނގާނަމަ، އެކަން ނިމެންދެން މިސްކިތުގައި މަޑުކުރުން.

6- މިސްކިތު މަސައްކަތުމީހުންގެ އެންމެހައި މަސައްކަތްތައް، އިދާރާއިން ރާވާ އުސޫލެއްގެމަތިން ކަނޑައެޅިފައިވާ މުއްދަތެއްގެ ތެރޭގައި ކުރުވުމާއި، އެކަންކަން ހިނގާ ނުހިނގާގޮތް ބެލުން.

މަޤާމް

ރޭންކް

ކްލެސިފިކޭޝާން

ޝަރުޠު

މުސާރަ

ސަރވިސް އެލަވަންސް

އިމާމް

ޖީ. އެސް. 3

 

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ  ގްރޭޑް 1

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށްދިނުމާއެކު،

  • މުދިމްކަމުގެ ސަނަދު ލިބިފައިވުން. ނުވަތަ؛
  • ހުކުރުކުރުމުގެ ސަނަދު ލިބިފައިވުން. ނުވަތަ؛
  • ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

ކޮންމެ ނަމާދު ވަގުތަކަށް

29/77  ރުފިޔާ

ކޮންމެ ނަމާދު ވަގުތަކަށް

-/10 ރުފިޔާ

މުދިމް

ޖީ. އެސް. 1

އެސިސްޓެންޓް އޮފިސަރ  ގްރޭޑް 1

ތަޖުވީދުމަގުން ކީރިތި ޤުރްއާން ކިޔަވަން ދަންނަ މީހެއްކަމުގައިވުން (މަތީގައިވާ މަޤާމަށް ޝަރުޠުތައް ފުރިހަމަނުވާ ފަރާތްތަކުންވެސް، މި މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު އެބަ އޮތެވެ. ނަމަވެސް މި މަޤާމަށް މީހުން ހޮވާނީ، މަތީގައިވާ މަޤާމަށް ޝަރުޠު ހަމަވާ ފަރާތަކުން ކުރިމަތިލާފައި ނުވާނަމައެވެ.)

ކޮންމެ ނަމާދު ވަގުތަކަށް

23/77  ރުފިޔާ

ކޮންމެ ނަމާދު ވަގުތަކަށް

-/10 ރުފިޔާ

މަޤާމް

މަސައްކަތު

މަޤާމުގެ ރޭންކް

އެސް. އެސް. 1

ކްލެސިފިކޭޝާން

ސަޕޯޓް ސްޓާފް ގްރޭޑް 1

ބޭނުންވާ އަދަދު

5 (ފަހެއް)

މަޤާމް އޮތް އޮފީސް

ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ ކައުންސިލްގެ އިދާރާ

ސެކްޝަން

އިކޮނޮމިކް، ސޯޝަލް އެންޑް މުނިސިޕަލް ސަރވިސް

ވަޒީފާ އަދާކުރަންޖެހޭ ތަން

ހއ.ފިއްލަދޫގެ މިސްކިތްތައް

މުސާރަ

މަސައްކަތްކުރާ ކޮންމެ ގަޑިއަކަށް 22.78 (ދުވާލަކު 6 ގަޑިއިރު މަސައްކަތްކުރާގޮތަށް، ބަހާލައިގެން ކޮންމެ ނަމާދުވަގުތަކަށް 30 މިނިޓް ހިމަނައިގެން)

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

1- ރަށު ކައުންސިލް އިދާރާއިން ކަނޑައަޅާ ތާވަލާ އެއްގޮތަށް ކައުންސިލް އިދާރާއިން ކަނޑައަޅާ މިސްކިތެއްގައި އިމާމް/މުދިމް އަންގަވާ ގޮތެއްގެ މަތީން މަސައްކަތްކުރުން.

2- ރަށުކައުންސިލް އިދާރާއިން އިންތިޒާމްކުރާ ގޮތެއްގެ މަތީން މިސްކިތްފޮޅައި ސާފުކުރުމާއި، ފާޚާނައާއި އިސްކުރުބަރި ލެވިފައިވާ މިސްކިތްތަކުގައި އެ ތަންތަން ދޮވެ ސާފުކޮށް ބެލެހެއްޓުމާއި، މިސްކިތުގެ ގޯތިތެރެއާއި މިސްކިތާ އިންވެގެން ހުންނަ މަގުތަކުގެ މިސްކިތާވީފަޅި ކުނިކެހުމާއި، ވިނަ ނޮޅުމާއި، ކުނި އުކައިލުމުގެ މަސައްކަތްކުރުން.

3- މިސްކިތަށް ލިބެމުންދާ ގެއްލުންތައް ގަވާއިދުން މުދިމުން/ އިމާމުންނަށާއި، ކައުންސިލް އިދާރާއަށް އަންގަމުން ގެންދިއުން.

4- އިމާމް/ މުދިމް އަންގަވާ ގޮތެއްގެ މަތީން ކޮންމެ ދުވަހަކުވެސް މިސްކިތަށްގޮސް، ބިއްލޫރި ލެވިފައިވާ ތަންތަނާއި، ހޮޅިބުރި، ފަންކާ، ކަބަޑުތައް ފޮޅައި ސާފުކުރުމާއި، ހޮޅިބުރިތަކާއި، ފަންކާތައް ކައުންސިލް އިދާރާއިން ހަމަޖައްސާ އުސޫލަކުން ދިއްލުމާއި ނިއްވުން.

5- މުދިމް/އިމާމުން ހަމަޖައްސާ ގޮތެއްގެ މަތީން މިސްކިތުގެ ގޯތިތެރޭގައި ގަސްއިންދައި، ގަސްތައްކޮށައި، ގަސްތަކަށް ފެންދީ ބެލެހެއްޓުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ލިބިފައިވާ ތަޢުލީމާއި ތަމްރީނު.
  • ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ.
  • މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލްކަމާއި، ސިފަތައް.

މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއުއާއި، ޕްރެކްޓިކަލްސްއާއި އިމްތިޙާންކުރުން އޮންނާނެ ތާރީޚާއި ތަން:

މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއުއާއި، ޕްރެކްޓިކަލްސްއާއި، އިމްތިޙާނުކުރުން، ވަޒީފާއަށް އެދުމުގެ ސުންގަޑި ހަމަވުމަށްފަހު، މަސައްކަތު 15 ދުވަހުގެ ތެރޭގައި މި އިދާރާގައި ނުވަތަ މި އިދާރާއިން ކަނޑައަޅާ ތަނެއްގައި އޮންނާނެއެވެ. އިންޓަވިއުއާއި ޕްރެކްޓިކަލްސް އޮންނާނެ ތާރީޚާއި ތަން ކަނޑއެޅުމަށްފަހު ލިޔުމުން އެންގޭނެއެވެ.

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)

2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3. އެކްރެޑިޓްކުރެވިފައި ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯކޮޕީ.

4. ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކޮށްފައިވާ ވަޒީފާއާއި، ވަޒީފާ އަދާކޮށްފައިވާ މުއްދަތު ބަޔާންކޮށް، ވަޒީފާ އަދާކޮށްފައިވާ ތަންތަނުން/އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

5. ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ސާފު ކޮޕީ.

6. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު ނުވަތަ ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއި، އީމެއިލް އެޑްރެހާއެކު)

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

2016 ފެބުރުވަރީ 25 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން، ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ ކައުންސިލް އިދާރާއަށް.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ، މި އިދާރާގެ 6500023 ނަންބަރު ފޯނާއެވެ.

5 ޖުމާދަލްއޫލާ 1437

14 ފެބުރުވަރީ 2016