ކުއްޔަށް ދިނުން
ނަންބަރު: (IUL)382-CA/382/2026/47
ޕަބްލިޝްކުރި ތާރީޚް: 01 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 09:57
ސުންގަޑި: 06 އޮކްޓޫބަރު 2026 11:00
ކޮޅުމަޑުލު ބުރުނީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަށި މުބާރާތުގައި ކެންޓީނު ހިންގުމަށް 10 މޭޒު ކުއްޔަށް ދޫކުރުން

2026 އޮކްޓޫބަރު 20-17 އަށް މި ކޮމިޓީން އިންތިޒާމް ކުރާ ބަށި މުބާރާތުގެ މެޗްތައް ކުރިއަށްދާ ވަގުތު ތަކުގައި އެސަރަޙައްދުން ކެންޓީނު ހިންގުމަށް 10 މޭޒު ކުއްޔަށް ދޫކުރުމަށް މިކޮމިޓީން ވަނީ ނިންމާފައެވެ.

މޭޒެއް ކުއްޔަށް ދިނުމަށް ނިންމާފައިވާ އަގަކީ 200.00 (ދުއިސައްތަ ރުފިޔާ) އެވެ. މޭޒު ބަހައްޓާ ތަނުގެ އިތުރުން އެހެން އެއްވެސް އެއްޗެއް ނުވަތަ ޚިދުމަތެއް މި ކޮމިޓީގެ ފަރާތުން ފޯރު ކޮށް ނުދޭނެއެވެ. 10 ފަރާތަށްވުރެ ގިނަ ފަރާތުން ކުރިމަތިލައިފާވާނަމަ މޭޒު ދޫކުރާނީ އެންމެ ފުރަތަމަ އެދިފައިވާ 10 ފަރާތަށެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 06 އޮކްޓޫބަރު 2026 ދުވަހުގެ 11:00 ކުރިން މިކައުންސިލްގެ މެއިލް  [email protected] އަށް އަންނަނިވި މަޢުލޫމާތު މެއިލް ކޮށް ދެއްވުން އެދެމެވެ.

  1. ބައިވެރިވާ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ/ ވިޔަފާރި ރަޖިސްޓަރީ ކޮޕީ
  2. ބައިވެރިވާ ފަރާތުގެ ފުރިހަމަ ނަމާއި އެޑްރެސް
  3. ގުޅޭނެ ނަންބަރު

ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

01 އޮކްޓޫބަރު 2026